އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އައްޑޫސިޓީ ކައުންސިލްގެ ސްޕޯޓްސް ކައުންސިލް ގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކަށް

އިޢުލާން

އައްޑޫސިޓީ ކައުންސިލްގެ ސްޕޯޓްސް ކައުންސިލް ގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކަށް 

އައްޑޫސިޓީގައި ކްލަބު/ޖަމްއިއްޔާތަކުން އިންތިޒާމްކޮށްގެން ބާއްވާ އެކިއެކި ކުޅިވަރު މުބާރާތްތަކާއި އައްޑޫސިޓީއިން ޓީމްތައް ބައިވެރިވާ މުބާރާތްތަކުގައި ކައުންސިލަށް ލަފާދީ އެހީތެރިވުމަށްޓަކައި އައްޑޫސިޓީ ކައުންސިލްގެ ސްޕޯޓްސް ކައުންސިލް އެކުލަވާލަން ބޭނުންވާތީ ސްޕޯޓްސް ކައުންސިލްގެ މެމްބަރަކަށްވުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެފުރުސަތު ހުޅުވާ ޢާއްމުކޮށް އިޢުލާނު ކުރީމެވެ.

ސްޕޯޓްސް ކައުންސިލަށް މެމްބަރުން ކަނޑައެޅުމުގައި ތަފާތު އެކި ދާއިރާތަކުގެ ކުޅިވަރު ހަރަކާތް ހިންގުމަށް ރަޖިސްޓްރިކޮށްގެން ހިންގާ ކްލަބު/ޖަމްއިއްޔާ، އެސޯސިއޭޝަންތަކުގައި މަސައްކަތް ކުރައްވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

ސްޕޯޓްސް ކައުންސިލްގެ މެމްބަރަކަށްވުމަށް ޝައުޤުވެރިވާ ފަރާތްތަކުން، 30 ނޮވެމްބަރ 2017 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން އައްޑޫސިޓީ ކައުންސިލްގެ އިދާރާއަށް ސިޓީއަކުން ހުށަހެޅުއްވުން އެދެމެވެ. މެއިލްގެ ޒަރީއާއިން ސިޓީ ހުށަހަޅުއްވަން ބޭނުންފުޅުވާ ފަރާތްތަކުން [email protected]  އަށް މެއިލް ކުރެއްވުން އެދެމެވެ.

27 ޞަފަރު 1439

16 ނޮވެންބަރު 2017
ހޯދާ