ތިލަދުންމަތީ ދެކުނުބުރީ ނެއްލައިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނެއްލައިދޫ ޕްރީސްކޫލުގައި ހުރި ބައެއް މަރާމާތު މަސައްކަތް ކުރުން

މި އިދާރާގެ ބެލުމުގެ ދަށުގައިވާ ނެއްލައިދޫ ޕްރީސްކޫލުގައި ކުރަން ހުރި މަރާމާތު މަސައްކަތް ތަކުގެ ތެރެއިން ތިރީގައިވާ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރި ނަންބަރ: 58/2017/263 އިއުލާނަށް އެކަށީގެންވާ ފަރާތްތަކުން އަންދާސީ ހިސާބު ހުށަހަޅާފައި ނުވާތީ އެ އިއުލާން ބާތިލްކޮށް އަލުން އިއުލާންކުރީމެވެ. ވީމާ މިމަސައްކަތް ކޮށްދޭން ބޭނުންވާ ފަރާތްތަކުން 2017 ނޮވެމްބަރ 27 ވާ ހޯމަ ދުވަހުގެ 10:00އަށް މިއިދާރާއަށް ދުރުވެ މައުލޫމާތު ސާފްކުރެއްވުމަށްފަހު 2017 ނޮވެމްބަރ 05ވާ އަންގާރަ ދުވަހުގެ 10:00 އަށް މި އިދާރާއަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަރާމާތު މަސައްކަތުގެ ތަފްސީލު:

  1. ޕްރީ ސްކޫލު އިމާރާތުގެ ދެފަރާތު ދިޔަދޮވި ބަދަލުކުރުން
  2. އަސްކެނި ސީލިންގުގައި ކުލަލުން
  3. ފުރާޅުން ހަލާކުވެފައިވާ ޓިނުގަނޑެއް ބަދަލުކުރުން
  4. އަވިދާ ދަމާފައިވާ ގިޔުގަނޑުގައި ވެލްޑިން ކަނޑައިގެން ގޮސްފައިވާތަންތަން މަރާމާތުކުރުން އަދި ދަވާދުލުން.
  5. ޕްރީސްކޫލް އިމާރާތާއި ވަށާފާރުގައި ކުލަލުން.
  6. ޕްރީސްކޫލު އިމާރާތުގެ ދޮރުމަތީގައި ގައު އެތުރުން
  7. ޕްރީސްކޫލުގެ ފާހާނާ ޖަންގުސަން މަރާމާތުކުރުން.
  8. ޕްރީސްކޫލުގެ ހަލާކުވެފައިވާ 2 ފަންކާ ބަދަލުކުރުން.

މައުލޫމާތު ސާފުކުރަން ވަޑައިނުގަންވާ ފަރާތްތަކުގެ އެސްޓިމޭޓް ބަލައި ނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

ބަދަލުގައި މީހަކު ފޮނުވާނަމަ ތަމްސީލުކުރާ ފަރާތުގެ ސިޓީއެއް ހުށަހެޅުއްވުމަށް ދަންނަވަމެވެ.

 

މަޢުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީހިސާބު ހުށަހެޅުމަށް ކޮންމެފަރާތަކަށްވެސް ބައިވެރިވެވޭނީ އެއްފަރާތެއްގެ ހައިސިއްޔަތުންނެވެ. (އަމިއްލަ ނަމުގައި ނުވަތަ ބަދަލުގައި އަންނަ ފަރާތުގެ ނަމުގައެވެ.)

            އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ 6520041 ނަންބަރާއެވެ.

             މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

20 ނޮވެންބަރު 2017
ހޯދާ