ދިވެހިރާއްޖެ
146-A1/2017/139:ނަންބަރު
އިޢުލާން
މަޤާމު: |
ކޯޓް އޮފިސަރ |
ބޭނުންވާ އަދަދު : |
01 (އެކެއް) |
މަޤާމުގެ ކްލެސިފިކޭޝަން: |
އޮފިސަރ ގްރޭޑް 1 |
މަޤާމުގެ ރޭންކް: |
ޖީ.އެސް 3 |
މަޤާމުގެ އަސާސީ މުސާރަ: |
4465.00 ރުފިޔާ |
މަސައްކަތް ކުރަންޖެހޭ ތަނާއި ސެކްޝަން: |
ފެމިލީކޯޓު / ޝަރީޢަތްކުރުމާއިބެހޭ ބައި |
އެލަވަންސްތަކާއި ޢިނާޔަތްތައް: |
- ސަރވިސް އެލަވަންސް: މަހަކު 1500.00 ރުފިޔާ، - ލިވިންގ އެލަވަންސް: މަހަކު 2700.00 ރުފިޔާ، - ޖުޑީޝަލް އެލަވަންސް: ޖުޑީޝަލް އެލަވަންސްގެ ގޮތުގައި އަސާސީ މުސާރައިގެ %40 (މަހަކު)، - އިތުރުގަޑީގެ ފައިސާ: އިތުރުގަޑީގައި މަސައްކަތްކޮށްފިނަމަ، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެ. |
މަޤާމުގެ އަސާސީ ޝަރުތު:
|
- މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލްކަން އިންޓަރވިއުގައި ސާބިތުކޮށް ދިނުމާއެކު، ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ލިބިފައިވުމާއެކު، ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މިމާއްދާއިން ދަށްވެގެން 'ސީ' ލިބިފައިވުން، ނުވަތަ - މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވަޒީފާގެ ކުރިއެރުން ހައްޤުވާ މާކްހެއް ލިބެމުން ދިޔުމާއިއެކު، ޖީ.އެސް 2 ރޭންކްގައި މަދުވެގެން 2 އަހަރު ދުވަހުގެ މަސައްކަތު ތަޖްރިބާ ލިބިފައިވުން. |
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:
|
- ތާވަލުކުރެވޭ ޝަރީޢަތްތަކުގެ އަމުރު ތައްޔާރުކޮށް، ހަމަޖެހިފައިވާ އުސޫލުން ކޯޓު އަމުރުބަހާ މުވައްޒަފުންނާ އަމުރު ޙަވާލުކުރުން. - ޝަރީޢަތް ފެށުމުގެ ކުރިން ޝަރީޢަތުގެ މަޖިލީހުގެ އެންމެހައި ކަންކަން އިންތިޒާމުކުރެވިފައިވޭތޯ ބަލައި ކަށަވަރުކުރުން. - ތާވަލާ އެއްގޮތަށް ޝަރީޢަތަށް ޙާޟިރުކުރެވޭ ފަރާތްތަކުގެ ޙާޟިރީ ބެލެހެއްޓުމާއި ގަޑިޖެހޭ ފަރާތްތައް ބަލައި، ސުޕަވައިޒަރުގެ ޢިރުޝާދާއެކު "ކޯޓަށް މީހުން ޙާޟިރުކުރުމުގައި އަމަލުކުރާނެގޮތުގެ ޤަވަޢިދު" ގައިވާ ގޮތުގެމަތިން ފިޔަވަޅުއެޅުން. - ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މައްސަލަތަކުގެ ފައިލް ތައްޔާރުކޮށް ޤަވާޢިދުން ފޮތުގައި ލިޔުން. - ޝަރީޢަތުން ނަގާ ބަޔާންތަކާއި ޝަރީޢަތަށް ހުށަހެޅޭ ބަޔާންތައް މަޙުޟަރުކުރުމާއި، ޝަރީޢަތުގެ މަޖިލީހުގައި ހުށަހަޅާތަކެތި ޤާޟީގެ އިޛުނައާއެކު ޤާޟީގެ އަތްޕުޅަށް އެރުވުން. - ޝަރީޢަތަށް ޙާޟިރުވާ ފަރާތްތައް ޝަރީޢަތަށް ވެއްދުމުގެ އެންމެހައި ކަންކަން ޤާޟީގެ ޢިރުޝާދާއެކު ކުރުން. - ސެކްޝަންގެ އިދާރީ އެހެނިހެން މަސައްކަތްތައް ސުޕަވައިޒަރުގެ ޢިރުޝާދާއެކު ކުރުން. - ކޯޓާއި ޝަރީޢަތުގެ މަޖިލީހުގައި ޤަވާޢިދާ ޚިލާފު އެއްވެސް ކަމެއް ހިނގާނަމަ އެކަން ހުއްޓުވައި އަޅަންޖެހޭ ފިޔަވަޅު އެޅުން. - ސެކްޝަނަށް އަންނަ ފޯން ކޯލްތަކަށް ޖަވާބުދާރީވުން. - މީގެ އިތުރުން ކޯޓުން ދޭންޖެހޭ ޚިދުމަތްތައް ދިނުމުގައި ވަޒީފާ ބަޔާނުގައި ހިމެނިފައިނެތް އެހެންނަމަވެސް ހާލަތު ނިޔާކުރާގޮތުން ކޯޓަށް މުވައްޒަފުގެ އެހީތެރިކަން ބޭނުންވެގެން، ކޯޓުގެ މަސްއޫލިއްޔަތުތައް ތަންފީޒުކުރުމަށްޓަކައި ކޯޓުން ޙަވާލުކުރެވޭ އިތުރު މަސައްކަތްތައް. |
ވަޒީފާއަށްއެދޭ ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި: |
- ވަޒީފާއަށް އެދޭ ފޯމު (މި ކޯޓުގެ ރިސެޕްޝަނުން ލިބެން ހުންނާނެއެވެ. އަދި މި ކޯޓުގެ ވެބްސައިޓް www.familycourt.gov.mv އިން މި ފޯމު ޑައުންލޯޑްވެސް ކުރެވޭނެއެވެ.) - ކުރިމަތިލާ ފަރާތުގެ ވަނަވަރު. - ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ. - ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ. (ސެޓުފިކެޓް ލެވެލް އިން މަތީ ސެޓުފިކެޓްތައް ހުށަހަޅަންވާނީ އެކްރެޑިޓް ކޮށްފައިވާ ސެޓުފިކެޓުތަކުގެ ކޮޕީއެވެ.) - ސްކޫލް ލީވިންގ ސެޓްފިކެޓްގެ ކޮޕީ. - އަދާކޮށްފައިވާ ވަޒީފާތަކާއި، އަދާކުރަމުންދާ ވަޒީފާތަކާއި، އެ މަޤާމުތަކުގެ ކްލެސިފިކޭޝަނާއި، މަޤާމުގެ ރޭންކާއި، މަޤާމުގައިވީ މުއްދަތާއި، މަސްއޫލިއްޔަތު އެނގޭނެ ލިޔުންތަކުގެ ކޮޕީ. - ފާއިތުވީ ދެއަހަރު ދުވަހުގެ މަސައްކަތު ފެންވަރު ބަލާފައިވާ ފޯމްގެ ކޮޕީ. (މި ފޯމު ހުށަހަޅަންޖެހޭނީ ހަމައެކަނި ދެވަނަ ޝަރުޠައް ބަލައި، ޝަރުޠުހަމަވާ ފަރާތްތަކުން) - ފޯމާއެކު ހުށަހަޅަން ޖެހޭނެކަމަށް އިޢުލާނުގައި ބަޔާންކޮށްފައިވާ ހުރިހާ ލިޔެކިޔުންތައް ހުށަހަޅާފައިނުވާނަމަ، އެފޯމެއް ބާޠިލު ކުރެވޭނެއެވެ. - ވަޒީފާއަށް އެދޭ ފޯމް ހުށަހަޅުއްވާނީ ފެމިލީ ކޯޓުގެ ޖަސްޓިސް ބިލްޑިންގގެ ފުރަތަމަ ފަންގިފިލާ އަށެވެ. ނޯޓް: ވަޒީފާއަށްއެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ވަޒީފާއަށް އެދި ހުށަހަޅާ ފޯމުގައި ބަޔާންކޮށްފައިވާ ލިޔުންތައް އޭގެ އަސްލާ އެއްގޮތްކަން ކަށަވަރުކުރާނީ، އިންޓަރވިއުއަށް ހޮވޭ މީހުންގެ އެކަންޏެވެ. މިގޮތުން އިންޓަރވިއުއަށް ހޮވޭ މީހުން އިންޓަރވިއުއަށް ޙާޟިރުވާއިރު، ހުށަހަޅާފައިވާ ލިޔުންތަކުގެ އަސްލު ލިޔުން ގެންނަންވާނެއެވެ.
|
ސުންގަޑި: |
03 ޑިސެމްބަރ 2017 ގެ 14:00 ކުރިން. |
އިތުރު މަޢުލޫމާތު: |
- މި މަޤާމަށް ޝަރުޠުހަމަވާ ފަރާތްތަކުގެ ތެރެއިން، މަޤާމަށް އެންމެ އެކަށީގެންވާ ފަރާތެއް ހޮވާނީ މަޤާމުގެ ވާޖިބުތައް އަދާކުރެވޭނެކަމަށް އިންޓަރވިއުގައި ސާބިތުކޮށްދޭ ފަރާތްތަކުގެ ތެރެއިންނެވެ. - މި މަޤާމަށްއެދި ހުށަހަޅާ ފޯމްތަކުގެ ތެރެއިން އިޢުލާނާއި އެއްގޮތަށް ޝަރުތު ފުރިހަމަ ނުވާކަމަށް މި ކޯޓުގެ އެޗް.އާރު ކޮމިޓީއަށް ފެންނަ ފޯމްތައް ކެންސަލް ކުރެވޭނެއެވެ. ނޯޓް: މި ވަޒީފާ އަށް އެދިފައިވާ ޝަރުތު ހަމަވާ ފަރާތްތަކުގެ އަދަދު 20 އަށްވުރެ ގިނަނަމަ، ތަޢުލީމާއި ތަޖުރިބާއަށް ބަލައި،އެޗް.އާރު ކޮމިޓީއިން ކަނޑައަޅާ އަދަދަކަށް އިންޓަރވިއުކުރާނެ ފަރާތްތައް ޝޯޓް ލިސްޓް ކުރެވޭނެއެވެ. |
16 ނޮވެމްބަރ 2016