މާޅޮސްމަޑުލު އުތުރުބުރީ އަނގޮޅިތީމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގޯތި ބޭނުންވާ ފަރާތްތަކަށް ގޯއްޗަށް އެދޭ ފޯމް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލުން

 

`

މާޅޮސްމަޑުލު އުތުރުބުރީ އަނގޮޅިތީމު ކައުންސިލްގެ އިދާރާ

އަނގޮޅިތީމު، ދިވެހިރާއްޖެ

Secretariat of the Angolhitheem Council, North Maalhosmadulu

Angolhitheem, Republic of maldives

 

ނަންބަރު: IUL)301-PN/301/2017/65)

އިކޮނޮމިކް، ޝޯޝަލް އެންޑް މުނިސިޕަލް ސަރވިސަސް

 

އިޢްލާނު

 

ރ.އަނގޮޅިތީމުން ގޯތި ދޫކުރުން

 

ދިރިއުޅުމަށްޓަކައި ރ.އަނގޮޅިތީމުން ގޯތި ބޭނުންވާ ފަރާތްތަކަށް އެކަމަށް އެދި ފޯމް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.  މިބުރުގައި ދޫކުރުމަށް ހުއްދަ ލިބިފައިވަނީ 3000 އަކަފޫޓުގެ  12 ގޯއްޗާއި 4000 ގެ 2 ގޯއްޗާއިއެކު ޖުމުލަ 14 (ސާދަ) ގޯއްޗެވެ.  ގޯއްޗަށް އެދޭ މީހުންނަށް ޕޮއިންޓް ދިނުމުގެ އުޞޫލު މިއިޢްލާނާއިއެކު އެޓޭޗް ކުރެވިފައި ވާނެއެވެ.

ގޯތި ލިބޭގޮތް:

ގޯތި ލިބެންޖެހޭ މީހުން ހޮވުވުމުގައި ބަލާނީ ޕޮއިންޓް ލިބިފައިވާ ތަރުތީބުން ގިނަ ޕޮއިންޓް ލިބިފައިވާ ފަރާތްތަކަށެވެ. މިގޮތުން މިފަހަރު ދޫކުރުމަށް ހަމަޖެހިފައިވާ 14 ގޯތީގެ ޢަދަދަށްވުރެ އިތުރަށް އެއްވަރަކަށް ޕޮއިންޓް ލިބިފައިވާ މީހުން ތިބިނަމަ މީގެ ތެރެއިން ގޯތި ލިބޭ ފަރާތްތައް ކަނޑައަޅާނީ ގުރުއަތު ލައިގެންނެވެ. އެއްވެސް ފަރާތަކަށް ލިބޭ ގޯތި އެހެން ފަރާތަކަށް ބަދަލެއް ނުކުރެވޭނެއެވެ.

ގޯއްޗަށް އެދި ހުށަހަޅަންޖެހޭ ތަކެތި:

  • ދިރިއުޅުމަށް ޓަކައި ދޫކުރާ ބަންޑާރަ ގޯއްޗަށް އެދޭ ފޯމް
  • އައި.ޑީ.ކާރޑްގެ ކޮޕީ ( ގޯއްޗަށް އެދޭ މީހާއާއި، ގޯއްޗަށް އެދޭފަރާތުގެ މަންމަ އާއި ބައްޕަ އަދި މީހަކާ އިނދެގެން އުޅޭނަމަ އަނބި/ފިރި މީހާގެ އަދި ދަރިން ތިބިނަމަ ދަރިންގެ)
  • ކައިވެނީގެ ސެޓްފިކެޓް ( މީހަކާ އިންދެގެން އުޅޭނަމަ)
  • ވަރީގެ ސެޓްފިކެޓް ( މީހަކާ އިނދެ ވަރިކޮށްފައިވާނަމަ)
  • ޚާއްޞަ އެހީއަށް ބޭނުންވާ ކުއްޖަކު ހުރިނަމަ ކަމާބެހޭ އިދާރާއެއްގެ ރަސްމީ ލިޔުން.
  • މައިން ބަފައިން ނުވަތަ ޝަރުޢީ ގޮތުން ބަލަންޖެހިފައިވާ ފަރާޓެއް ބަލަމުންދާނަމަ އެކަމާ ގުޅޭ ލިޔުމެއް.

 ފޯމް ދޫކުރުމާއި ބަލައިގަތުމަށް ހަމަޖެހިފައިވަނީ 2017 ނޮވެމްބަރ 26 ވަނަ ދުވަހުން ފެށިގެން  2017ޑިސެމްބަރ 26 ވަނަ ދުވަހުގެ ނިޔަލަށް ބަންދު ނޫން ކޮންމެ ދުވަހެއްގެ 9:00 އިން ފެށިގެން 13:00 ގެ ނިޔަލަށެވެ.

 

 

20 ނޮވެންބަރު 2017
ހޯދާ