ދިވެހިރާއްޖެ
އިޢުލާން
މި މިނިސްޓްރީގެ ބައެއް ގުދަންތަކުން ކަތުރުފަނި ފެނިފައިވާތީ، އެ ގުދަންތަކުން ކަތުރުފަނި ނައްތާލުމުގެ މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދުމަށް ކުރެވުނު މި މިނިސްޓްރީގެ ނަންބަރ (IUL)142-A1/142/2017/45 އިއުލާން އާއިގުޅިގެން އަގު ހުށައެޅުމަށް ހާޞިރުވެފައިވަނީ ދެފަރާތުން ކަމުގައިވާތީ އެއިޢުލާން ބާތިލްކޮށް އެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިއުލާންކުރަމެވެ.
ވީމާ، މި މަސައްކަތް ކޮށްދޭން ބޭނުންވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް މި މިނިސްޓްރީއަށް ހާޞިރުވެ މައުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
|
ހަރަކާތް |
ތަން |
ތާރީޙް |
ގަޑި |
|
މައުލޫމާތު ސާފުކުރުން |
މިނިސްޓްރީގެ މީޓިންގް ރޫމް - 01 |
15 ނޮވެމްބަރ 2017 |
11:00 |
|
އެސްޓިމޭޓް ހުށަހެޅުން |
މިނިސްޓްރީގެ މީޓިންގް ރޫމް - 01 |
20 ނޮވެމްބަރ 2017 |
11:00 |
މަޢުލޫމާތު ސެޝަނަށް ޙާޟިރުނުވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ނޯންނާނެވާހަކަ ދަންނަމަވެ.
އިތުރު މައުލޫމާތު ހޯއްދެއްވުމަށް ގުޅުއްވާނީ 3020264 ފޯނަށެވެ.
24 ޞަފަރު 1438
13 ނޮވެމްބަރ 2017
