މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ދިވެހިރާއްޖެ
ޝަޢުޤުވެރިކަން ފާޅުކުރުމުގެ ދަޢުވަތު - ސިވިލް އިންޖިނިއަރ (ސީ.އީ)

ގްރީން ކްލައިމެޓް ފަންޑް (ޖީ.ސީ.އެފް) އާއި ދިވެހި ސަރުކާރާއި ގުޅިގެން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ (އެމް.އީ.އީ.) އިން ހިންގާ ފެނުގެ މަޝްރޫއަށް ސިވިލް އިންޖިނިއަރ (ސީ.އީ) އެއް ހޯދުމާބެހޭ

ޝަޢުޤުވެރިކަން ފާޅުކުރުމުގެ ދަޢުވަތު

ސިވިލް އިންޖިނިއަރ (ސީ.އީ)

ދިވެހި ސަރުކާރުގެ ފަރާތުން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ(އެމް.އީ.އީ) އިން ގްރީން ކްލައިމެޓް ފަންޑް (ޖީ.ސީ.އެފް) ހިލޭ އެހީގެ ދަށުން ކުރިއަށްގެންދާ ފެނުގެ މަޝްރޫޢުގެ (04 ރަށުގެ ފެނުގެ ނިޒާމާއި 45 ރަށުގެ ވާރޭފެން ނަގާ ރައްކާކުރާ ނިޒާމް) މަސައްކަތްތަކަށް ބޭނުންވާ ފަންނީ ލަފާ ދިނުމަށާއި ޕްރޮޖެކްޓް ރަވާ ހިންގުމަށްޓަކައި އެއް (01) ސިވިލް އިންޖިނިއަރަކު އައްޔަންކުރުމަށް ބޭނުންވެއެވެ.

މިގޮތުން މި މަޝްރޫޢުގެ ސިވިލް އިންޖިނިއަރގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ޖީ.ސީ.އެފް ހިލޭ އެހީގެ ދަށުން ކުރިއަށްގެންދާ ފެނުގެ މަޝްރޫޢުގެ (04 ރަށުގެ ފެނުގެ ނިޒާމާއި 45 ރަށުގެ ވާރޭފެން ނަގާ ރައްކާކުރާ ނިޒާމް) މަސައްކަތް ކުރިއަށް ގެންދާ ފެންވަރު ބަލާ ސުޕަވައިޒް ކުރުމުގައި ބޭނުންވާ ޓެކްނިކަލް ސަޕޯޓް ފޯރުކޮށްދިނުން ހިމެނެއެވެ.

ސިވިލް އިންޖިނިއަރގެ މަޤާމަށް ކުރިމަތިލާ ފަރާތުގެ ކިބައިގައި ހުންނަންވާ ޝަރުތުތަކުގެ ތެރޭގައި:

(ހ) ސިވިލް ނުވަތަ އެންވަޔަރަންމަންޓަލް އިންޖިނިއަރިންގގެ ދާއިރާއިން ދަށްވެގެން ބެޗްލާރސް ޑިގްރީ ޙާސިލް ކޮށްފައިވުން.

(ށ) މަދުވެގެން 05 އަހަރު ދުވަހުގެ ޢަމަލީ ތަޖުރިބާ ލިބިފައިވުމާއިއެކު، މަދުވެގެން 03 އަހަރު ދުވަހު ފެނާއި ނަރުދަމާގެ މަޝްރޫޢުތައް ޑިޒައިންގ ކުރުމުގައާއި މަޝްރޫޢުތައް ރާވައި ހިންގުމުގެ ތަޖްރިބާ ލިބިފައިވުން.

(ނ) ބައިނަލްއަޤްވާމީ ޖަމުއިއްޔާތަކުގެ އެހީގައި ހިންގާ މަޝްރޫޢުތައް ރާވައި ހިންގުމުގެ ތަޖްރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.

(ރ) މައިކްރޯސޮފްޓް އޮފީސް ޕެކޭޖް، ކޮމްޕިއުޓަރ އެއިޑަޑް ޑިޒައިންގ ސޮފްޓް ވެއަރ، އަދި އެހެނިހެން ޑިޒައިން ސޮފްޓްވެއަރ ތަކަށް އަޙުލުވެރިވެފައިވުން.

(ބ) ފަރިތަކަމާއި އެކު އިނގިރޭސިބަހުން މުޢާމަލާތް ކުރުމާއި ޕްރެޒެންޓޭޝަން ދިނުމާއި އަދި ނެގޯސިއޭޓް ކުރުމުގެ ހުނަރު ލިބިފައިވުން.

(ޅ) މަޝްރޫޢާއި ގުޅޭ ތަފާތު އެކި ފަރާތްތަކާއި ގުޅިގެން މަސައްކަތްކުރުމާއި، ޕްރޮޖެކްޓް ޓީމް މޯޓިވޭޓްކުރުވުމާއި ލީޑާރޝިޕް ހުނަރު ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

(ކ) ރާއްޖޭގައި މަސައްކަތްކޮށް ތަޖުރިބާލިބިފައިވުމަކީ މިކަމަށް ކުރިމަތިލައްވާ ފަރާތްތައް ހޮވުމުގައި އިސްކަން ދެވޭނެއެވެ.

(އ) އަމިއްލައަށް އިސްނަގައިގެން މަސައްކަތް ކުރުމުގެ ޤާބިލްކަން ލިބިފައިވުމާއިއެކު ދިމާވާ މައްސަލަތައް ޙައްލުކުރުމަށް މުޢާމަލާތްކުރުމުގެ ހުނަރު ލިބިފައިވުމާއި، މައްސަލަތައް ޙައްލުކުރުމުގެ ޤާބިލްކަން ލިބިފައިވުން އަދި ތަފާތު ހުނަރުތައް އެކުލެވޭ ޓީމެއްގައި މަސައްކަތް ކުރުމުގެ ޤާބިލްކަން ލިބިފައިވުން؛ 

- ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ ހީވާގި މީހަކަށް ވުމާއި އެކު ޕްރޮޖެކްޓްގެ ބޭނުމަށް ރަށްރަށަށް ދަތުރުކުރެވޭނެ މީހަކަށް ވުން.

ވީމާ މި މަޤާމަށް ޝަޢުޤުވެރިވާ ފަރާތްތައް "އެކްސްޕްރެޝަން އޮފް އިންޓްރެސްޓް" ހުށަހެޅުމުގެ ދަޢުވަތު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނާރޖީ އިން ހުޅުވައިލަމެވެ.  މިގޮތުން މިކަމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތުކުން ތިރީގައިވާ މަޢުލޫމާތުތައް ހުށަހެޅުއްމަށް އެދި ދަންނަވަމެވެ.

  • ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ (އެކްސްޕްރެޝަން އޮފް އިންޓްރެސްޓް)
  • ވަޒީފާއަށް އެދި ހުށަހަޅާ ފަރާތުގެ ވަނަވަރު
  • ވަޒީފާއަށް އެދި ހުށަހަޅާ ފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  • ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ އެކްރެޑިޓްކުރެވިފައިވާ ކޮޕީ
  • ކުރީގައި ކޮށްފައިވާ މަސައްކަތްތަކުގެ ސާންޕަލް، ޕޯޓްފޯލިއޯ.
  • ސިވިލް ސަރވިސްގައި މަސައްކަތް ކުރާ މުވައްޒަފެއްނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އެ އިދާރާއަކުން  އިއުތިރާޒު ނުކުރާކަމުގެ ލިޔުން. 

މި މަޤާމަށް ހޮވޭ ފަރާތަށް މުސާރައިގެ ގޮތުގައި 40,000 ރުފިޔާގެ އުޖޫރައެއް ކަނޑައެޅިފައެވެ.

މި މަސައްކަތް ކުރުމަށް ހޮވޭ ފަރާތާއެކު ފުރަތަމަ ސޮއި ކުރެވޭނީ 36 މަސް ދުވަހުގެ ފުލްޓައިމް ކޮންޓްރެކްޓެއްގައެވެ. އަދި ޑިޕާރޓްމަންޓް އަށް ބޭނުން ވެއްޖެނަމަ މަސައްކަތުގެ ފެންވަރަށް ބެލުމަށްފަހު މުއްދަތު އިތުރު ކުރެވިދާނެއެވެ. 

މި މިސައްކަތުގެ " ޓާރމްސް އޮފް ރިފެރެންސް " މިމިނިސްޓްރީގެ ވެބްސައިޓް www.environment.gov.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. މިކަމާއި ގުޅިގެން އިތުރު މަޢުލޫމާތު އޮޅުން ފިލުވުމަށް ބޭނުން ވެއްޖެނަމަ ލިޔުމުން މި މިނިސްޓްރީއަށް ހުށަހެޅުއްވުން އެދެމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 3018318  އަށް ގުޅުއްވުން އެދެމެވެ.

ވީމާ މިކަމަށް ޝަޢުޤުވެރިވާ ފަރާތްތަކުން 27 ނޮވެމްބަރ 2017 ވާ ހޯމަ ދުވަހުގެ 12:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް "އެކްސްޕްރެޝަން އޮފް އިންޓަރަސްޓް" ހުށަހެޅުއްވުންއެދެމެވެ.  

          ޕްރޮޖެކްޓް މެނޭޖަރ

          ޖީ.ސީ.އެފް ޕްރޮގްރާމް މެނޭޖްމަންޓް ޔުނިޓް

          މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ

          ހަނދުވަރީ ހިނގުން،މާފަންނު، މާލެ، 20392، ދިވެހިރާއްޖެ

          މާފަންނު، ހަނދުވަރީ ހިނގުން

          ފޯނު ނަންބަރު: 3018386، 3018318 

          އީމެއިލް : [email protected]

އެކްސްޕްރެޝަން އޮފް އިންޓަރަސްޓް ހުށަހަޅަންވާނީ ބަންދު ކުރެވިފައިވާ ސީޓީ އުރައެއްގައެވެ. 

13 ނޮވެންބަރު 2017
ހޯދާ