ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
އޭ.އެފް.ސީ ގޯލް ކީޕިންގ ކޯޗިންގ ސެޓްފިކެޓް ކޯސް ލެވަލް 1

ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް

މާލެ، ދިވެހިރާއްޖެ                             

 

 

                                                                                                                                              ނަންބަރު:FAM/IUL/2017/029

 

އިއުލާން

              06 އިން 11 ޖެނުއަރީ 2018 ގެ ނިޔަލަށް މާލޭގައި ބޭއްވުމަށް ހަމަޖެހިފައިވާ އޭ.އެފް.ސީ ގޯލްކީޕިންގ ކޯޗިންގ ސެޓްފިކެޓް ކޯސް ލެވަލް 1 ގައި ބައިވެރިވުމަށް ބޭނުންވާ (އަންހެން / ފިރިހެން) ފަރާތްތަކުން، މި ކޯހުގައި ބައިވެރިވުމަށް އެދޭ ފޯމް ފުރިހަމަ ކުރެއްވުމަށް ފަހު 03 ޑިސެމްބަރ 2017 ވާ އާދިއްތަ ދުވަހުގެ 14:30 ގެ ކުރިން އެފް.އޭ.އެމް އަށް ހުށަހެޅުއްވުން އެދެމެވެ. އަދި ހުށައަޅާ ފޯމްތަކަށް ބެލުމަށްފަހު ކޯހަށް ހޮވޭ ފަރާތްތަކުން ކޯހުގެ ފީއެއްގެ ގޮތުގައި -/2،000ރ (ދެހާސް ރުފިޔާ) ދައްކަންވާނެއެވެ.

 

              މިކޯހުގައި ބައިވެރިވުމަށް އެދޭ ފޯމް ރަސްމީ ދުވަސްތަކުގައި އެފް.އޭ.އެމްގެ ކައުންޓަރުން ހެނދުނު 09:00 ން މެންދުރު 16:00 އާއި ހަމަޔަށް ލިބެން ހުންނާނެވާހަކަ ދެންނެވީމެވެ.           

              20 ނޮވެމްބަރ 2017    

 

 

20 ނޮވެންބަރު 2017
ހޯދާ