ދިވެހިރާއްޖެ
ނަންބަރު:510/FNK/A/IUL/2017
ވަޒީފާގެ ފުރުޞަތު
ކުންފުނީގެ ތިރީގައި މިދަންނަވާ މަޤާމްތަކަށް މީހުން ހޯދުމަށް ބޭނުންވެއެވެ.
އޮޑިޓް މެނޭޖަރ |
މަޤާމް: |
2 (ދޭއް) |
ބޭނުންވާ އަދަދު: |
ހެޑް އޮފީސް / މާލެ |
މަސައްކަތް ކުރަންޖެހޭ ތަން: |
އިންޓަރނަލް އޮޑިޓް ޑިޕާރޓްމަންޓް |
ޑިޕާރޓްމަންޓް: |
10500-10000ރ. |
މުސާރަ: |
މުސާރައިގެ %40 |
ސަރވިސް އެލަވަންސް: |
މުސާރައިގެ %20 |
ޙާޒިރީ އެލަވަންސް: |
މުސާރައިގެ %40 |
އިތުރުގަޑީގެ އެލަވަންސް: |
(ހ) އެނުއަލް ވާރކްޕްލޭނާ އެއްގޮތަށް އޮޑިޓް ކުރަންޖެހޭ އިދާރާތަށް ފާހަގަކޮށް މަސައްކަތްކުރިއަށް ގެންދާނެގޮތްތަށް ރޭވުމާއި ތަންފީޒްކުރުން (ށ) އޮޑިޓް ޓީމްގެ މެމްބަރުން ސުޕަވައިޒްކުރުން (ނ) ޓީމް މެމްބަރުންގެ މަސައްކަތުގެ ފެންވަރު ހިފެހެއްޓުން (ރ) އޮޑިޓް ރިޕޯޓްތައް ތަރައްގީކުރުމަށް ދިރާސާކުރުން (ބ) އޮޑިޓް މެތޮޑޮލޮޖީ ތަރައްގީކުރުމަށް ދިރާސާކުރުން |
މަޤާމުގެ މަސްއޫލިއްޔަތު: |
(ހ) އިންޓަރނަލް އޮޑިޓިންގް ދާއިރާއިން ނުވަތަ އެކައުންޓިންގް އެންޑް ފައިނޭންސް ދާއިރާއިން ޑިގްރީއެއް ހާސިލްކޮށްފައިވުން، ނުވަތަ (ށ) އެންމެ ދަށްވެގެން އޭސީސީއޭ ގެ ސްކިލްސް ލެވެލް ނިންމާފައިވުން (ނ) އިންޓަރނަލް އޮޑިޓް ގެ ދާއިރާގައި މަސައްކަތްކޮށްފައިވާ ފަރާތަކަށްވުން (ރ) އިންޓަރނަލް އޮޑިޓް ގެ ދާއިރާ އާއެކު އިންޓަރނަލް އޮޑިޓް އާއި ގުޅުން ހުރި ދާއިރާތަކުން 03 އަހަރުގެ ތަޖުރިބާ ލިބިފައިވުމާއިއެކު، މި މަސައްކަތަށް ގާބިލް ފަރާތެއްކަން އިންޓަރވިއުގައި ސާބިތުކޮށްދިނުން (ބ) ފެނަކަ ކޯޕަރޭޝަން ލިމިޓެޑް ގެ މެންޑޭޓް ގެ ދަށުން ދިވެހިރާއްޖޭގެ ރަށްތަކުގައި ހިންގޭ އޮޕަރޭޝަންސް ތަކާއި ދެވޭ ޙިދުމަތްތަކުގެ އޮޑިޓް ކުރުމަށް ، ރަށްތަކުގައި ޤާއިމްވެފައިވާ މި ކޯޕަރޭޝަންގެ ސައިޓް ތަކަށް ދަތުރު ކުރެވޭނެ ފަރާތެއް ކަމުގައިވުން (ޅ) ވަޒީފާ އާއި މަސްލަހަތު ފުށުއަރާފަދަ އެއްވެސް އަމިއްލަ މަސައްކަތެއް ނުކުރުން އަދި ބައިވެރި ނުވުން |
އަސާސީ ޝަރުތު:
|
އޮޑިޓަރ |
މަޤާމް: |
2(ދޭއް) |
ބޭނުންވާ އަދަދު: |
ހެޑް އޮފީސް / މާލެ |
މަސައްކަތް ކުރަންޖެހޭ ތަން: |
އިންޓަރނަލް އޮޑިޓް ޑިޕާރޓްމަންޓް |
ޑިޕާރޓްމަންޓް: |
9500ރ. |
މުސާރަ: |
މުސާރައިގެ %40 |
ސަރވިސް އެލަވަންސް: |
މުސާރައިގެ %20 |
ޙާޒިރީ އެލަވަންސް: |
މުސާރައިގެ %40 |
އިތުރުގަޑީގެ އެލަވަންސް: |
(ހ) އޮޑިޓް ޕްލޭން ތައްޔާރުކުރުމަށް ބޭނުންވާ މަޢުލޫމާތު ހޯދުމަށް އެހީތެރިވެދިނުމާއި އެކުލަވާލުން (ށ) އޮޑިޓް ޕްލޭނާ އެއްގޮތަށް ފީލްޑް އޮޑިޓް، ޑެސްކް އޮޑިޓްގެ މަސައްކަތްތައް ކުރުމާއި ރިޕޯޓް ކުރުން |
މަޤާމުގެ މަސްއޫލިއްޔަތު: |
(ހ) އެންމެ ދަށްވެގެން އޭސީސީއޭ ގެ ސްކިލްސް ލެވެލްގެ F8 – އޯޑިޓް އެންޑް އެޝުއަރެންސް ޕޭޕަރު ނިންމާފައިވުން (ށ) ލިބިފައިވާ ތަޖުރިބާ ތަކާއިއެކު މި މަސައްކަތަށް ގާބިލް ފަރާތެއްކަން އިންޓަވިއުގައި ސާބިތުކޮށްދިނުން (ނ) ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ މެންޑޭޓް ގެ ދަށުން ދިވެހިރާއްޖޭގެ ރަށްތަކުގައި ހިންގޭ އޮޕަރޭޝަންސް ތަކާއި ދެވޭ ޚިދުމަތްތަކުގެ އޮޑިޓް ކުރުމަށް، ރަށްތަކުގައި ޤާއިމްވެފައިވާ މި ކޯޕަރޭޝަންގެ ސައިޓް ތަކަށް ދަތުރު ކުރެވޭނެ ފަރާތެއް ކަމުގައިވުން (ރ) ވަޒީފާ އާއި މަސްލަހަތު ފުށުއަރާފަދަ އެއްވެސް އަމިއްލަ މަސައްކަތެއް ނުކުރުން އަދި ބައިވެރި ނުވުން |
އަސާސީ ޝަރުތު:
|
ވަޒީފާއަށް އެދި ހުށަހަޅާ އެޕްލިކޭޝަން ފޯމް މި ކުންފުނީގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ. އަދި ހެޑް އޮފީސް (ޕޯޓް ކޮމްޕްލެކްސް، 7 ވަނަ ފަންގިފިލާ) ރަސްމީ ދުވަސްތަކުގެ 08:00 – 13:30 އަށް ލިބެންހުންނާނެއެވެ. އިންޓަވިއު ކުރެވޭނީ ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާއެވެ. ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރޭގައި ޝަރުތު ހަމަވާ ފަރާތެއް ނެތްނަމަ އިންޓަރވިއުއާއި، ތައުލީމީ ފެންވަރަށާއި މަސައްކަތު ތަޖުރިބާއަށް ބަލައި، އެންމެ އެކަށީގެންވާ ފަރާތަކަށް ވަޒީފާ ހަމަޖައްސާ ދެވޭނެއެވެ.
ވީމާ، ޝައުޤުވެރިވެލައްވާ ފަރާތްތަކުން 26 ނޮވެމްބަރ 2017 ވާ އާދިއްތަ ދުވަހުގެ 13:30 ގެ ކުރިން ތިރީގައި މިވާ އެޑްރެހަށް އެޕްލިކޭޝަން ފޯމާއިއެކު ސީ.ވީ، އައިޑެންޓިޓީ ކާޑުގެ ކޮޕީ، އެޓެސްޓް ކޮށްފައިވާ ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް (މަސްއޫލިއްޔަތު އެނގޭނެހެން) އަދި 3 މަސް ދުވަސްހަމަވެފައި ނުވާ ޕޮލިސް ރިޕޯރޓް ހުށަހެޅުއްވުން އެދެމެވެ.
ނޯޓް:
- އިންޓަރވިއުކުރުމަށް ކިޔޭނީ ހަމައެކަނި ޝޯޓް ލިސްޓް ކުރެވޭފަރާތްތަކަށެވެ.
- މިމަޤާމްތަކަށް މުވައްޒަފުން ހޮވާނީ ތަޢުލީމީ ސެޓްފިކެޓްތަކަށާއި، މަސައްކަތުގެ ތަޖުރިބާ އަދި އިންޓަރވިއު އަށް ބަލައި އެންމެ މަތިން މާކްސް ލިބޭ ފަރާތްތަކެވެ.
ފެނަކަ ކޯޕަރޭޝަން ލިމިޓެޑް،
ޕޯރޓް ކޮމްޕްލެކްސް ބިލްޑިންގ، 7 ވަނަ ފަންގިފިލާ،
ހިލާލީމަގު/ މާލެ، 20307، ދިވެހިރާއްޖެ
ގުޅޭނެ ނަންބަރު: 3007555
ފެކްސް ނަންބަރު: 3327555
ވެބްސައިޓް: www.fenaka.com.mv
02 ރަބީޢުލްއައްވަލް 1439
20 ނޮވެމްބަރ 2017