ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
44 ވަނަ ޤައުމީ ބެޑްމިންޓަން މުބާރާތް 2017 10 ވަނަ އަތޮޅުލީގް ބެޑްމިންޓަން މުބާރާތް 2017

44 ވަނަ ޤައުމީ ބެޑްމިންޓަން މުބާރާތް 2017

 10 ވަނަ އަތޮޅުލީގް ބެޑްމިންޓަން މުބާރާތް 2017  

44 ވަނަ ގައުމީ ބެޑްމިންޓަން މުބާރާތާއި 10 ވަނަ އަތޮޅުލީގު ބެޑްމިންޓަން މުބާރާތް 25 ނޮވެމްބަރ 2017 އިން 04 ޑިސެމްބަރ 2017 އަށް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. ވީމާ، މި ދެމުބާރާތުގައި ބައިވެރިވާން ބޭނުންފުޅުވެލައްވާ އެންމެހައި ކުޅުންތެރިންނާއި ކްލަބް/ޖަމްއިއްޔާ އަދި ބެޑްމިންޓަން ޑިވެލޮޕްމަންޓް ކޮމިޓީ ތަކުން މުބާރާތާއިބެހޭ އެންމެހާ ކަންކަމުގައި މުޢާމަލާތް ކުރާނެ ފޯކަލް ޕޮއިންޓެއް ކަންޑައަޅުއްވާ އެފަރާތެއްގެ ނަން، އަދި ގުޅޭނެ ނަމްބަރ އެންގޭނެގޮތަށް 14 ނޮވެމްބަރ 2017 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން އެންޓްރީ ފޯރމް އާއިއެކު ބެޑްމިންޓަން އެސޯސިއޭޝަން އަށް ލިޔުމުން ހުށައެޅުމަށް ދެންނެވީމެވެ.

 

އެންޓްރީ ފޯރމް އަދި މުބާރާތުގެ ޤަވާއިދު: 

 

  • ·    ޑައުންލޯޑް ކުރުމަށް ވެބްސައިޓް www.badmintonmaldives.org.mvއާއި

ފޭސްބުކް ޕޭޖްBadminton Association of Maldives

 

އެންޓްރީ ފޯރމް ހުށައެޅުމުގެ ފަހުތާރީޙް: 

14 ނޮވެމްބަރ 2017 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން ބެޑްމިންޓަން އެސޯސިއޭޝަން އޮފީހަށް

 

މުބާރާތާއިބެހޭ އިތުރު މަޢުލޫމާތު ހޯއްދެއްވުމަށް ސަރުކާރު ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން 12:00 އަދި މެންދުރުފަހު 13:00 އިން 16:00 އަށް މިއެސޯސިއޭޝަންގެ ފޯންނަމްބަރ: 3314057 އަށް ގުޅުއްވުން އެދެމެވެ.

 

މި ދެމުބާރާތާއި ބެހޭ އިތުރު މަޢުލޫމާތު ކުރިއަށްއޮތް ހަފްތާގައި ޝާއިއު ކުރެވޭނެ ވާހަކަ މައުލޫމާތަށްޓަކައި ދަންނަވާލީމެވެ.

08 އޮކްޓޯބަރ 2017

08 އޮކްޓޫބަރު 2017
ހޯދާ