މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ދިވެހިރާއްޖެ
ރިޕްލޭސްމަންޓް އިންސެންޓިވް ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލުން

އިއުލާން

ދިވެހިރާއްޖެއިން ބައިވެރިވެފައިވާ މުއާހަދާއެއް ކަމުގައިވާ މޮންޓްރިއަލް ޕްރޮޓޮކޯލް އޮން ސަބްސްޓަންސަސް ދެޓް ޑިޕްލީޓް ދި އޯޒޯން ލޭޔަރ ގެ ދަށުން ދިވެހިރާއްޖެއިން އެޗް.ސީ.އެފް.ސީ ބޭނުން ކުރުން ހުއްޓާލުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. އެގޮތުން މިމިނިސްޓްރީން ހިންގަމުން ގެންދާ  "ރިޕްލޭސްމެންޓް އިންސެންޓިވް ސްކީމް'ގެ ދަށުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކާއި ގޭބިސީތަކުގައި ހައިޑްރޯ ކްލޯރޯ ފްލޮރޯ ކާރބަން (އެޗް.ސީ.އެފް.ސީ) ގޭސް ބޭނުންކުރުން މަދުކުރުމަށްޓަކައި، ތިމާވެށްޓާ ރައްޓެހި އެއަރކޮންޑިޝަނަރާއި ރެފްފިޖަރޭޓަރުގެ ބާވަތްތައް ބައްލަވައިގަތުމަށް މާލީ އެހީތެރިކަން ދިނުމަށް ވަނީ ހަމަޖެހިފައެވެ. މި ސްކީމްގެ ދަށުން ހުށަހެޅޭ ފޯމްތައް އިވަލުއޭޓްކުރުމުގައި އަންނަނިވި ކަންތައްތަކަށް ބެލެވޭނެއެވެ.

  • ކުންފުނީގައި R22 ބޭނުންކުރާ މިންވަރު
  • ބަދަލުކުރުމަށް ކަނޑައަޅާ އިކުއިޕްމަންޓްގައި R22 ބޭނުންކުރާ މިންވަރު
  • ބަދަލުކުރުމަށް ކަނޑައަޅާ އިކުއިޕްމަންޓް ބޭނުން ކުރާތާ ވީ އަހަރު
  • ބަދަލުގައި ބައްލަވައި ގަތުމަށް ހަމަޖެހިފައިވާ އިކްއިޕްމަންޓްގައި ބޭނުންކުރާ ގޭހުގެ ގްލޯބަލް ވާރމިން ޕޮޓެންޝިއަލް (ޖީ.ޑަބްލިޔު.ޕީ)

ވީމާ، މިކަމަށް އެދޭ ފަރާތްތަކުން މި މިނިސްޓްރީގެ ވެބްސައިޓް www.environment.gov.mv ގައި ޝާއިރުކޮށްފައިވާ އަދި މި އިއުލާނާއި އެކީ އެޓޭޗްކޮށްފައިވާ "އެޕްލިކޭޝަން ފޯމް ފޯރ ރިޕްލޭސްމަންޓް އިންސެންޓިވް ޕްރޮގްރާމް" ފޯމުގައި ބަޔާންކޮށްފައިވާ މައުލޫމާތު ފުރިހަމަކުރެއްވުމަށްފަހު 27 ނޮވެންބަރ 2017 ވާ ހޯމަ ދުވަހުގެ 1400 ގެ ކުރިން މި މިނިސްޓްރީއަށް ހުށަހެޅުއްވުން އެދެމެވެ. މައުލޫމާތު ފުރިހަމަ ނޫން ފަރާތްތަކުގެ ފޯމުތައް އިވަލުއޭޝަންގައި ބައިވެރިނުކުރެވޭނެ ވާހަކަ މައުލޫމާތަށްޓަކައި ދެންނެވީމެވެ.

 

27 ސަފަރު 1439 ހ.

16 ނޮވެމްބަރ 2017 މ.

 

16 ނޮވެންބަރު 2017
ހޯދާ