ދިވެހިރާއްޖެ
`
ށ. އަތޮޅުމަދަރުސާ
ށ. ކަނޑިތީމު / ދިވެހިރާއްޖެ ނަންބަރ:GS34/2017/023
އިޢްލާން
މަދަރުސާގެ ސެކިޔުރިޓީ ބަލަހައްޓައި ދޭނޭ ފަރާތެއް ހޯދުން
މިމަދަރުސާގެ ސެކިޔުރިޓީ ބެލެހެއްޓުން މިހާރު ޙަވާލުކުރެވިފައިވާ ފަރާތާއި އެކު ކުރެވިފައިވާ އެގްރިމެންޓްގެ މުއްދަތު 31 ޑިސެމްބަރ 2017ގެ ނިޔަލަށް ހަމަވާތީ، މިމަދަރުސާގެ ސެކިޔުރިޓީ ބަލަހައްޓައިދޭނޭ ފަރާތެއް ހޯދުމަށް ވަނީ ބޭނުންވެފައެވެ.
ވީމާ ، މި މަދަރުސާގެ ސެކިޔުރިޓީ ބަލަހައްޓައި ދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް މިމަދަރުސާއަށް ޙާޟިރުވެ މަޢުލޫމާތުސާފުކުރެއްވުމަށްފަހު ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ.
މަޢުލޫމާތު ސާފުކުރެއްވުން |
2017 ނޮވެންބަރ 20 ހޯމަ ދުވަހުގެ ހެނދުނު 11:00 ގައި. |
އަންދާސީހިސާބު ހުށަހެޅުއްވުން |
2017 ނޮވެންބަރ 23 ބުރާސްފަތި ދުވަހުގެ ހެނދުނު 11:00 ގައި. |
މި މަސައްކަތް ކުރުމަށް ކުރިމަތިލެވޭނީ ވިޔަފާރި ޤާނޫނު (18/2014) ގެ ދަށުން ރަޖިސްޓްރީވެފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ޤާނޫނު (19/2014) ގެ ދަށުން ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ.
އަންދާސީ ހިސާބު ހުށައަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. އަދި ސިޓީއުރައިގެ ބޭރުގައި " ށ.އަތޮޅުމަދަރުސާގެ ސެކިޔުރިޓީ ބެލެހެއްޓުން " މިހެން ލިޔެފައި އޮންނަންވާނެއެވެ.
އަދި ދަންނަވެމެވެ. 20 ނޮވެންބަރ 2017 ވާ ހޯމަ ދުވަހުގެ 12:00 ގައި އޮންނަ މަޢުލޫމާތު ދިނުމުގެ ސެޝަނަށް ޙާޟިރުވެނުލައްވާ، މަޢުލޫމާތު ކަރުދާސް ނުގެންދަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައި ނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.
24 ޞަފަރު 1439
13 ނޮވެންބަރ2017