މަޤާމު:
|
އޮފީސް އެސިސްޓެންޓް
|
ރޭންކު:
|
CSC1-1
|
ކްލެސިފިކޭޝަން:
|
ސީ.އެސް.ސީ ސަޕޯޓް އޮފިސަރސް
|
ސެކްޝަން:
|
ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓް
|
ސެކްޝަން މައިގަނޑު މަސައްކަތް:
|
ސިވިލް ސަރވިސްގެ އިދާރާތަކުގެ މުވައްޒަފުންނަށް ޕްރޮފެޝަނަލް ޕްރޮގްރާމްތައް ތައްޔާރުކޮށް ތަމްރީން ދިނުން
|
މުސާރަ:
|
މަހަކު -/3470 ރުފިޔާ
|
ސަރވިސް އެލަވަންސް:
|
މަހަކު -/1000 ރުފިޔާ
|
ލިވިންގ އެލަވަންސް:
|
މަހަކު -/2000 ރުފިޔާ
|
ސްޕެޝަލް ޑިއުޓީ އެލަވަންސް:
|
މަހަކު 1214/50 ރުފިޔާ (އަސާސީ މުސާރައިގެ %35)
|
އޯވަރޓައިމް އެލަވަންސް:
|
އިތުރުގަޑީގައި މަސައްކަތްކުރާ ދުވަސްތަކަށް ކަނޑައެޅިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.
|
ބޭނުންވާ އަދަދު:
|
1 (އެކެއް)
|
ގިންތި:
|
ވަގުތީ (2.5 މަސްދުވަހަށް - ކޮމިޝަނުން ބޭނުންވެއްޖެނަމަ މުއްދަތު އިތުރުކުރެވިދާނެއެވެ.)
|
އަސާސީ ޝަރުތު:
|
ސާނަވީ ތަޢުލީމު ފުރިހަމަކޮށްފައި ވުމާއެކު، 3 މާއްދާއިން C ގްރޭޑް ލިބިފައިވުން.
|
މަޤާމުގެ މަސްއޫލިއްޔަތާއި ވާޖިބުތައް:
|
- ރަސްމީ ކޮންމެ ދުވަހަކު އޮފީސްތެރެ ކުނިކަހާ ފޮޅާ ސާފުކުރުން. މީގެ ތެރޭގައި އޮފީހުގެ ހުރިހާ ކުނިވަށިގަނޑުތަކާއި، އޮފީސްތެރޭގައި ހުންނަ ކުނިތައް ސާފުކުރުންވެސް ހިމެނެއެވެ.
- ރަސްމީ ކޮންމެ ދުވަހަކު އޮފީހުގެ ފާޚާނާތައް ސާފުކޮށް ބެލެހެއްޓުން.
- އޮފީހުގެ މައި ދޮރާށި ސަރަހައްދުގެ ދޮރާއި ދޮރުކަނި އަދި ބިއްލޫރިތައް އަދި ވަކިވަކި ފަންގިލފިލާތަކަށް އަރަން ބޭނުންކުރާ ހުރިހާ ސިޑިތަކެއް ރީތިކޮށް ސާފުކޮށް ބެލެހެއްޓުން.
- އޮފީހުގެ ފާހަނާތަކުގައި ބޭނުންކުރާ ތަކެތި ހުސްނުވާނެ ނިޒާމެއްގެ ދަށުން ސްޕަވައިޒަރު މެދުވެރިކޮށް ހޯދައި، އެފަދަތަކެތި އަބަދުވެސް ފާހަނާތެރޭގައި ހުސްނުވެ ހުންނަކަން ޔަޤީންކުރުން.
- ރަސްމީ ކޮންމެ ދުވަހަކު ވާކް ސްޓޭޝަންތައް ސާފުކޮށް ބެލެހެއްޓުން.
- ރަސްމީ ކޮންމެ ދުވަހަކު އޮފީހުގެ ބިއްލޫރި ދޮރުތަކާއި، ދޮރުކަނިތައް ސާފުކޮށް ބެލެހެއްޓުން.
- ރަސްމީ ކޮންމެ ދުވަހަކު އޮފީހުގެ ޖަލްސާކުރާ މާލަންތަކާއި ތަމްރީނުދޭ ކޮޓަރިތައް އަދި އެހެނިހެން ތަންތަން ފޮޅައި ސާފުކޮށް، އިންތިޒާމުކޮށް ބެލެހެއްޓުން.
- ތަމްރީނު ޕްރޮގްރާމްތަކާއި، ޖަލްސާ ސެމިނަރފަދަ ހަރަކާތްތަކަށް ސައި/ކޮފީ ތައްޔާރުކުރުން.
- ތަމްރީނު ޕްރޮގްރާމްތަކާއި، ޖަލްސާ ސެމިނަރފަދަ ހަރަކާތްތަކަށް ސައި/ކޮފީ ތައްޔާރުކުރުމަށް ބޭނުންވާ ތަށި ސަމްސާ ދޮވެ، ސައި/ކޮފީ ތައްޔާރުކުރުމަށް ހޫނު ފެން ލިބޭނެ އިންތިޒާމާއި އެކަމަށް ހަމަޖައްސަންޖެހޭ އެހިނިހެން އިންތިޒާމްތައް ހަމަޖެއްސުން.
- އޮފީހުގެ މުވައްޒަފުން ރަސްމީގަޑީގައި ބޭނުންވާ ކަންތައްތަކުގައި އެހީތެރިވެދިނުން. މީގެތެރޭގައި ސްޕަވައިޒަރު ކަނޑައަޅާ އިންތިޒާމެއްގެ ދަށުން މުވައްޒަފުންއެދޭ ކާބޯތަކެތި ހޯދައިދިނުން.
- އޮފީސް ހުޅުވާ ލެއްޕުން އަދި ތަޅުދަނޑި އަޅުވަން ކަނޑައެޅިފައިވާ ތަނުގައި ތަޅުދަނޑި އެޅުވުން.
- އޮފީހަށް ގެންނަން ބޭނުންވާ ތަކެއްޗާއި ގެންދަންޖެހޭ ތަކެތި ގެނައުމާއި ގެންގޮސްދިނިން.
- ތަމްރީނު ޕްރޮގްރާމްތަކާއި، ޖަލްސާ ސެމިނަރފަދަ ހަރަކާތްތަކަށް ހޯލް ތައްޔާރުކުރުން.
- ޙަވާލުވެފައިވާ މަސައްކަތްތަކާއި ގުޅިގެން އަދާކުރަންޖެހޭ އެހެނިހެން މަސްޢޫލިއްޔަތުތައް އަދާކުރުން.
- ކޮމިޝަނުގެ އިދާރާއިން ކުރާ އެހެނިހެން މަސައްކަތްތަކުގައި އެހީތެރިވެދިނުން.
- ކޮމިޝަންގެ އިދާރާގެ މަސައްކަތްތަކުގެ ތެރެއިން ޚާއްޞަ ޙާލަތްތަކުގައި ޙަވާލުކުރެވޭ މަސައްކަތްތައް ކުރުން.
- އިދާރީ މަސައްކަތުގައި ސެކްޝަނުގެ މުވައްޒަފުންނަށް އެހީތެރިވެ ދިނުން.
- ކޮމިޝަނުގެ އިދާރާގެ މަސައްކަތްތަކުގެ ތެރެއިން ސެކްރެޓަރީ ޖެނެރަލް ހަވާލުކުރާ މަސައްކަތްތައް ކުރުން.
|
އެޕްލިކޭޝަން ފޮނުވަންވީ ތާރީޚު:
|
20 ނޮވެންބަރު 2017 ވާ ހޯމަ ދުވަހުގެ މެންދުރު ފަހު 14:30 ގެ ކުރިން ސިވިލް ސަރވިސް ކޮމިޝަނުގެ އިދާރާއަށް (ހ. ވެލާނާގެ 12 ވަނަ ފަންގިފިލާ)
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
- ފުރިހަމަކޮށްފައިވާ ސިވިލްސަރވިސް ކޮމިޝަނުގެ ވަޒީފާއަށް އެދޭ ފޯމް (ސިވިލް ސަރވިސް ކޮމިޝަނުގެ ވަޒީފާއަށް އެދޭ ފޯމު ކޮމިޝަނުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ކޮމިޝަނުގެ ވެބްސައިޓް www.csc.gov.mv އިން ޑައުންލޯޑު ކުރެވޭނެއެވެ)
- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިލަތިލާ މަގާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
- ލިބިފައިވާ ހުރިހާ ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (ރާއްޖެއިން ބޭރުގެ ތަޢުލީމީ އިންސްޓިޓިއުޓަކުން ނުވަތަ ރާއްޖޭގެ ތަޢުލީމު ދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ އިންސްޓިޓިއުޝަނެއްގެ ކޯހެއްނަމަ، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ފެންވަރު ބަލާފައިވާ ސެޓްފިކެޓްގެ ކޮޕީ ނުވަތަ ކޯސް ފުރިހަމަކުރި ކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްވާފައިވާ ލިޔުމުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓްގެ ކޮޕީ)
- ލިބިފައިވާ ތަޖުރިބާ ދަލީލުކޮށްދޭ ލިޔުންތަކުގެ ކޮޕީ. (މަސައްކަތްކުރި ތަންތަނުން، މަސައްކަތްކުރި މުއްދަތާއި މަގާމާއި މަސްއޫލިއްޔަތު ބަޔާންކޮށްފައިވާ)
- ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި، މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީ. (ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް)
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ). (ގުޅޭނެ ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
|
ވަޒީފާއަށް އެންމެ ގާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:
|
- ތަޢުލީމާއި ތަމްރީނު (ކަނޑައެޅިފައިވާ އިން ސައްތަ: 30)
- މަސައްކަތުގެ ތަޖުރިބާ (ކަނޑައެޅިފައިވާ އިން ސައްތަ: 15)
- ލިބިފައިވާ ހުނަރު،ފެންވަރު،ގާބިލުކަން އަދި ސިފަ (ކަނޑައެޅިފައިވާ އިން ސައްތަ: 55)
|
ޝޯޓް ލިސްޓު ކުރެވޭނެ ކްރައިޓީރިއާ:
|
މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާ، އަދި މަސައްކަތުގެ ހުނަރާއި ވަޒީފާ އަދާކުރުމުގެ ގާބިލްކަން ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.
|
އިންޓަރވިއު، ޕްރެޒެންޓޭޝަން އަދި ޕްރެކްޓިކަލްސް/އިމްތިހާނު އޮންނާނެ ތަނާއި، މުއްދަތު:
|
މި މަގާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު، ޕްރެސެންޓޭޝަން އަދި ޕްރެކްޓިކަލްސް/އިމްތިހާން 2017 ނޮވެންބަރު 21 އާއި ނޮވެންބަރު 27 އާ ދެމެދު ސިވިލް ސަރވިސް ކޮމިޝަނުގެ އިދާރާ (ހ. ވެލާނާގެ 12 ވަނަ ފަންގިފިލާ) މާލޭގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
|
އިތުރު މަޢުލޫމާތު:
|
މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3307302 ނުވަތަ 3307303 ނަންބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ 3303648 އެވެ. އީމެއިލް އެޑްރެހަކީ [email protected] އެވެ. އިތުރު މަޢުލޫމާތު މި ކޮމިޝަންގެ ވެބްސައިޓް http://www.csc.gov.mv ގައި ވާނެއެވެ.
|
|
20 ޞަފަރު 1439ހ
09 ނޮވެންބަރު 2017މ
|