ދިވެހިރާއްޖެ
ހުޅުދުއްފާރު ސްކޫލް
ރ. ހުޅުދުއްފާރު
ނަންބަރު: GS57/2017/10
ސެކިޔުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށްއެދި
1. ތިރީގައި ދެންނެވިފައިވާ ކަންތައް ކޮށްދޭނޭ ފަރާތެއް ހޯދަންބޭނުންވެއެވެ. ވީމާ، މި މަސައްކަތައް ބީލަން ހުށައެޅުމުގެ ދަޢުވަތު މިކަމަށް ޝަރުތު ހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.
މަސައްކަތް
01 ޖެނުއަރީ 2018 ން 31 ޑިސެމްބަރ 2018 ގެނިޔަލަށް މިސްކޫލްގެ ސެކިޔުރިޓީ ބެލެހެއްޓުން.
2. މި މަސައްކަތުގެ މަޢުލޫމާތު ސާފުކުރުން އޮންނާނީ 2017 ނޮވެމްބަރ 27 ވާ ހޯމަ ދުވަހުގެ 13:30 ގައި، މިސްކޫލްގެ ކޮމްޕިޔުޓަރ ލެބްގައެވެ. އަދި މި މަސައްކަތާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ އީމެއިލް ކުރައްވާނީ 2017 ނޮވެމްބަރ 28 ވާ އަންގާރަ ދުވަހުގެ 13:30 ގެ ކުރިން، ތިރީގައިވާ އީމެއިލް އެޑްރެހަށެވެ.
3. އަންދާސީހިސާބު ހުށަހެޅުން އޮންނާނީ 2017 ޑިސެމްބަރ 07 ވާ ބުރާސްފަތި ދުވަހުގެ 13:30 ގައި، މިސްކޫލްގެ ކޮމްޕިޔުޓަރ ލެބްގައެވެ. އަންދާސީހިސާބުތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދު ކުރެވިފައެވެ. ސިޓީއުރައިގެ ބޭރުގައި ބީލަމަށް ދެވިފައިވާ ނަމާއި ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަގުތު އަދި އަންދާސީހިސާބު ހުށައަޅާ ފަރާތުގެ ނަން ލިޔެފައި އޮންނަން ވާނެއެވެ. އަދި މަޢުލޫމާތު ސާފުކުރުމަށް ޙާޟިރުނުވާ ފަރާތްތަކުން ހުށައަޅާ ބީލަމާއި، ގަޑިޖެހުމަށްފަހު ހުށައަޅާ ބީލަން ބަލައި ނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.
4. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައި ގަންނަވާނެއެވެ.
ހުޅުދުއްފާރު ސްކޫލް، ބޮޑުތަކުރުފާނުމަގު / ރ. ހުޅުދުއްފާރު
ފޯން: 6580097
އީމެއިލް: [email protected]