މާޅޮސްމަޑުލު ދެކުނުބުރީ އޭދަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބަހިއްޔާ ޕްރީ-ސްކޫލް ހިންގާދޭނޭ ފަރާތެއް ހޯދުން

ބަހިއްޔާ ޕްރީ-ސްކޫލް ހިންގާދޭނޭ ފަރާތެއް ހޯދުން

 

            ބަހިއްޔާ ޕްރީ-ސްކޫލް އިމާރާތުގެ ގްރައުންޑް ފްލޯގައި ޕްރީ-ސްކޫލް ހިންގަން ބޭނުންވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

 

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މިދަންނަވާ ތާރީހަށް މާޅޮސްމަޑުލު ދެކުނުބުރީ އޭދަފުށީ ކައުންސިލް އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ކަޑައެޅިފައިވާ ތާރީޚަށް ޕްރޮޕޯސަލް ހުށަހެޅުމަށް މާޅޮސްމަޑުލު ދެކުނުބުރީ އޭދަފުށީ ކައުންސިލް އިދާރާއަށް ވަޑައިގެން ދެއްވުން އެދެމެވެ.

 

މަޢުލޫމާތު ސާފުކުރުން އޮންނާނީ މި އިދާރާގައެވެ. އަދި މަޢުލޫމާތު ސާފުކުރުމަށް ވަޑައިގަންނަވަންވާނީ އެމީހަކާބެހޭ ފުރިހަމަ މަޢުލޫމާތު އިގޭފަދަ ލިއުމަކާއި އެކުގައެވެ. ކުންފުންޏަކުން ނަމަ އެމީހަކީ އެކުންފުނީގެ ފަރާތުން ފޮނުވާ ފަރާތެއްކަން އަންގައިގޭ ލިއުމެއް ހުށަހަޅަންޖެހޭނެއެވެ. އަދި ފޯނުން މަޢުލޫމާތު ދިނުމަށް ހަމަޖެހިފައިނުވާވާހަކަ ދަންނަވަމެވެ.

މަޢުލޫމާތު ދިނުން

އެސްޓިމޭޓް ހުށަހެޅުން

26 ނޮވެމްބަރ 2017 (އާދީއްތަ) ދުވަހުގެ 11:00 އަށް

03 ޑިސެމްބަރ 2017 (އާދީއްތަ) ދުވަހުގެ 11:00 އަށް

 

ޕްރޮޕޯސަލް ހުށަހަޅުއްވާއިރު ބަދަލުގައި މީހަކުފޮނުވާނަމަ އެމީހަކީ އެފަރާތުން ފޮނުއްވާ މީހެއްކަން އަންގައިދޭ ލިއުމެއް ހުށަހަޅަންޖެހޭނެއެވެ. މިފަދަ ލިއުމެއްނެތި ހުށަހަޅާ ޕްރޮޕޯސަލްތައް ބަލައިނުގަންނާނެވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ޕްރޮޕޯސަލްތަކާއި، އީމެއިލާ ފެކްސްގެ ޒަރީޢާއިން ފޮނުވާ ޕްރޮޕޯސަލްތައް ބަލައި ނުގަންނާނެކަމާ، އަދި މަޢުލޫމާތު ފުރިހަމަނުވާ ޕްރޮޕޯސަލް ބާޠިލް ވާނެވާހަކަވެސް މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

                 މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

                   2  C     1439

                 20  ނޮވެމްބަރ     2017 މ

 

                                                                              ޠަލާލް އަބްދުއްރަޙްމާނު                                                           ކައުންސިލްގެ ރައީސް

20 ނޮވެންބަރު 2017
ހޯދާ