ދިވެހިރާއްޖެ
ނަންބަރު: 13 /2017/MED/153-FHS
އިޢުލާން
މޯލްޑިވްސް ބޯޑު އޮފް ހެލްތު ސައިންސަސް ގައި ރަޖިސްޓްރީ ކުރުމުގެ ކުރިން ފެންވަރު ބެލުމުގެގޮތުން ދެވޭ އިމްތިހާނާ ބެހޭ.
މިފެކަލްޓީގެ ނަންބަރު: 04 /2017/MED/153-FHS ގެ އިޢުލާނާއި ޙަވާލާދީ ދަންނަވަމެވެ.
އެއިޢުލާންގައިވާ ރާއްޖޭގައި މަސައްކަތްކުރައްވާ ފާމަސިސްޓުންނަށާއި، މެޑިކަލް ލެބޯޓްރީ ޓެކްނޮލޮޖިސްޓުންނަށާއި، ކޮމިއުނިޓީ ހެލްތު/ ޕްރައިމަރީ ހެލްތު ކެއަރގެ ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކަށް ޚާއްޞަކޮށްގެން ފެންވަރު ބެލުމުގެގޮތުން ދެވޭ ކޮމްޕީޓަންސީ އިމްތިޙާން ފެކަލްޓީގައި ބޭއްވޭނީ ތިރީގައި މިދަންނަވާ ތާވަލުގައިވާ ދުވަސްތަކުގައި ހެނދުނު 10.00 ގައެވެ.
# |
މަސް |
ދުވަސްތައް |
1 |
ޑިސެންބަރު |
4 |
2 |
ޖަނަވަރީ |
15، 29 |
އިމްތިޙާންގައި ބައިވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ކަންތައްތަކަށް ސަމާލުކަން ދެއްވަންޖެހޭނެއެވެ.
-
އިމްތިޙާން އޮންނަ ދުވަހުގެ 2 ދުވަސް ކުރިން (ބަންދު ދުވަސް ނުހިމަނާ) ފެކަލްޓީ އޮފް ހެލްތު ސައިންސަސްގައި ރަޖިސްޓަރީ ކުރުން.
-
އިމްތިޙާން އޮންނަ ދުވަހު އިމްތިޙާން ފެށުމުގެ 30 މިނިޓް ކުރިން އިމްތިޙާނަށް ޙާޟިރުވުން.
-
އިމްތިޙާނަށް ޙާޟިރުވާއިރު ޕާސްޕޯޓް (ބިދޭސީ ފަރާތެއްނަމަ) ، ނެޝަނަލް އައި. ޑީ ކާޑު (ދިވެއްސެއްނަމަ) ، އިމްތީޙާނަށް ދައްކަންޖެހޭ ފީ ދެއްކިކަމުގެ ރަސީދު އަދި މޯލްޑިވްސް ބޯޑް އޮފް ހެލްތު ސައިންސަސް އިން ދެއްވާފައިވާ ޕްރީ ރަޖިސްޓްރޭޝަން އެޕްރޫވަލް ސްލިޕް ނުވަތަ އެބޯޑުން ދެއްވާ އިންޓަވިއުއިން ފާސްވިކަމުގެ ލިއުން ގެނައުން.
އިތުރު މަޢުލޫމާތު މިފެކަލްޓީގެ ފޯނު ނަންބަރު 3346500 އަށް ގުޅުއްވުމުން ލިބިވަޑައިގަންނަވާނެއެވެ.
ނޯޓް: 2017 ޑިސެންބަރު 4 ވަނަ ދުވަހުގެ ފަހުން ދެން ކޮމްޕިޓަންސީ އެގްޒާމް އޮންނާނީ 2018 ޖަނަވަރީ 15 އަދި 29 ވަނަ ދުވަހުކަން މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.
26 ރަބީޢުލްއައްވަލް 1439
15 ނޮވެންބަރު 2017