ފުވައްމުލަކު ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މިއިދާރާގެ ތިރީގައި މިދަންނަވާ މަޤާމަށް މީހަކު ބޭނުންވެއްޖެއެވެ.

މި އިޢުލާންވަނީ 15 ނޮވެންބަރު 2017 20:47 ގައި ބާތިލް ކުރެވިފައެވެ.


ވަޒީފާގެ ފުރުޞަތު

                                                                                                                   ނަންބަރ: (IUL)468-U01/468/2017/1010  

މިއިދާރާގެ ތިރީގައި މިދަންނަވާ މަޤާމަށް މީހަކު ބޭނުންވެއްޖެއެވެ.

މަޤާމް

ޑިރެކްޓަރ

މަޤާމުގެ ނަންބަރ

J-289830

ބޭނުންވާ އަދަދު

01

މަޤާމުގެ ގިންތި

ދާއިމީ

މަޤާމުގެ ރޭންކް

އީ.އެކްސް 1

މަޤާމުގެ ކުލެސިފިކޭޝަން

ޑިރެކްޓަރ

ސެކްޝަން

ސިޓީ ޑެވެލޮޕްމަންޓް ސަރވިސް

މަޤާމް އޮތް އޮފީސް

ފުވައްމުލަކު ސިޓީ ކައުންސިލްގެ އިދާރާ

ވަޒީފާއަދާކުރަންޖެހޭ ތަން

ފުވައްމުލަކު ސިޓީ ކައުންސިލްގެ އިދާރާ

މުސާރަ

8835/-

ސަރވިސް އެލަވަންސް

2000/-

އިތުރު ޢިނާޔަތްތައް

  • ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް
  • ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން
  • ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ

 

 

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް

1- ސިޓީގެ ތަރައްޤީގެ ޕްލޭން ތައްޔާރު ކުރުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތް ކުރުން.

2- ދައުލަތުގެ މުއައްސަސާތަކުން ކައުންސިލް މެދުވެރިކޮށް ދޭ ޚިދްމަތްތައް ކައުންސިލްގެ މަޝްވަރާގެ މަތިން  ރާވާ އިންތިޒާމްކޮށް ހިންގާ ބެލެހެއްޓުން              

3-ފަތުރުވެރިކަމާއި މަސްވެރިކަމާއި ދަނޑުވެރިކަމާއި އަދި އެހެނިހެން ޞިނާޢަތު ކުރިއެރުވުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރުން.

4- ފުވައްމުލައް ސިޓީގެ އިޖުތިމާއީ އަދި އިޤްތިސާދީ ފޭރާން ރަނގަޅުކޮށް ރައްޔިތުން ބާރުވެރި ކުރުމަށްޓަކައި ހަރަކާތްތައް ހަރުދަނާކޮށް ހިންގުމައްޓަކައި ތައްޔާރުކުރަންޖެހޭ ޕުލޭންތައް ތައްޔާރުކޮށް އެފަދަ ޙަރަކާތްތައް ރާވާ ހިންގުން.

5- ފުވައްމަލް ސިޓީގެ ރައްޔިތުންގެ ތަރިކަ ކަމުގައި ބެލެވޭ އެންމެހާ ތަންތަނާއި ތަކެތި ރައްކާތެރިކޮށް ބެލެހެއްޓުން.

6-ތިމާވެށި ޙިމާޔަތް ކުރުމުގެ ގޮތުން ކުރަންޖެހޭ ކަންތައް ކުރުން.

7- ސިޓީގެ ދަފްތަރު ( ރަށްވެހިންނާ/ ރަށްވެހިނޫންފަރާތްތަކާއި ބިދޭސިންނާ ގުޅޭ މަސައްކަތް ބެލެހެއްޓުން)

8- ކައުންސިލުން ދޭންޖެހޭ ޚިދްމަތްތައް ފޯރުކޮށްދިނުމަށްޓަކައި އެކިފަރާތްތަކާއެކު އެގްރީމެންޓްކޮށް ވިޔަފާރީގެ މުޢާމަލާތް ހިންގުން.

9 -ގުޅުންހުރި އިދާރާތަކާއި ގުޅިގެން ފުވައްމުލައް ސިޓީގައި ހިނގާ ކުށްތައް މަދުކުރުމަށް މަސައްކަތް ކުރުން

 

މަޤާމުގެޝަރުޠުތައް

1- ބިޒްނަސް މެނޭޖުމެންޓް ނުވަތަ ބިޒްނަސް އެޑްމިނިސްޓްރޭޝަނުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ޙާޞިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި  6 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން

ނުވަތަ

2- ބިޒްނަސް މެނޭޖުމަންޓް ނުވަތަ ބިޒްނަސް އެޑްމިނިސްޓްރޭޝަނުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ޙާޞިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި  4 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން

ނުވަތަ

3- ބިޒްނަސް މެނޭޖުމަންޓް ނުވަތަ ބިޒްނަސް އެޑްމިނިސްޓްރޭޝަނުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ޙާސިލްކޮށްފައިވުމާއެކު،  މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި  2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެނޭ ކަންތައްތައް

 

-  ލިބިފައިވާ ތަޢުލީމާއި ތަމްރީނަށް  (%30)

-  ލިބިފައިވާ މަސައްކަތުގެ ތަޖުރިބާ ( )

-   ލިބިފައިވާ ހުނަރު

     1- އިންޓރވިއު ( %25)

     2- ޕްރެޒެންޓޭޝަން (%30)

 

ހުށަހަޅަންޖެހޭ ލިޔުންތައް

 1- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަންފޯމް ( އެޕްލިކޭޝަން ފޯމް ފުވައްމުލަކު ސިޓީ ކައުންސިލް އިދާރާއިން ލިބެން ހުންނާނެއެވެ.)

2- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު ( ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭ ގޮތަށް)                                                  

3- ވަޒީފާ އަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެގޭ ފަދަ ކޮޕީއެއް.              

 4- ސިވިލް ސަރވިސްއަށް/ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފެއްނަމަ، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ އަދާކުރަމުންދާ ވަޒިފާއިން ވީއްލުމާމެދު އިޢުތިރާޒެއް  ނެތްކަމަށް، އެމުވައްޒަފު ވަޒީފާއަދާކުރާ އޮފީހުގެ ރަސްމީ ލިޔުމެއް.

5- ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓްފިކެޓް ތަކުގެ ކޮޕީ                                                            

   މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ                                               

(ހ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢްލީމްދޭ މަރުކަޒަކުން ހިންގާ  ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓްފިކެޓްތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢްލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓްފިކެޓްތައް ނުވަތަ ކޯސް        ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ  ސެޓްފިކެޓް ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ )                                                                              

( ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢްލީމުދޭ މަރުކަޒަކުން ކުރިއަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ. ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމުގެ ކޮޕީ.                                                                  


(ނ) ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ.                              

6- ފުރިހަމަކޮށްފައިވާ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓްފިކެޓް ތަކުގެ ކޮޕީ.                                  


7- ސިވިލްސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިހާނުން ފާސްވިކަން އަންގައިދިނުމުގެ ގޮތުން ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ދޫކޮށްފައިވާ ސެޓްފިކެޓް ކޮޕީ.                                                                      

8- މަސައްކަތު ތަޖުރިބާ ދެނެގަތުމަށް މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ  ލިޔުންތަކުގެ ކޮޕީ                                                                                 

(ހ)  ސިވިލް ސަރވިސް އިން ބޭރު ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެ ވަޒީފާއެއް އަދާކުރި މުއްދަތާއި ކުރި މަސައްކަތް ބަޔާންކޮށް  އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން                                                                                        

(ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިންސްޓިޓިއުޓެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ ވަޒީފާ އަދާކުރި މުއްދަތާއި ކުރި މަސައްކަތް އަދި މަސައްކަތް ކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހުން ދޫކޮށްފައިވާ ލިޔުން                               

                                               :

މަޤާމަށް އެދެންވީ ގޮތާއި

ސުންގަޑި:

- ދިވެހި ސިވިލް ސަރވިސްގެ  ވަޒީފާ އަށް އެދޭ ފޯމު ފުވައްމުލަކު ސިޓީ ކައުންސިލް އިދާރާގެ ކައުންޓަރުން   ލިބެން ހުންނާނެއެވެ.

- މިވަޒީފާއަށް ޝައުޤުވެރިލައްވާ ފަރާތްތަކުން ދިވެހި ސިވިލް ސަރވިސްގެ ވަޒީއަށް އެދި ހުށަހަޅުއްވަންޖެހޭ ފޯމް ފުރުއްވައި 23 ނޮވެމްބަރ 2017 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން ފުވައްމުލަކު ސިޓީކައުންސިލް އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.  

- އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލްކުރެވޭނެއެވެ.

އިންޓަރވިއު އަދި ޕްރެޒެންޓޭޝަން އޮންނާނެ ތަނާއި، މުއްދަތު

މިވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ފުރިހަމަވާ ފަރާތްތަކާއި އެކު ބާއްވާ އިންޓަރވިއު މި އިޢުލާނުގެ މުއްދަތު ހަވަމާތާ ރަސްމީ 5 ދުވަސްދުވަހުގެ ތެރޭގައި މިއިދާރާގައި ބޭއްވޭނެއެވެ. ދިމާވާ ސަބަބަކާ ހުރެ އިންޓަވިއު ފަސްވާނަމަ އެކަން އެފަރާތްތަކަށް އެންގޭނެއެވެ.

ޝޯޓް ލިސްޓް ކުރުން

މިވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށް ވުރެ ގިނަނަމަ، ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓް ލިސްޓް ކުރެވޭނެއެވެ.

މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ

 

%30 ( ތިރީސް އިންސައްތަ)

އިތުރު މަޢްލޫމާތު ހޯދުން

މިއިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ  ފޯން ނަންބަރ 6865001 ،ފެކްސް: 6860958

އީމެއިލް: [email protected]  

15 ނޮވެންބަރު 2017
ހޯދާ