ދިވެހިރާއްޖެ
މިނިސްޓްރީ އޮފް ފޮރިން އެފެއާޒް
މާލެ، ދިވެހިރާއްޖެ
ނަންބަރު: 11 (IUL)25-A5/25/2017/
ވަޒީފާގެ ފުރުޞަތު
މި މިނިސްޓްރީގެ ތިރީގައި މިދަންނަވާ މަޤާމްތަކަށް މުވައްޒަފުން ބޭނުންވެއްޖެއެވެ.
މާޤާމް: ޑެސްކް އޮފިސަރ |
ކްލެސިފިކޭޝަން: އޮފިސަރ ގްރޭޑް 1 |
ރޭންކް: ޖީ.އެސް 3 |
||||||
މުސާރަ:4465.00 ރ. |
ސަރވިސް އެލަވަންސް: 1500.00 ރ. |
ބޭނުންވާ އަދަދު: 1 |
||||||
ސްޕެޝަލް އެލަވަންސް: މުސާރައިގެ 35% |
ގިންތި: ވަގުތީ (9 މަސް ދުވަހަށް) |
މަޤާމުގެ ނަންބަރު: 1285J-29 |
||||||
މަޤާމް އޮތް އޮފީސް: މިނިސްޓްރީ އޮފް ފޮރިން އެފެއާޒް |
ޑިވިޜަން/ ސެކްޝަން: ހިއުމަންރައިޓްސް ޑިވިޜަން |
|||||||
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް |
1- ދިވެހިރާއްޖެއިން ބައިވެރިވެފައިވާ ބައިނަލް އަޤްވާމީ އިންސާނީ ހައްޤުތަކާބެހޭ މައިގަނޑު މުޢާހަދާތަކާ ގުޅިގެން ދަޢުލަތުން ހުށަހަޅަންޖެހޭ ރިޕޯޓްތައް ތައްޔާރުކުރުމުގައި އެހީތެރިވެދިނުން 2- ރާއްޖޭގެ އެކި އިދާރާތަކާއި ސަރުކާރަށް މުހިންމު ބައިނަލް އަޤްވާމީ ޖަމްޢިއްޔާތަކާއި މުޢާހަދާތަކުގައި ބައިވެރިވުމަށް ކުރަންޖެހޭ މަސައްކަތްތައް. 3- ޓްރީޓީ ބޮޑީތަކަށް ރާއްޖޭން ހުށަހަޅައިފައިވާ ޓްރީޓީ ރިޕޯޓްތައް ތައްޔާރުކުރުމުގައި އެހީތެރިވެދިނުން 4- ދިވެހިރާއްޖެއިން ސޮއިކޮށްފައިވާ ބައިނަލްއަޤްވާމީ މުޢާހަދާތައް ދަސްކޮށް ދިރާސާކުރުން. 5- ބައިނަލްއަޤްވާމީ މުޢާހަދާތަކާ އެއްގޮތަށް ރާއްޖޭން އަމަލުކުރުމަށްކުރަމުންދާ މަސައްކަތްތަކުގެ މަޢުލޫމާތު އެކަމާބެހޭ މިނިސްޓްރީތަކުން ހޯދާ، އެމަޢުލޫމާތު ބައިނަލްއަޤްވާމީ މުޖުތަމަޢުއާ ޙިއްސާކުރުމަށް ކުރަންޖެހޭ ކަންތައްތަކުގައި ސުޕަވައިޒަރަށް އިދާރީ ގޮތުން އެހީތެރިވެދިނުން 6- ދިވެހިރާއްޖެ އިން އެކްސީޑް ކުރަން ބޭނުންވާ މުޢާހަދާތަކާ ބެހޭގޮތުން ކެބިނެޓް ބްރީފް ތައްޔާރުކުރުމަށް އެހީތެރިވެދިނުން 7- ކްރެޑެންޝަލްސް އާއި އިންސްޓްރުމަންޓް އޮފް އެކްސެޝަންފަދަ ޤާނޫނީ ލިޔެކިއުންތައްތައްޔާރުކުރުން. 8- ބައިނަލްއަޤްވާމީ ޤާނޫނާއި އިންސާނީ ޙައްޤުތަކާ ގުޅުންހުރި ބައްދަލުވުން ތަކާއި ސެމިނާ، ސިމްޕޯޒިމް އަދި ވޯކްޝޮޕް ތަކުގައި ދިވެހިރާއްޖެއިން ބައިވެރިވާ މިފަދަ ބައްދަލުވުންތައް އިންތިޒާމްކުރުން. 9. ސެކްޝަންގެ މަސައްކަތާ ގުޅުންހުރި، އެއަހަރަކަށް ކަނޑައެޅިފައިވާ ޤައުމީ އަދި ބައިނަލްއަޤްވާމީ ބައްދަލުވުން ތަކުގައި ދިވެހިރާއްޖޭން ބައިވެރިވުމަށް ކުރަންޖެހޭ މަސައްކަތްތަކުގައި އެހީތެރިވެދިނުން 10. ޑިވިޝަނަށް އަންނަ އެންޓްރީ ތަކަށް ސުޕަވައިޒަރުގެ އިރުޝާދުގެ ދަށުން އަމަލު ކުރުން 11. ސިޓީ/ނޯޓު/ފެކްސް/އީމެއިލް ފޮނުވަންޖެހޭނަމަ ތައްޔާރުކޮށް ޑިސްޕެޗް ކުރުން. |
|||||||
ޝަރުޠު(ތައުލީމާއި ތަޖުރިބާ)
|
1- މަޤާމުގެ މަސައްކަތާ ގުޅޭ )މެނޭޖްމަންޓް / އެޑްމިނިސްޓްރޭޝަން / ހިއުމަން ރިސޯސް / ސޯޝަލް ސައިންސް އަދި ޤާނޫނީ ދާއިރާ ފަދަ) ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛ ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމުގެ އިތުރުން، ސެކެންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން. މަސައްކަތުގެ ތަޖުރިބާ: މަގާމުގެ މަސައްކަތަށް ބޭނުންވާ އެހެނިހެން ސިފަތައް: -
|
|||||||
އިތުރު އިނާޔަތް: |
|
|||||||
ވަޒީފާ އަދާކުރައްވަންޖެހޭ ތަން: |
މިނިސްޓްރީ އޮފް ފޮރިން އެފެއާޒް |
|||||||
ވަޒީފާއަށް އެންމެ ޤާބިލްފަރާތް ހޮވުމަށް ބެލޭނެ ކަންތައްތަށް:
|
- ތަޢުލީމާއި ތަމްރީން 38% - އިމްތިހާން (ސިވިލްސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިހާން) 5% - މަސައްކަތުގެ ތަޖުރިބާ 14% - ލިބިފައިވާ ހުނަރު (އިންޓަވިއު/ ޕްރެކްޓިކަލް) 43% |
|||||||
މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި |
ވަޒީފާއަށް އެދޭ ފޯމު މި މިނިސްޓްރީ އޮފް ފޮރިން އެފެއާޒް ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި އިދާރާގެ http://www.foreign.gov.mv/index.php/dv/mediacentre/iulaanވެބްސައިޓުން މި ފޯމު ޑައުންލޯޑުވެސް ކުރެވޭނެއެވެ. މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 28 ނޮވެމްބަރ 2017 ވާ ހޯމަ ދުވަހުގެ 12:00 ގެ ކުރިން، މިނިސްޓްރީ އޮފް ފޮރިން އެފެއާޒް އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށްވެސް އަދި ފެކްސް މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އީ-މެއިލް އެޑްރެހަކީ، [email protected]އެވެ. ފެކްސް ނަންބަރަކީ، 3329178 އެވެ. އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ. |
|||||||
ހުށަހަޅަންޖެހޭ ލިޔުންތައް |
)ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ) (ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިއަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ. ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ. (ނ) ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.
(ހ) ސިވިލް ސަރވިސް އިން ބޭރު ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެ ވަޒީފާއެއް އަދާކުރި މުއްދަތާއި ކުރި މަސައްކަތް ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިންސްޓިޓިއުޓެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ ވަޒީފާ އަދާކުރި މުއްދަތާއި ކުރި މަސައްކަތް އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. |
|||||||
އިންޓަވިއު /އިމްތިޙާން އޮންނާނެ ތަނާއި، މުއްދަތު:
|
މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު /އިމްތިޙާން އޮންނާނީ، 03ޑިސެމްބަރ 2017 އާއި 14ޑިސެމްބަރ 2017 އާ ދެމެދު، މިނިސްޓްރީ އޮފް ފޮރިން އެފެއާޒް ގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ. |
|||||||
ޝޯޓް ލިސްޓްކުރުން:
|
މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާ އަދި ހުނަރަށްބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.
|
|||||||
މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ |
30% |
|||||||
އިތުރު މަޢުލޫމާތު |
މަޢުލޫމާތު ސާފުކުރެއްވުމަށްޓަކައި 3304168 / 3304184 އަށް ގުޅުއްވުން އެދެމެވެ. އީމެއިލް ކުރެއްވާނީ [email protected] އަށެވެ. |
|||||||
14 ނޮވެމްބަރ 2017