މަދްރަސަތުލް އިފްތިތާޙް
ދިވެހިރާއްޖެ
2018 ވަނަ އަހަރު މަދްރަސާއަށް ކުދިންވެއްދުން

2018 ވަނަ އަހަރު މި މަދްރަސާގެ އެކި ގްރޭޑްތަކަށް  ކުދިން ވެއްދުމަށް އެދޭ ފަރާތްތަކަށް ފުރުޞަތު ހުޅުވައިލަމެވެ.

       ވީމާ، 2018 ވަނަ އަހަރު މިމަދްރަސާއިން ޖާގަޔަށް އެދޭ ދަރިވަރުންގެ ބެލެނިވެރިން  ، ކުއްޖާ ސްކޫލަށް ވައްދަންއެދޭ ފޯމް ނަންގަވާ ފުރުއްވުމަށްފަހު ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތަކާއެކު ސްކޫލްގެ އޮފީހަށް ހުށަހެޅުއްވުން އެދެމެވެ.

l ފޯމް ހުށައަޅާއިރު ހުށައަޅަންޖެހޭ ތަކެތި:

> އެންމެ ފަހުން ދަރިވަރު ކިޔެވި މަދްރަސާއިން ދޫކުރާ ސްކޫލް ލީވިންގ / ޓްރާންސަފަރ ސެޓިފިކެޓް       ( އަޞްލާއި ކޮޕީ )

E އެންމެ ފަހުން ދަރިވަރު ކިޔެވި މަދްރަސާއިން ދޫކުރާ ތަޢުލީމީ ( އެންމެ ފަހުގެ ނަތީޖާ ) ރިޕޯޓް ފޮތް (އަޞްލާއި ކޮޕީ )

> ދަރިވަރުގެ އައިޑީ ކާޑް ނުވަތަ އުފަން ދުވަހުގެ ސަރޓްފިކެޓް ( އަޞްލާއި ކޮޕީ )

> ބެލެނިވެރިޔާގެ އައި.ޑީ.ކާޑު ( ކޮޕީ )

> ދަރިވަރުގެ ޕާސްޕޯޓް ސައިޒުގެ 1 ފޮޓޯ

ފޯމު ދޫކުރުމާއި ބަލައިގަތުން 13 ނޮވެމްބަރ  2017 ން ފެށިގެން ރަސްމީ ބަންދު ދުވަސްތައް ފިޔަވައި މަދްރަސާގެ އޮފީހުން ކުރިޔަށް ދާނެއެވެ.

      

         އަދި ދަންނަވަމެވެ. ކުއްޖާއަށް ޖާގަ ދިނުމަށް ހަމަޖެހިފައިވަނީ އެކުއްޖެއްގެ ޢުމުރާ ގުޅޭ ގްރޭޑަކުން އެ ގްރޭޑެއްގައި ޖާގައޮތް މިންވަރަކުންނެވެ. ޖާގަ ހޯއްދުމަށްއެދި ބެލެނިވެރިޔާގެ ސިޓީއަކާއެކު ދަރިވަރުގެ އައި.ޑީ.ކާޑު ކޮޕީ ސްކޫލު އޮފީހަށް ހުށަހަޅަންވާނެއެވެ.

13 ނޮވެންބަރު 2017
ހޯދާ