| 
 މަޤާމް : 
 | 
 ޕޯސްޓްމަން ޓްރެއިނީ 
 | 
 ބޭނުންވާ އަދަދު: 
 | 
 1 
 | 
| 
 މުސާރައާއި އެލަވަންސް: 
 | 
   
- މުސާރަ: މަހަކު -/4122 ރުފިޔާ ( ހަތަރުހާސް އެއް ސަތޭކަ ބާވީސް ރުފިޔާ)
 
- ސަރވިސް އެލަވަންސް: މަހަކު -/1860 ރުފިޔާ ( އެއް ހާސް އަށްސަތޭކަ ފަސްދޮޅަސް ރުފިޔާ)
 
 
  
 | 
| 
 އޮފީސް : 
 | 
 މޯލްޑިވްސް ޕޯސްޓް ލިމިޓެޑް 
 | 
 ޔުނިޓް : 
 | 
 ސ. ފޭދޫ ޕޯސްޓް އޮފީސް 
 | 
| 
 ތަޢުލީމީ ފެންވަރާއި މަޤާމުގެ ޝަރުޠު: 
 | 
   
- ދަށްވެގެން ގްރޭޑް ހަތެއްގެ ފެންވަރުހުރުމާއެކު ކުރާ އިންޓަރވިއުއިން ފާސްވުން ނުވަތަ
 
- ދިވެހިބަހާއި އިގިރޭސިބަހުން ލިޔެފައި ހުންނަ އެއްޗެތި ލިޔަންކިޔަން އެނގުމާއެކު ކުރާ އިންޓަރވިއުއިން ފާސްވުން.
 
- އައްޑޫސިޓީ/ހުޅުމީދޫ ގެތަކާއި އެޑްރެސް އަދި މަގުތަކަށް ފަރިތަވެފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
 
- ގިނަ ވަގުތު މަސައްކަތުގައި އުޅެވޭފަދަ މީހަކުކަމުގައިވުން
 
- ބަރުތަކެތި އެއްތަނުން އަނެއްތަނަށް އުފުލޭ މީހަކުކަމުގައިވުން
 
- އަމިއްލަ ދުއްވާއެއްޗެއްގައި މެއިލްބެހޭ ފަދަ މީހަކަށްވުން
 
- އުމުރުން 18 އަހަރު ފުރިފައިވާ މީހަކުކަމުގައި ވުން.
 
- ވޭތުވެދިޔަ 5 ( ފަހެއް ) އަހަރުދުވަހު ޖިނާއީ އެއްވެސް ކުށެއް ސާބިތުވެފައިވާ މީހަކުކަމުގައި ނުވުން ނުވަތަ އެފަދަ ކުށެއްގެ މައްސަލައެއް ހުށަހެޅި ބެލެމުންދާ މީހަކުކަމުގައި ނުވުން.  
 
 
  
 | 
| 
 ހުށަހަޅަންޖެހޭ ލިޔުންތައް: 
 | 
   
- މަޤާމަށްއެދި ހުށަހަޅާ ސިޓީ (ސިޓީގައި، އިއުލާން ނަންބަރާއެކު)
 
- ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ކޮޕީ
 
- ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮފީ
 
- ވަޒީފާ އަދާކުރާނަމަ ނުވަތަ ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެންމެފަހުން އަދާކުރި ވަޒީފާ އެނގޭނެ ރަސްމީ ލިޔުން
 
- ޕޮލިސް ރިޕޯޓް ( ވަޒީފާއަށް ހޮވިއްޖެނަމަ، ހުށަހަޅަން ޖެހޭނެއެވެ. )
 
 
  
 | 
| 
 ސުންގަޑި: 
 | 
 މި މަޤާމަށް ޝައުގުވެރިވާ ފަރާތްތަކުން، ހުށަހަޅަންޖެހޭ ލިޔުންތަކާއެކު، 2017 ނޮވެމްބަރ 20 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން މޯލްޑިވްސް ޕޯސްޓް ލިމިޓެޑްގެ ހެޑްއޮފީހުގެ ފެކްސް ނަންބަރު 3321559 ފެކްސް ކުރެއްވުން އެދެމެވެ. އައްޑޫސިޓީއިން ނަމަ، ފޭދޫ ޕޯސްޓް އޮފީހަށް ފޮނުއްވުން އެދެމެވެ. 
 | 
| 
 އިންޓަވިއު: 
 | 
 އިންޓަވިއުއަށް ދަޢުވަތު ދެވޭނީ، ވަޒީފާއަށް އެދި ސިޓީ ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޝޯރޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ. 
 | 
| 
 ސިޓީ އެޑްރެސްކުރާނެ ގޮތް: 
 | 
 މެނޭޖިންގ ޑިރެކްޓަރ 
މޯލްޑިވްސް ޕޯސްޓް ލިމިޓެޑް 
މާލެ، ދިވެހި ރާއްޖެ 
 | 
| 
 އިތުރު މަޢުލޫމާތު: 
 | 
- މި މަޤާމަށް އެދި ސިޓީ ހުށަހަޅާ ފަރާތްތަކުގެ ތެރެއިން، މަޤާމުގެ ޝަރުޠު ހަމަނުވާ ފަރާތްތަކުގެ ސިޓީތަކާއި، ލިޔެކިޔުންތައް ހަމަނުވާ ފަރާތްތަކުގެ ސިޓީތައް ބާޠިލްކުރެވޭނެއެވެ.
 
- މި ޢިއުލާނާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ބޭނުންނަމަ، 3009271 ނަންބަރު ފޯނަށް ގުޅުން އެދެމެވެ. ފެކްސް ނަންބަރަކީ، 3321559 އެވެ.
 
 
 |