މަޤާމުގެ މަސްއޫލިއްޔަތު:
|
- ޙަވާލުކުރެވޭ ތާވަލްގައިވާ ގޮތުގެ މަތިން އޮފީސް ހުޅުވާ ލެއްޕުން.
- ޑިޕާޓްމަންޓްގެ އެންޓްރީ ބެލެހެއްޓުން.
- ސެކްޝަނުން ލިޔަންޖެހޭ ސިޓީ/ލިޔުންތައް ލިޔެ ރައްދުކުރަންޖެހޭ ފަރާތްތަކަށް ރައްދުކޮށް ފައިލް ކުރަންޖެހޭ ތަކެތި ފައިލްކޮށް ބެލެހެއްޓުން.
- ސެކްޝަނުން ޕްރޮކިޔުމަންޓް ކޮމިޓީއަށް ފޮނުވަންޖެހޭ ތަކެތި ތައްޔާރުކުރުމާއި ރެކޯޑްތައް ބެލެހެއްޓުން.
- ކުރިއަށްދާ މަސައްކަތްތަކާއި ބެހޭ ގޮތުން މަސައްކަތުގެ ރިޕޯޓް ތައްޔާރުކޮށް އެންމެހާ ކަންތައްތައް ކުރުން.
- ޑިޕާޓްމަންޓުން ތައްޔާރުކުރަންޖެހޭ އެގްރިމެންޓްތައް ތައްޔާރުކޮށް އެގްރިމެންޓާއި ބެހޭ ކަންތައްތައް ކުރުން.
- ސަޕޯޓް ސްޓާފުންގެ ޗުއްޓީއާއި އިތުރު ގަޑީގެ ކަންކަން އެޗް.އާރް. ސިސްޓަމުން ހަމަޖައްސައިދިނުން.
- ސެކްޝަނާއި އޮފީހުގައި ކުރެވޭ މުހިއްމު މަސައްކަތްތަކަށް އެހީތެރިކަންދިނުމާއި ސަލާމްބުނާ މުވައްޒަފުންނާއި އަހަރީ ޗުއްޓީގައި ތިބޭ މުވައްޒަފުންގެ މަސައްކަތްތައް ވެރިން އަންގަވާ ގޮތެއްގެ މަތިން ކުރުން.
- ޕްރޮޖެކްޓްތަކާ ގުޅިގެން އަންނަ ސިޓީތައް ބަލައި، ދޭންވީ ޖަވާބު ދިރާސާކޮށް، ޖަވާބު އެކުލަވާލައި ސުޕަވައިޒަރަށް ހުށަހެޅުން.
- ޕްރޮޖެކްޓްތައް މޮނިޓަރކުރުމާއި، ޕްރޮޖެކްޓްސްތަކާއި ގުޅިގެން ބަލަހައްޓަންޖެހޭ ލިޔެކިޔުންތައް ބެލެހެއްޓުން.
- އައު ޕްރޮޖެކްޓްތައް އެކުލަވާލުމުގައި ސްޕަވައިޒަރަށް އެހީތެރިވުން.
- ޕްރޮޖެކްޓްތަކާ ބެހޭގޮތުން ރާއްޖެ ތެރެއަށް ކުރާ ދަތުރު ތަކުގެ ޓިކެޓު ބުކިންގްސް ހަދައި ހުރުމާ ކެއުމާއި ދަތުރުގެ އެހެން އިންތިޒާމްތައް ހަމަޖެއްސުން.
|
އެޕްލިކޭޝަން ފޮނުވަންވީ ތާރީޚް:
|
2017 ނޮވެންބަރު 26 ވާ އާދީއްތަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ / އިދާރީ މަރުކަޒަށް
|
އެޕްލިކޭޝަނާއެކު ހުށަހަޅަންޖެހޭ ލިޔުންތައް:
|
- ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު، ޔުނިވަރސިޓީގެ އިދާރީ މަރުކަޒުގެ ރިސެޕްޝަނުން ލިބެން ހުންނާނެއެވެ. އަދި ތިރިގައި މިވާ ޔުނިވަރސިޓީގެ ވެބްސައިޓުގެ ލިންކުން ޑައުންލޯޑް ކުރެވެންވެސް ހުންނާނެއެވެ.)
- ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތު ހަމަނުވާ) ސާފު ކޮޕީ(އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެއޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލު)
- ވަޒީފާގައި އުޅޭ ނުވަތަ އުޅެފައިވާ ފަރާތެއްނަމަ، އަދާކުރާ ނުވަތަ އަދާކުރި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުމެއް(އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލު)
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓި ސްޕަވައިޒަރަކު އެފަރާތެއްގެ މަސައްކަތާ މެދު ދެކޭ ގޮތުގެ ލިޔުމެއް.
- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (ރާއްޖެއިން ބޭރުގެ ސެޓްފިކެޓެއް ނަމަ، އެކްރިޑިޓްކޮށްފައިވާ ސަނަދާއި، އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހަކުން ތައްގަނޑު ޖަހާފައިވާ އަސްލު)
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)
|
ނޯޓް:
|
- އިޢުލާނުގެ މުއްދަތުގެ ތެރޭގައި ފޮނުވާ އެއްވެސް އެޕްލިކޭޝަނަކަށް، އިޢުލާނުގެ މުއްދަތު ހަމަނުވަނީސް ޢަމަލެއް ނުކުރާނެއެވެ.
- އިޢުލާނުގައި ބަޔާންކުރެވިފައިވާ ހުރިހާ ލިޔެކިޔުންތައް އެޕްލިކޭޝަނާއެކު ފޮނުވަންޖެހޭނެއެވެ.
- އިންޓަރވިޔު ކުރެވޭނީ އިޢުލާނުގައި ބަޔާންކުރެވިފައިވާ މަޤާމަށް ޝަރުޠުހަމަވާ ކެންޑިޑޭޓުންގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ.
- މަޤާމަށް ނުހޮވޭ ކެންޑިޑޭޓުންނަށް ސިޓީ ފޮނުވޭނީ އިންޓަވިއުކޮށް ނިމުމަށްފަހުގައެވެ.
- ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ކޯހެއް ފުރިހަމަ ކޮށްފައިވާ ފަރާތްތައް ތަޢުލީމީ ސެޓުފިކެޓު ނުލިބެނީސް ޔުނިވަރސިޓީގެ ވަޒީފާއަކަށް ކުރިމަތިލާނަމަ، ކޯހުން ފާސްވިކަމުގެ ލިޔުމަކަށް ހުށަހަޅަންވާނީ، ރެޖިސްޓްރާރ އޮފީހުގެ ލިޔުމެކެވެ.
|
އިތުރު މަޢުލޫމާތު:
|
- މިމަޤާމަށް ހޮވޭ ކެންޑިޑޭޓަކު ވަޒީފާއަށް ނުކުންނަ ތާރީޚުން ފެށިގެން ފުރަތަމަ 3 މަސް ދުވަސް ބެލޭނީ، ވަޒީފާގެ ޕްރޮބޭޝަން މުއްދަތުގެ ގޮތުގައެވެ. މިމުއްދަތުގެ ތެރޭގައި، މުވައްޒަފުގެ މަސައްކަތުގެ ފެންވަރާއި، މަސައްކަތްތަކުގެ އަޚުލާޤަށް ބަލައި، އެއްވެސް ނޯޓިހެއް ދިނުމަކާނުލައި ވަޒީފާގެ އެއްބަސްވުން އުވާލައި، މުވައްޒަފު ވަޒީފާއިން ވަކިކުރުމުގެ އިޚުތިޔާރު ޔުނިވަރސިޓީއަށް ލިބިގެންވެއެވެ.
- މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3345131 ނަމްބަރު ފޯނަށެވެ.
|