ދިވެހިރާއްޖެ
މާވަށު ސްކޫލްގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެ
މާވަށު ސްކޫލްގެ އިޢުލާން ނަންބަރ GS-49/IU/2017/09 ބާތިލްކޮށް އަލުން އިޢުލާން ކުރުމެވެ.
01 ޖެނުއަރީ 2018މ. ން 31 ޑިސެމްބަރ 2018މ. އަށް މިސްކޫލްގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއްހޯދުމަށް ބޭނުންވެއްޖެއެވެ.
ވީމާ، މިސްކޫލްގެ ސެކިއުރިޓީ ބަލަހައްޓައި ދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 03 ޑިސެމްބަރ 2017މ. ވާ އާދީއްތަ ދުވަހު 13:30 އަށް މާވަށު ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 10 ޑިސެމްބަރ 2017މ. ވާ އާދީއްތަ ދުވަހު 13:30 އަށް އަންދާސީ ހިސާބު ހިއްޕަވައިގެން މާވަށު ސްކޫލަށް ވަޑައިގެންދެއްވުމަށް އަންގާ އިޢުލާނުކުރަމެވެ.
މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަނޭޅުއްވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 6800010 ނަންބަރު ފޯނާއެވެ.