ދިވެހިރާއްޖެ
އިޢުލާން
މަގުތަކުގައި ޖަހާފައިވާ ހޮޅިބުރިތައް ގިނަދުވަހަށް ދެމެހެއްޓުމަށްޓަކައި ލެޑްލައިޓަށް ބަދަލު ކުރުމަށާއި މައްސަލަ ދިމާވެފައިވާ ބައެއްލައިން ތަކުގެ ކޭބަލް ބަދަލުކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވިފައިވާ މިއިދާރާގެ ނަންބަރު: (IUL)335-AS/335/2017/101 ( 12 އޮކްޓޯބަރ 2017 ) އިޢުލާނާއި ގުޅިގެން ހުށަހަޅާފައިވާ އަގުތައް ބޮޑުކަމަށް ފެންނާތީ، އެއިޢުލާން ބާޠިލްކޮށް އަލުން އެމަސައްކަތަށް ފުރުޞަތު ހުޅުވާލަމެވެ.
ވީމާ، މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 23 ނޮވެމްބަރ 2017 ވާ ބުރާސްފަތި ދުވަހުގެ 10:00 އަށް މިއިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 27 ނޮވެމްބަރ 2017 ވާ އާދީއްތަ ދުވަހުގެ 12:00 އަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
މަޢުލޫމާތު ސާފުނުކުރާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަޠު ދެވެން ނޯންނާނެ ވާހަކަ ދެންނެވީމެވެ.