ދިވެހިރާއްޖެ
އިޢުލާން
މަގުމަތީގައި އަމިއްލަ ފަރާތްތަކުން ބަހައްޓާފައިވާ ތަކެތި ނެގުމާއި ބެހޭ
މިރަށުގެ މަގުތައްމަތީގައި އެކިއެކި ފަރާތްތަކުން ބަހައްޓާފައިވާ ތަކެއްޗާއި، އިންދާފައިވާ
ގަސްގަހާގެހީގެ ސަބަބުން ހިނގާ މީހުންނަށާއި، ދުއްވާ ތަކެއްޗަށް އުނދަގޫވަމުން ދާކަން ވަނީ ފާހަގަކުރެވިފައެވެ. ވީމާ، 31
ޑިސެމްބަރ 2017 ވާ އާދިއްތަ ދުވަހުގެ ނިޔަލަށް ޖޯލިފަތި ފިޔަވައި، މިފަދައިން ބެހެއްޓިފައިވާ ތަކެތި މިތަކެތީގެ ވެރިފަރާތުން
ނެގުމަށް އަންގަމެވެ. އަދި ދެންނެވިފައިވާ ތާރީޙްގެ ނިޔަލަށް މިފަދަ ތަކެތި ނުނަގައި ހުރެއްޖެނަމަ މިތަކެތި ކައުންސިލްގެ
ބެލުމުގެ ދަށުން ނައްތާލެވޭނެ ވާހަކަ ދަންނަވަމެވެ.އަދި ދެންނެވިފައިވާ ތާރީހް ގެ ފަހުން މަގުމަތީގައި ޖޯލިފަތި ފިޔަވައި
އެއްވެސް އެއްޗެއް ބެހެއްޓޭނީ، ކައުންސިލްގެ ހާއްސަ ހުއްދަ އެއް ލިބިގެން ކައުންސިލުން އަންގާ ގޮތެއްގެ މަތިންކަމުގައި އަންގަވަމެވެ.
ވީމާ، މިކަން އާއްމުކޮށް އެންގުމަށްޓަކައި ޢިޢުލާން ކުރީމެވެ.