މާލެއަތޮޅު ކާށިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބައެއް ތަކެތި ގަންނަން ބޭނުން ވެއްޖެ

އިޢުލާން

 

މިއިދާރާއަށް މިދަންނަވާ ތަކެތި ގަންނަން ބޭނުންވެއްޖެއެވެ.

 

1)      1 ޓޯޓަލް ސްޓޭޝަން

          ބްރޭންޑް: ޓޮޕްކޮން

          މޮޑެލް: GTS 1002

2)      2 ޓްރިޕްލް ޕްރިޒަމް ސެޓް، ޓްރައިބްރަކްއާއެކު (ޓޮޕްކޮން ކޮމްޕެޓިބަލް)

3)      2 ސިންގަލް ޕްރިޒަމް (ޕްރިޒަމް ހޯލްޑަރ އަދި ޓާގެޓާއެކު) 

4)      2 ޕްރިޒަމް ޕޯލް  (5 މީޓަރަށް  އުސްކުރެވޭ) 

5)      3 ސަރވެއިންގ ޓްރައިޕޮޑް (އެލްމިނިއަމް) 

 

ސަޕްލައިކޮށްދޭ ޓޯޓަލް ސްޓޭޝަނަށް މަދުވެގެން 01 އަހަރުދުވަހުގެ ވޮރަންޓީ ދޭންވާނެއެވެ. އަދި ޓޯޓަލް ސްޓޭޝަން ސަޕްލައިކޮށްދޭއިރު ހުންނަންވާނީ ކެލިބްރޭޓް ކުރެވިފައެވެ. ކޯޓޭޝަނާއެކު ކެލިބްރޭޓް ކުރާ ފަރާތުންދޭ ކެލިބްރޭޝަން ސެޓްފިކެޓް އޮންނަންވާނެއެވެ. 

ވީމާ މިއިދާރާއަށް މިތަކެތި ވިއްކަވަން ބޭނުންފުޅުވާ ފަރާތްތަކުން މިއިދާރާއަށް ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 23 ނޮވެމްބަރ 2017 ވާ ބުރާސްފަތި ދުވަހުގެ 14:00 އަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީ ހިސާބު ހުށަހަޅުއްވާއިރު، އަންދާސީ ހިސާބުތަކަށް ޕޮއިންޓްދިނުމަށް ހަމަޖެހިފައިވާ ކަންތައްތައް ސާފުވާނެހެން ހުށަހެޅުއްވުންއެދެމެވެ. މި މަސައްކަތަށް އަންދާސީ ހިސާބު ހުށަހެޅޭނީ ވިޔަފާރިކުރުމަށް ރަޖިސްޓްރީކޮށްފައިވާ އަދި ޖީއެސްޓީއަށް ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށެވެ. އަންދާސީ ހިސާބާއެކު، ވިޔަފާރި ހުއްދައާއި އެންމެ ފަހުގެ ފީދެއްކި ސްލިޕް، އަދި ޖީއެސްޓީ ރެޖިސްޓްރޭޝަން ސެޓްފިކެޓް ހުށަހަޅަންވާނެއެވެ. މަޢުލޫމާތު ފުރިހަމަނުވާ އަންދާސީހިސާބުތަކާއި ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަނުވާ އަންދާސީ ހިސާބުތައް ބާޠިލްކުރެވޭނެ ވާހަކަ ދެންނެވީމެވެ.

މަތީގައި ބަޔާންކުރެވިފައިވާ ތަކެތި ވިއްކެވުމަށް އެދި ހުށަހަޅާ ފަރާތްތަކަށް ޕޮއިންޓް ދިނުމަށް ހަމަޖެހިފައިވާ އުޞޫލު މި އިޢުލާނާއެކު އެޓޭޗްކުރެވިފައިވާނެއެވެ.

24 ޞަފަރު 1439

13 ނޮވެންބަރު 2017
ހޯދާ