މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ
ދިވެހިރާއްޖެ
ޕަބްލިކް ޕްރޮކިއުމަންޓް ޕޯޓަލް ޑެވެލޮޕްކުރާނެ ފާރާތެއް ހޯދުން

ޝައުޤުވެރިކަން ފާޅުކުރުމުގެ ދަޢުވަތު

 

ޕަބްލިކް ޕްރޮކިއުމަންޓް ޕޯޓަލް ޑެވެލޮޕްކުރާނެ ފާރާތެއް ހޯދުން

 

މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ އިން ކުރިއަށް ގެންދާ ދައުލަތުގެ މާލީނިޒާމު ބެލެހެއްޓުން ހަރުދަނާ ކުރުމުގެ މަޝްރޫޢުއަށް އިންޓަރނޭޝަނަލް ޑިވެލޮޕްމަންޓް އެސޯސިއޭޝަން (އައި.ޑީ.އޭ) އިން ވަނީ ހިލޭ އެހީއެއް ލިބިފައެވެ. އަދި މިމަޝްރޫޢުގެ ދަށުން ޕަބްލިކް ޕްރޮކިއުމަންޓް ޕޯޓަލެއް ޑިޒައިންކޮށް ޑެވެލޮޕްކުރާނެ ފާރާތެއް  ހޯދަން ބޭނުންވެއެވެ.

 

ޑެވެލޮޕަރގެ މަސައްކަތަށް ކުރިމަތިލާ ފަރާތުގެ ކިބައިގައި ހުންނަންވާ ޝަރުތުތަކުގެ ތެރޭގައި:

  • ސޮފްޓްވެޔަރ އިންޖިނިއަރިންގ ނުވަތަ ގުޅޭދާއިރާއަކުން މަދުވެގެން ފުރަތަމަ ޑިގްރީ ހާޞިލް ކޮށްފައިވުން
  • ވޭތުވެދިޔަ 3 އަހަރު ތެރޭ މަދުވެގެން 2 ވެބް/ޕޯޓަލް/ އެޕްލިކޭޝަން ޑިވެލޮޕްކޮށްފައިވުން.
  • ދިވެހި އަދި އިނގިރޭސިން ވެބް ޑިވެލޮޕްމަންޓް ތަޖުރިބާ ހުރުން.
  • އެޗް.ޓީ.އެމް.އެލް ، ސީ.އެސް.އެސް ، ޕީ.އެޗް.ޕީ ، ޖާވާސްކްރިޕްޓް ، ޖޭކުއަރީ ، އެޖެކްސް، އަޕާޗޭ ސަރވަރ، އެސް.ކިއު.އެލް ފަދަ އޯޕަން ސޯސް ވެބް ޑިވެލޮޕްމަންޓް އާލާތްތައް ބޭނުންކުރަން އެނގުން.
  • ޑޭޓާ ބޭސް ޑިޒައިންކޮށް ޑިވެލޮޕް ކުރުމުގެ ތަގުރިބާ ހުރުން.

 މަތީގައި ދެންނެވިފައިވާ މަސައްކަތުގެ މުއްދަތަކީ  8 ހަފްތާއެވެ.

 

މަތީގައި ދެންނެވިފައިވާ މަސައްކަތްކުރުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން "އެކްސްޕްރެޝަން އޮފް އިންޓްރެސްޓް" ހުށަހެޅުމުގެ ފުރުޞަތު މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ ފަރާތުން ހުޅުވާލަމެވެ. މިކަމަށް ޝަޢުޤުވެރިވާ ފަރާތްތަކުން މިމަސައްކަތް ކުރުމުގެ ޤާބިލްކަން ސާބިތު ކޮށްދިނުމުގެ ގޮތުން؛ ދާއިރާއިން ކޮށްފައިވާ މަސައްކަތްތަކުގެ މަޢުލޫމާތު، މިފަދަ މާހައުލުތަކުގައި މަސައްކަތް ކުރުމުގެ ތަޖުރިބާ، ތަޢުލީމީ ފެންވަރާއި ހުނަރު އަދި އެހެނިހެން މަޢުލޫމާތު ހިމެނޭ ވަނަވަރު ހުށަހަޅަން ވާނެއެވެ. އަދި  "އެކްސްޕްރެޝަން އޮފް އިންޓަރެސްޓް" ހުށަހަޅުއްވާއިރު އަންދާޒީ ހިސާބު ހުށަހަޅަންވާނެއެވެ.

 

މިމަސައްކަތާއި ގުޅޭ މަޢުލޫމާތު ހިމެނޭ ގޮތަށް ތައްޔާރުކުރެވިފައިވާ ޓާރމްސް އޮފް ރިފަރެންސް (ޓީ.އޯ.އާރް) މި މިނިސްޓްރީގެ ވެބްސައިޓް www.finance.gov.mv  ގައި ޝާޢިއު ކުރެވިފައިވާނެއެވެ. އަދި މިމަސައްކަތާއި ބެހޭ އިތުރު މަޢުލޫމާތު ބޭނުންވާނަމަ ތިރީގައިވާ އެޑްރެހަށް ލިޔުއްވުމުން ލިބިވަޑައިގަންނަވާނެއެވެ.

 

މި މަސައްކަތަށް ފަރާތެއް ހޮވުމުގައި ޢަމަލުކުރާނީ، ތަޢުލީމީ ފެންވަރާއި މަސައްކަތުގެ ތަޖުރިބާއަށް ބެލެވިގެން، ވޯލްޑްބޭންކް ލޯނާއި އައި.ޑީ.އޭ ކްރެޑިޓް އަދި ހިލޭ އެހީގެ ދަށުން ހިންގޭ މަޝްރޫޢުތަކަށް ކޮންސަލްޓަންޓުން ހޯދުމަށް އެފަރާތުން ޖަނަވަރީ 2011ގައި ތައްޔާރުކޮށް ޖުލައި 2014ގައި އިސްލާހުކުރެވިފައިވާ ގައިޑްލައިނާ އެއްގޮތަށެވެ.

 

ވީމާ މިމަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 23 ނޮވެމްބަރ 2017 ވާ  ބުރާސްފަތި ދުވަހު 14:00ގެ ކުރިން، "އެކްސްޕްރެޝަން އޮފް އިންޓަރެސްޓް" މެއިލް، އީމެއިލް ނުވަތަ ފެކްސް މެދުވެރިކޮށް ތިރީގައިވާ އެޑްރެހަށް ފޮނުއްވުން އެދެމެވެ.

 

ޕްރޮޖެކްޓް ކޯޑިނޭޓަރ

މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ

އަމީނީމަގު،

މާލެ،  ދިވެހިރާއްޖެ.

ޓެލެފޯން:3349266، 3349244

ފެކްސް:3320706 ،3324432،

އީމެއިލް އެޑްރެސް: [email protected]

[email protected]

 

 

 

 

16 ނޮވެންބަރު 2017
ހޯދާ