ދިވެހިރާއްޖެ
މާމެންދޫ ސްކޫލް
ލ.މާމެންދޫ / ދިވެހިރާއްޖެ
ނަންބަރ:12/GS-189/IUL/2017
އިޢުލާން
2 ކޮޓަރީގެ އެޕާރޓްމަންޓެއް (ގެއެއް) ކުއްޔަށް ހިފަން ބޭނުންވެއްޖެ
2018 ވަނަ އަހަރު މިސްކޫލްގެ ޕްރިންސިޕަލް ހުންނެވުމަށް 2 ކޮޓަރީގެ އެޕާރޓްމަންޓެއް ކުއްޔަށް ހިފަން ބޭނުން ވެއްޖެއެވެ.
ވީމާ، އެޕާރޓްމަންޓް ކުއްޔަށް ދިނުމަށް ޝައުޤުވެރި ވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް މިސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީ ހިސާބު ހިއްޕަވައިގެން މިސްކޫލަށް ވަޑައިގެން ދެއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކުރުމަށް |
އަންދާސީ ހިސާބު ހުށަހެޅުމަށް |
20 ނޮވެމްބަރ 2017 (ހޯމަ) ދުވަހުގެ 13:00 އަށް |
23 ނޮވެމްބަރ 2017 (ބުރާސްފަތި) ދުވަހުގެ 13:00 އަށް |
މަޢުލޫމާތު ނަގަން އަންނަ ފަރާތްތަކުން އައިޑީކާޑް ގެންނަން ވާނެއެވެ. މަޢުލޫމާތު ސެޝަނަށް ހާޒިރުނުވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ނެތް ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ. މަޢުލޫމާތު ނެގުމަށް ބަދަލުގައި އެހެން ފަރާތެއްވެސް ފޮނުވިދާނެއެވެ. ހާޒިރުވާ ކޮންމެ ފަރާތަކަށްވެސް މަޢުލޫމާތު ނެގޭނީ 1 (އެކެއް) ފަރާތެއްގެ ނަމުގައެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 6800549 ނަންބަރ ފޯނާއެވެ.
25 ޞަފަރު 1439
14 ނޮވެމްބަރ 2017