މުލަކު ސްކޫލް
ދިވެހިރާއްޖެ
2018ވަނަ އަހަރު މިސްކޫލުގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ

 

 

މުލަކު ސްކޫލް                       

މ.މުލައް

ދިވެހިރާއްޖެ                                                                                                                                                    ނަންބަރު:GS166/IUL/2017/22      

އިޢުލާން

 

2018 ވަނަ އަހަރު މިސްކޫލުގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ:

 

                            2018 ވަނަ އަހަރު މިސްކޫލުގެ ސެކިއުރިޓީ ބެލެހެއްޓުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، 22 ނޮވެމްބަރ 2017 ވާ ބުދަދުވަހުގެ 11:00 އަށް ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 28 ނޮވެމްބަރ 2017 ވާ އަންގާރަދުވަހުގެ 11:00 އަށް ބިޑްހުށަހެޅުއްވުމަށް މިސްކޫލަށް ވަޑައިގެންދެއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ ބިޑްތަކާއި އަދި ކަނޑައެޅިފައިވާ ގަޑީގެފަހުން ބިޑްހުށަހެޅުއްވުމަށް ވަޑައިގަންނަވާ ފަރާތްތަކުގެ ބިޑްތައް ބަލައިނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ. އަދި މިކަމަށްއެދި ބިޑްހުށަހެޅުމަށް ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރ: 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ. މިކަމާ ގުޅިގެން މީގެކުރިން ކުރެވުނު އިޢުލާން ނަންބަރ: GS166/IUL/2017/20  (01 ނޮވެމްބަރ 2017) ބާޠިލް ކުރެވުނީ ކަމުގައި ދެންނެވީމެވެ.

 

 

               27 ޞަފަރު 1439ހ

               16 ނޮވެމްބަރ 2017މ

 

 

 

                                                                                                                                                      ޠާހާ މުޙައްމަދު

                          

16 ނޮވެންބަރު 2017
ހޯދާ