ދިވެހިރާއްޖެ
އިޢުލާން ނަންބަރު: MRDC-IUL/2017/45
ވަޒީފާގެ ފުރުޞަތު
މިކުންފުނީގެ ހެޑް އޮފީހަށް ޗީފް ފައިނޭޝިއަލް އޮފިސަރ ކަމުގެ މަޤާމަށް މުވައްޒަފަކު ބޭނުންވެއްޖެއެވެ.
މަޤާމް: |
ޗީފް ފައިނޭޝިއަލް އޮފިސަރ |
ބޭނުންވާ ޢަދަދު: |
01 (އެކެއް) |
މުސާރަ: |
މަހަކު -/28000ރުފިޔާ (އަށާވީސްހާސް ރުފިޔާ) |
ލިވިންގ އެލަވަންސް: |
މަހަކު -/2000 ރުފިޔާ (ދެހާސް ރުފިޔާ) |
ރެސްޕޮންސިބިލިޓީ އެލަވަންސް: |
މަހަކު -/5000 ރުފިޔާ (ފަސްހާސް ރުފިޔާ) |
އެޓެންޑެންސް އެލަވަންސް: |
ދުވާލަކު -/50 ރުފިޔާ (ފަންސާސް ރުފިޔާ) ހަމަޖެހިފައިވާ އުސޫލުގެ ދަށުން |
ވަޒީފާގެ ބާވަތް: |
1 އަހަރު ދުވަހަށް (ކޮންޓްރެކްޓް އުސޫލުން) |
މަސައްކަތް ކުރަންޖެހޭތަން: |
ކޯޕަރޭޝަނުގެ ހެޑް އޮފީސް |
މަސައްކަތް ކުރާ ޑިޕާރޓްމަންޓް: |
އެކައުންޓިންގ އެންޑް ފައިނޭސް ޑިޕާޓްމެންޓް |
ފެންވަރު ނުވަތަ ޝަރުތު: |
- އެކައުންޓިންގ، ފައިނޭންސް ނުވަތަ ފައިނޭންޝަލް އޮޑިޓިން ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއް ޙާޞިލްކޮށްފައިވުމާއެކު، ގުޅުންހުރި ދާއިރާއަކުން 03 އަހަރުގެ ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ - އެކައުންޓިންގ، ފައިނޭންސް ނުވަތަ ފައިނޭންޝަލް އޮޑިޓިން ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ޙާޞިލްކޮށްފައިވުމާއެކު ގުޅުންހުރި ދާއިރާއެއްގެ އިސް މަޤާމެއްގައި މަދުވެގެން 05 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ - CIMA ނުވަތަ ACCA ފަދަ ޕްރޮފެޝަނަލް އިދާރާއެއް ޤަބޫލްކުރާ ފަރާތެއްކަމުގައިވުން. |
އެހެނިހެން ޝަރުތު: |
- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ތަޖުރިބާ ލިބިފައިވުން. - ވިޔަފާރި ކުރި އެރުވުމާއި، ބަޖެޓް ތައްޔާރުކުރުމާއި، ހިސާބުތައް ބެލެހެއްޓުމާއި، މާލީ މުޢާމަލާތްތައް ކުރުމާއި ކުންފުނީގެ ދެމެހެއްޓެނިވި މާލީ ޕްލޭންތައް ތައްޔާރު ކުރުމުގެ ޢިލްމީ އަދި ފަންނީ ޤާބިލްކަން ހުރުން. - އަމިއްލައަށް އިސްނަގައިގެން މަސައްކަތް ކުރުމުގެ ތަޖުރިބާ އަދި ޤާބިލުކަން ހުރުން. - ޓީމެއް ގޮވައިގެން މަސައްކަތްކުރުމުގެ ޤާބިލުކަން ލިބިފައިވުން. - ގިނަވަގުތު އޮފީހުގައި މަސައްކަތް ކުރެވޭނެ މީހެއްކަމުގައިވުން. |
ވަޒިފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް: |
- ކުންފުނީގެ މާލީ ހުރިހާ ލިޔެކިޔުންތައް IFRS ގެ މިންގަނޑަށް ތައްޔާރުވެފައި ހުރިކަން ޔަޤީން ކުރުން. - ކުންފުނީގެ ހުރިހާ މާލީ ލިޔެކިޔުންތަކެއް ތައްޔާރުކުރުމާއި، އެލިޔެކިޔުންތައް IFRS އާއި އެއްގޮތަށް އެކުލަވާލެވިފައި ހުރިކަން ޔަޤީން ކުރުން. - ކުންފުނީގެ ބަޖެޓްތައް އެކުލަވާލެވިފައިވާ ގޮތުގެ މަތިން ޚަރަދުތައް ބެލެހެއްޓުން. - ދުރުމުސްތަޤްބަލުގެ މާލީ ޕްލޭން ތައްޔާރުކޮށް، ކުންފުނީގެ މާލީ ލަނޑުދަޑިތައް ޙާޞިލްކުރުން. - މާލީ މުޢާމަލާތްތައް އެކުލެވޭ ބައްދަލުވުންތަކުގައި ބައިވެރިވުން. - ކުންފުނީގެ މާލީކަންކަމާއި ގުޅިގެން މެނޭޖްމަންޓަށް ލަފާދިނުމާއި އެހީތެރިވުން. - ކުންފުނީގެ ވިޔަފާރި ޕްލޭންތަކާއި، ބަޖެޓާއި، ކުންފުނީގެ ވިޔަފާރީގެ ތަޞައްވަރު ދެނެގަނެ، ކަނޑައެޅިފައިވާ މާލީ ލަނޑުދަނޑިތައް ހާޞިލްކުރެވޭނެ ގޮތަށް ކަންތައްތައް ތަރުތީބުކުރުން އަދި މި ތަރުތީބު SBU ގެ ޕްލޭނާއި ކުންފުނީގެ އަހަރީ ބަޖެޓާއި އެއްފަދައިން ހުރޭތޯ ޔަޤީން ކުރުން. - ބޭރުގެ އޯޑިޓަރުންނާއި ކުރެވޭ މާލީ މުޢާމަލާތަކާއި، ކުންފުނީގެ މާލީ ނިޒާމާއި، ފައިސާގެ މުއާމަލާތްތަކާއި، އެތެރޭގެ ޚަރަދު ތަކާއި، އެހެނިހެންވެސް ފައިސާގެ ހުރިހައިކަމެއް ހަމަޖެހިފައިވާ ނިޒާމުގެ ތެރެއިން ޒިންމާދާރުކަމާއި އެކު ކުރިއަށް ގެންދިއުން. - ކުންފުނީގެ މާލީ ރިޕޯޓުތަކާއި ވިޔަފާރީގެ ލިޔެކިއުންތައް ކަނޑައެޅިފައިވާ އުޞޫލުން ތަރުތީބުކޮށް ބެލެހެއްޓުން. - ބެންކުތަކާއި، އިވެސްޓަރުންނާއި އަދި މުދާ ދޫކުރާ ފަރާތްތަކާއި އޮންނަ ގުޅުންތައް ރަނގަޅުކޮށް ކުންފުނީގެ އަޚްލާޤީ މިންގަނޑުގެތެރެއިން އެކަން ދެމެހެއްޓުން. - ކުންފުނި ހިންގުމަށް ބޭނުންވާނެ ފައިސާ ހޯދާނެގޮތުގެ ދިރާސީ ރިޕޯޓްތައްޔާރު ކުރުމާއި، އިންވެސްޓްކުރުމަށް ކުންފުނީގެ ފަރާތުން ފައިސާ ހޯދާނެ ގޮތާއި، އެ މަރުޙަލާތަކުގެ ތަހްލީލީ ރިޕޯޓްތައްޔާރުކޮށް ހުށަހަޅައި ދިނުން - ކުންފުނީގެ މާލީ ހިސާބު ވިލަރެސްކުރެވޭނެ ނިޒާމެއް ޤާއިމްކުރުމާއި އެކު، އެނިޒާމްގެ ތެރެއިން ކުންފުނީގެ ފަރާތުން ހިންގާ ޕްރެޖެކްޓްތަކުގެ ޚަރަދުތަކުގެ ތަފްޞީލު ދިރާސާކުރުމާއި، ވިޔަފާރީގެ މުޢާމަލާތްތައް ދިރާސާކޮށް ކުންފުނީގެ ޚަރަދު ކުރެވޭނެ ނިޒާމް ހަރުދަނާކުރުން. - ކުންފުނީގެ ޚަރަދުކުރުމުގެ އޮނިގަނޑަށް ގެންނަންޖެހޭ ބަދަލުތަކާއި ތަރުތީބުތައް ގެނެސް ކުންފުނީގެ ރިޒާވް އިތުކުރެވޭނެ މަގުތައް ތަނަވަސްކުރުން - ކުންފުނީގެ ވިޔަފާރީގެ މުޢާމަލާތްތަކުގެ ސަބަބުން ކުންފުންޏަށް ލިބިދާނެ ގެއްލުންތައް ދިރާސާކޮށް ހޯދުމަށްފަހު، ކުންފުނީގެ މެނޭޖިން ޑައިރެކްޓަރަށް ހުށަހެޅުން - ޕްރޮކިއުމަންޓް އަދި އިދާރީ ގޮތުން ގުޅުން ހުރި ސެކްޝަންތާކާއި ގުޅިގެން ކުންފުނީގެ ހަރުމުދާ އިންޝުއަރ ކުރުން. - ކުންފުނީގެ މާލީ ހާލަތާއި، މިހާރު ހުރި މައްސަލަތަކާއި، ތަކެތީގެ ދަތިކަމާއި، މާލީހާލަތު އޯޑިޓް ކޮމެޓީއަށާއި، މެނޭޖިން ޑައިރެކްޓަރަށް އަދި ކުންފުނީގެ ޗެއާމަނަށް ސާފުކޮށްދިނުން. |
ގަޑި: |
މިވަޒީފާއަށް އެދޭ ފަރާތްތަކުން، ތިރީގައިމިވާ ތަކެއްޗާއެކު، 2017 ނޮވެމްބަރު 22 ވާ ބުދަ ދުވަހުގެ 15:00 ގެ ކުރިން، މިކޯޕަރޭޝަނުގެ ހެޑް އޮފީހަށް ހުށަހެޅުއްވުން އެދެމެވެ. |
ހުށަހަޅަންޖެހޭ ލިޔުންތައް: |
|
އިންޓަވިއު: |
- އިންޓަވިއުއަށް ކިޔާނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓު ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ. - މި މަޤާމަށް އެދި ފޯމު ހުށަހަޅާ ފަރާތްތަކުގެ ތެރެއިން، މަޤާމުގެ ޝަރުޠު ހަމަނުވާ ފަރާތްތަކުގެ ފޯމުތައް ބާޠިލްކުރެވޭނެއެވެ. - މި މަޤާމަށް މީހަކު ހޮވުމަށް ކުރެވޭ އިންޓަވިއު އޮންނާނީ، 2017 ނޮވެމްބަރު / ޑިސެމްބަރު މަހުގެ ތާރީޚެއްގައިއެވެ. |
ނޯޓް: |
މިވަޒީފާ ދެވޭނީ، 3 މަސްދުވަހުގެ މުއްދަތަށެވެ. 3 މަސްވުމުން، ހާޒިރީއަށާއި، މަސައްކަތުގެ އަޚުލާޤަށާއި މަސައްކަތުގެ ފެންވަރަށް ބަލައި، 1 އަހަރު ދުވަހުގެ ކޮންޓްރެކްޓެއްގައި ސޮއި ކުރެވޭނެއެވެ. |
އިތުރު މަޢުލޫމާތު: |
އިތުރު މަޢުލޫމާތު ސާފުކުރުމަށް، މިކުންފުނީގެ 3312904 ނަންބަރު ފޯނަށް ގުޅުން އެދެމެވެ. |
27 ޞަފަރު 1438
16 ނޮވެމްބަރު 2017