ދިވެހިރާއްޖެ
މަޤާމް: އެސިސްޓެންޓް ލޭންޑް އޮފިސަރ
ބޭނުންވާ ޢަދަދު: 01 (އެކެއް)
އިޢުލާން ވަޒީފާގެ ފުރުޞަތު |
|
ތިރީގައިވާ މަޤާމަށް މީހަކު ބޭނުންވެއްޖެއެވެ. |
|
މަޤާމު: |
އެސިސްޓެންޓް ލޭންޑް އޮފިސަރ |
މަޤާމު ނަންބަރު: |
J-256977 |
ބޭނުންވާ އަދަދު: |
01 (އެކެއް) |
މަޤާމުގެ ގިންތި: |
ދާއިމީ |
މަޤާމުގެ ރޭންކް: |
ޖީ އެސް 4 |
މަޤާމުގެ ކްލެސިފިކޭޝަން: |
އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 2 |
ސެކްޝަން / ޔުނިޓް:
|
ލޭންޑް ސެކްޝަން |
މަޤާމް އޮތް އޮފީސް: |
މޯލްޑިވްސް ލޭންޑް އެންޑް ސާރވޭ އޮތޯރިޓީ |
ވަޒީފާ އަދާކުރަންޖެހޭ ތަން: |
މޯލްޑިވްސް ލޭންޑް އެންޑް ސާރވޭ އޮތޯރިޓީ، ކ. މާލެ |
މުސާރަ: |
މަހަކު -/5020 ރުފިޔާ |
ސަރވިސް އެލަވަންސް: |
މަހަކު -/1500 ރުފިޔާ |
ސްޕެޝަލް ޑިއުޓީ އެލަވަންސް: |
މުސާރައިގެ %35 (މަހަކު) |
އިތުރު ޢިނާޔަތްތައް: |
|
މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް: |
1- ލޭންޑް ސެކްޝަނުން އެކިފަރާތްތަކަށް ސިޓީ/މެމޯ އަދި އީމެއިލް ފަދަ ލިޔުންތައް ފޮނުވުމުގައި އިދާރީ ގޮތުން ކުރަންޖެހޭ މަސައްކަތްތައް ކުރުމާއި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށްފަހު ފައިލްކުރުމާއި، އެންޓްރީގައި ނޯޓްކުރުން. 2- މޯލްޑިވްސް ލޭންޑް އެންޑް ސާރވޭ އޮތޯރިޓީގެ އަހަރީ ރިޕޯޓަށް ބޭނުންވާ މަޢުލޫމާތު އެއްކޮށް އަހަރީ ރިޕޯޓަށް ބޭނުންވާ ލިޔެކިޔުންތައް ތައްޔާރުކުރުން. 3- ލޭންޑް ސެކްޝަންގެ ޔައުމިއްޔާ ދުވަހުން ދުވަހަށް ލިޔެ އެޑްމިން ސެކްޝަނަށް ފޮނުވުން. 4- ބިމުގެ މައްސަލަތައް ހައްލު ކުރުމުގައި ކަމާބެހޭ ފަރާތްތަކާއި އެކު ބާއްވަންޖެހޭ ބައްދަލުވުންތައް އިންތިޒާމުކޮށް މަޝްވަރާތަކުގައި ބައިވެރިވުން. 5- ކަނޑައެޅިފައިވާ ދާއިރާތަކަށް ބިންދޫކުރުމުގެ މަސައްކަތުގައި އެއްކުރަންޖެހޭ މަޢުލޫމާތުތައް އެއްކޮށް، މަޢުލޫމާތު ޗެކްކޮށް ސައްޙަތޯ ބެލުމާއި، މަސައްކަތުގައި ޕްލޭނިންގ ޑިޕާޓްމަންޓާއިއެކު ކުރަންޖެހޭ މުޢާމަލާތްތައް ކުރުމާއި، ޕްލޭނިންގ ލަފާއާއި އެއްގޮތަށް ޖަވާބު ތައްޔާރުކުރުން. 6- ބިމުގެ މައްސަލައާއި ގުޅިގެން ދައުލަތުގެ އެންމެހާ މުއައްސަސާތަކަށް އެއްބާރުލުން ދިނުމާއި، އެމުއައްސަސާތައް މެދުވެރިކޮށް ބިމުގެ ބިމުގެ މައްސަލަތައް ހައްލުކުރުމަށް ކުރަންޖެހޭ އެންމެހާ ކަންތައް ކުރުން. 7- ލޭންޑް ސެކްޝަނަށް ހުށައެޅޭ ބިމާބެހޭ މައްސަލަތަކުގެ ތެރެއިން ބިމުގެ ހުއްދަދިނުން ފިޔަވައި އެހެނިހެން މައްސަލަތައް ވީހާ އަވަލަށް ޙައްލުކުރުމަށް ކުރަންޖެހޭ މަސައްކަތްތަކުގައި އެހީތެރިވެދިނުން. 8- ބިމުގެ ދަފްތަރު ޤާއިމްކުރުމަށް ބޭނުންވާ މަޢުލޫމާތުތަކާއި ޑޮކިއުމަންޓްތައް ހޯދުމުގެ މަސައްކަތުގައި އެހީތެރިވެދިނުން. |
މަޤާމުގެ ޝަރުޠުތައް: |
ނުވަތަ
ނުވަތަ
|
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް: |
|
ހުށަހަޅަންޖެހޭ ލިޔުންތައް: |
(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ) (ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިއަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ. ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުން. (ނ) ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.
(ހ) ސިވިލް ސަރވިސް އިން ބޭރު ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެ ވަޒީފާއެއް އަދާކުރި މުއްދަތާއި ކުރި މަސައްކަތް ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިންސްޓިޓިއުޓެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ ވަޒީފާ އަދާކުރި މުއްދަތާއި ކުރި މަސައްކަތް އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. |
މަޤާމަށް އެދެންވީގޮތާއި ސުންގަޑި: |
ވަޒީފާއަށް އެދޭ ފޯމު މޯލްޑިވްސް ލޭންޑް އެންޑް ސަރވޭ އޮތޯރިޓީގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި އިދާރާގެ www.surveyofmaldives.gov.mv ވެބްސައިޓުން މި ފޯމު ޑައުންލޯޑުވެސް ކުރެވޭނެއެވެ. މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 29 ނޮވެންބަރު 2017 ވާ ބުދަ ދުވަހުގެ 12:00 ގެ ކުރިން، މޯލްޑިވްސް ލޭންޑް އެންޑް ސަރވޭ އޮތޯރިޓީ (އުޖާލާހިނގުން، މާފަންނު / މާލެ) ގެ ކައުންޓަރަށެވެ. އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ. |
އިންޓަރވިއު އޮންނާނެތަނާއި، މުއްދަތު: |
މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 2017 ޑިސެންބަރު މަހުގެ ތާރީޚެއްގައި، މޯލްޑިވްސް ލޭންޑް އެންޑް ސަރވޭ އޮތޯރިޓީ (އުޖާލާހިނގުން، މާފަންނު، މާލެ) ގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ. |
ޝޯޓް ލިސްޓްކުރުން: |
މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ. |
މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ: |
30% (އިންސައްތަ) |
އިތުރު މަޢުލޫމާތު ހޯދުން: |
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3004258 ނަންބަރު ފޯނަށް ނުވަތަ 3004263 ނަންބަރު ފޯނާއެވެ. |
27 ޞަފަރު 1439 16 ނޮވެންބަރު 2017 |