ދިވެހިރާއްޖެ
މި މަދަރުސާގައި ހުސްވެފައިވާ ތިރީގައި މި ދަންނަވާ މަޤާމަށް މުވައްޒަފުން ބޭނުންވެއެވެ.
މަޤާމު: މަސައްކަތު
މަޤާމުގެ ނަންބަރ: J-131638
J-275361
J-275362
ބޭނުންވާ އަދަދު: 3
މަޤާމުގެ ގިންތި: ދާއިމީ
މަޤާމުގެ ރޭންކު : SS1
މަޤާމުގެ ކްލެސިފިކޭޝަން: ސަޕޯޓްސްޓާފް ގްރޭޑް 1
ސެކްޝަން: އިދާރީ
މަޤާމް އޮތް އޮފީސް: ދ.އަތޮޅު މަދަރުސާ
ވަޒީފާ އަދާކުރަން ޖެހޭ ތަން: ދ.އަތޮޅު މަދަރުސާ
މުސާރަ: -/3100 ރުފިޔާ
ސަރވިސްއެލަވަންސް: -/1000
އިތުރު އިނާޔާތްތައް:
- ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.
- ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
- ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.
މީގެ އިތުރުން ސިވިލް ސަރވިސް މުވައްޒަފުންނަށް ދެވޭ އެލަވަންސް ތަކުގެ ތެރެއިން މަޤާމަށް ކަޑައެޅޭ އެހެނިހެން އެލަވަންސް ހަމަޖެހިފައިވާ އުސޫލުގެ މަތިން ލިބޭނެ.
މަޤާމުގެ މަސްއޫލިއްޔަތާއި ވާޖިބުތައް:
މައިގަނޑު މަސައްކަތްތައް:
1- ކުނިކަހަންޖެހޭ ހުރިހާ ސަރަހައްދެއްގައި ކުނިކެހުމާއި ސާފްކުރަންޖެހޭ ހުރިހާ ތަނެއް (ކުލާސްރޫމް، ފާހާނަ، އޮފީސް، ސްޓަރފްރޫމް، ފަދަތަންތަން) ސާފްކުރުން.
2- މަދަރުސާއިން ބާއްވާ އެކިއެކި ބަންދަލުވުންތަކާއި، ހަފްލާތަށް އަދި ޖަލްސާތަކަށް ކިޔަން ޖެހޭ ފަރާތްތަކަށް ކިޔުމާއި، ކުލާސްރޫމް ނުވަތަ ހޯލް ތައްޔާރުކުރުން.
3- މަދަރުސާއަށް ގެންނަންޖެހޭ ތަކެތި ގެނެސްދިނުމާއި، ގެންދަންޖެހޭ ތަކެތި ގެންދިޔުމާއި އަދި ރަށުގެ ފިހާރަތަކުން ގަންނަންޖެހޭ ތަކެތި ގަނެގެން ގެނެސްދިނުން.
4- މަދަރުސާއިން އެކިއެކި ފަރާތްތަކަށް ފޮނުވަންޖެހޭ ސިޓީއާއި އެހެނިހެން ތަކެތި ޙަވާލުކުރަންޖެހޭ ފަރާތްތަކާ ޙަވާލުކުރުން.
5- މަދަރުސާގެ އޮފީހާއި، ސްޓަރފްރޫމް އަދި އެޗްއޯޑީރޫމަށް ބޯފެންލުން.
6- މަދަރުސާގެ ފެންތާންގީތަކާއި ދިޔަދޮވިތައް ސާފްކުރުމާއި، ފުރާޅުތައް ސާފްކޮށް ވާރޭވެހޭދުވަސްވަރު ފެންތާންގީއަށް ފެންއަޅައި ރައްކާކުރުން.
7- މަދަރުސާގައި ހައްދާފައިހުރި ގަސްތައް ބެލެހެއްޓުމާއި ކުނިއުކައިލުމާއި ބަގީޗާގަސްތަކަށް ފެންދިނުން.
8- އަދާކުރާ މަސްއޫލިއްޔަތާއި، ގުޅޭ ގޮތުން އިތުރަށް ކަމެއް ޙަވާލުކޮށްފިނަމަ އެކަމެއް ކުރުން.
މަޤާމުގެ ޝަރުޠުތައް:
- ލިޔަންކިޔަން ދަތުމާއެކު މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ޤާބިލްކަން ލިބިފައިވުން.
ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:
- ތަޢުލީމާއި ތަމްރީން
- މަސައްކަތުގެ ތަޖުރިބާ
- މަސައްކަތުގެ ހުނަރާއި ފެންވަރާއި، ޤާބިލްކަމާއި ސިފަތައް
ހުށަހަޅަންޖެހޭ ލިޔުންތައް:
)ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ) (ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިއަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ. ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ. (ނ) ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.
(ހ) ސިވިލް ސަރވިސް އިން ބޭރު ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެ ވަޒީފާއެއް އަދާކުރި މުއްދަތާއި ކުރި މަސައްކަތް ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިންސްޓިޓިއުޓެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ ވަޒީފާ އަދާކުރި މުއްދަތާއި ކުރި މަސައްކަތް އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
|