މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ދިވެހިރާއްޖެ
ސޯޝަލް އެންޑް އެންވަޔަރަންމަންޓަލް ސޭފްގާރޑް ސްޕެޝިއަލިސްޓް – ފަރުދުންނާއި ފާމްތަކަށް

ގްރީން ކްލައިމެޓް ފަންޑް (ޖީ.ސީ.އެފް) އާއި ދިވެހި ސަރުކާރާއި ގުޅިގެން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ (އެމް.އީ.އީ.) އިން ހިންގާ ފެނުގެ މަޝްރޫއަށް – ސޯޝަލް އެންޑް އެންވަޔަރަންމަންޓަލް ސޭފްގާރޑް ސްޕެޝިއަލިސްޓް އެއް ހޯދުމާގުޅޭ

ޝަޢުޤުވެރިކަން ފާޅުކުރުމުގެ ދަޢުވަތު

ސޯޝަލް އެންޑް އެންވަޔަރަންމަންޓަލް ސޭފްގާރޑް ސްޕެޝިއަލިސްޓް – ފަރުދުންނާއި ފާމްތަކަށް

ދިވެހި ސަރުކާރުގެ ފަރާތުން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ(އެމް.އީ.އީ) އިން " ސަޕޯޓިންގ ވަލްނަރަބްލް ކޮމިއުނިޓީސް އިން މޯލްޑިވްސް ޓު މެނޭޖް ކްލައިމެޓް ޗޭންޖް އިންޑިއުސްޑް ވޯޓަރ ޝޯޓޭޖް" ގެ ނަމުގައި ކުރިއަށް ގެންދާ 04 ރަށުގެ ފެނުގެ ނިޒާމާއި 45 ރަށުގެ ވާރޭފެން ނަގާ ރައްކާކުރާ ނިޒާމް މަސައްކަތްތަކަށް ބޭނުންވާ ސޯޝަލް އެންޑް އެންވަޔަރަންމަންޓަލް ސޭފްގާރޑް ސްޕެޝިއަލިސްޓް އައްޔަންކުރުމަށް ބޭނުންވެއެވެ. މިމަޝްރޫއަށް ޚަރަދު ކުރުމަށް ހަމަޖެހިފައިވަނީ ގްރީން ކުލައިމެޓް ފަންޑް ހިލޭ އެހީގެ ދަށުންނެވެ.

ސޯޝަލް އެންޑް އެންވަޔަރަންމަންޓަލް ސޭފްގާރޑް ސްޕެޝިއަލިސްޓްގެ މަޤާމަށް ކުރިމަތިލާ ފަރާތުގެ ކިބައިގައި ހުންނަންވާ ޝަރުތުތަކުގެ ތެރޭގައި:

(ހ) ވޯޓަރ، ނެޗުރަލް ރިސޯސަސް، އެންވަޔަރަމަންޓަލް މެނޭޖްމަންޓް، ސޯޝިއޯ އިކޮނޮމިކް ނުވަތަ މަސައްކަތާއި ގުޅުންހުރި ދާއިރާއަކުން ފުރަތަމަ ޑިގްރީ ހާސިލްކޮށްފައިވުން. މާސްޓަރސް ޑިގްރީ ހާސިލްކޮށްފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

(ށ) މަސައްކަތާއި ގުޅޭދާއިރާއިން މަދުވެގެން 3 އަހަރުގެ ތަޖުރިބާލިބިފައިވުން. މީގެ އިތުރުން ބައިނަލްއަޤުވާމީ އެހީދޭ ޖަމިއްޔާތަކުގެ ޕްރޮޖެކްޓް ތަކުގައި މަސައްކަތް ކޮށްފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.  

(ނ) ތިމާވެއްޓަށް އަސަރުފޯރާ މިންވަރު ބަޔާންކުރާ ރިޕޯޓް ތައްޔާރުކުމުގެ ތަޖުރިބާ ލިބިފައިވުން

(ރ) އިޖްތިމާއީ އަދި ތިމާވެއްޓަށް އަސަރުފޯރާ މިންވަރު ބެލުމައްޓަކައި ބޭނުންވާ އުސޫލުތަކާއި މިންގަނޑުތައް ތައްޔާރު ކުރުމާއި ތަންފީޒުކުރުމުގެ ތަޖުރިބާ ލިބިފައިވުން.

(ބ) މަޝްރޫޢާއި ގުޅޭ ތަފާތު އެކި ފަރާތްތަކާއި އަދި ރަށުގެ އާންމު ރައްޔިތުންނާއި ގުޅިގެން މަސައްކަތް ކުރުމުގެ ހުނަރާއި ޤާބިލްކަން ލިބިފައިފުން

(ޅ) ދިމާވާ މައްސަލަތައް ދެނެގަނެ އެ މައްސަލަތައް ޙައްލުކުރުމަށް މުޢާމަލާތްކުރުމުގެ ހުނަރު ލިބިފައިވުމާއި، އަދި މަޝްރޫޢުގެ ކަންތައްތަކުގައި ނެގޯސިއޭޓް ކުރުމުގެ ހުނަރު ލިބިފައިވުން                                                                                                                      

(ކ) މައިކްރޯސޮފްޓް އޮފީސް ޕެކޭޖް އަދި އެހެނިހެން ކޮމްޕިއުޓަރ ސޮފްޓްވެއަރ ތަކަށް އަޙުލުވެރިވެފައިވުން. 

(އ) ފަރިތަކަމާއި އެކު ދިވެހި އަދި އިނގިރޭސިބަހުން މުޢާމަލާތް ކުރަން އެނގުން 

(ވ) ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ ހީވާގި މީހަކަށް ވުމާއި އެކު ޕްރޮޖެކްޓްގެ ބޭނުމަށް ރަށްރަށަށް ދަތުރުކުރެވޭނެ މީހަކަށް ވުން.

ނޯޓު: މަތީގައިވާގޮތުގެ މަތިން ފާމް ތަކުގެ ތައުލީމީ ފެންވަރު ވަޒަންކުރުމުގައި ބެލެވޭނީ ލީޑް ކޮންސަލްޓެންޓްގެ ތައުލީމީ ފެންވަރަށެވެ.

ވީމާ މި މަޤާމަށް ޝަޢުޤުވެރިވާ ފަރާތްތައް "އެކްސްޕްރެޝަން އޮފް އިންޓްރެސްޓް" ހުށަހެޅުމުގެ ދަޢުވަތު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނާރޖީ އިން ހުޅުވައިލަމެވެ. މިގޮތުން މިކަމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތުކުން ތިރީގައިވާ މަޢުލޫމާތުތައް ހުށަހެޅުއްމަށް އެދި ދަންނަވަމެވެ.

މަސައްކަތުގެ މުއްދަތު:

- މި މަސައްކަތުގެ މުއްދަތު ކަނޑައެޅިފައިވަނީ 240 ދުވަސް 03 އަހަރު ދުވަހުގެ މައްޗަށް ބަހާލެވިގެންނެވެ. މިކަމާބެހޭ އިތުރު މައުލޫމާތު ޓަރމްސް އޮފް ރިފަރެންސްގައި ބަޔާންކުރެވިފައި ވާނެއެވެ.

ހުށަހަޅަށްޖެހޭ ލިޔުންތައް

ފާމް ތަކަށް؛

  • މަސައްކަތް ކުރެވޭނެ އަގު
  • ފާމްގެ ވަނަވަރު
  • ކޮންސަލްޓަންޓުނގެ ޓީމްގައި ހިމެނޭ މެމްބަރުންގެ ވަނަވަރު އަދި ތައުލީމީ ސަރޓިފިކެޓްތަކުގެ އެކްރެޑިޓްކުރެވިފައިވާ ކޮޕީ
  • ފާމްގެ ރަޖިސްޓްރޭޝަން ސަރޓިފިކެޓް
  • ޓެކްސް ކްލިއަރެންސް – 30 ސެޕްޓެމްބަރ 2017 ގެ ފަހުގެ ތާރީޚެއްގެ
  • ކުރީގައި ކޮށްފައިވާ މިފަދަ މަސައްކަތްތަށް ނިންމިކަމުގެ ލިޔުން

ފަރުދުންނަށް؛

  • މަސައްކަތް ކުރެވޭނެ އަގު
  • ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ (އެކްސްޕްރެޝަން އޮފް އިންޓްރެސްޓް)
  • ވަޒީފާއަށް އެދި ހުށަހަޅާ ފަރާތުގެ ވަނަވަރު
  • ވަޒީފާއަށް އެދި ހުށަހަޅާ ފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  • ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ އެކްރެޑިޓްކުރެވިފައިވާ ކޮޕީ
  • ކުރީގައި ކޮށްފައިވާ މިފަދަ މަސައްކަތްތަށް ނިންމިކަމުގެ ލިޔުން

ސުންގަޑި

ޝައުޤުވެރިވާ ފަރާތްތަކުން 2017ނޮވެމްބަރ 19 ވަނަ ދުވަހުގެ 12:00 ގެ ކުރިން، އެކްސްޕްރެޝަން އޮފް އިންޓްރެސްޓް" ތިރީގައިވާ އެޑްރެހަށް ފޮނުއްވުން އެދެމެވެ.

އެކްސްޕްރެޝަން އޮފް އިންޓްރެސްޓް ފޮނުވަންޖެހޭ އެޑްރެސް:

ޕްރޮޖެކްޓް މެނޭޖަރ

ޖީ.ސީ.އެފް ޕްރޮގްރާމް މެނޭޖްމަންޓް ޔުނިޓް

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ

ހަނދުވަރީ ހިނގުން،މާފަންނު، މާލެ، 20392، ދިވެހިރާއްޖެ

މާފަންނު، ހަނދުވަރީ ހިނގުން

ފޯނު ނަންބަރު: 3018386، 3018318

އެކްސްޕްރެޝަން އޮފް އިންޓަރަސްޓް ހުށަހަޅަންވާނީ ބަންދު ކުރެވިފައިވާ ސީޓީ އުރައެއްގައެވެ.

އިތުރު މައުލޫމާތު:

މި މަސައްކަތުގެ "ޓާރމްސް އޮފް ރިފަރެންސް" މި މިނިސްޓްރީގެ ވެބްސައިޓް www.environment.gov.mv އިން ލިބެން ހުންނާނެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 3018386 , 3018318 އަށް ގުޅުއްވުން އެދެމެވެ. 

12 ނޮވެންބަރު 2017
ހޯދާ