ދިވެހިރާއްޖެ
އިޢުލާން
މި އޮތޯރިޓީއަށް ސާވަރއެއް ގަންނަން ބޭނުންވެއްޖެ
މި އޮތޯރިޓީއަށް ސާވަރއެއް ގަންނަން ބޭނުންވެގެން ކުރި ނަމްބަރ:12/2017/1/AF-221 (IUL) އިޢުލާނާއި ގުޅިގެން އަންދާސީ ހިސާބު ހުށަހެޅި ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވާ ތިން ފަރާތަކުން އަންދާސީ ހިސާބު ހުށަހަޅާފައި ނުވާތީ ސާވަރއެއް ވިއްކާނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.
ވީމާ، މި ސާވަރ ވިއްކުމަށް ޝައުޤުވެރިވާ ފަރާތްތަކުން، 2017 ނޮވެންބަރު 14 ވާ އަންގާރަ ދުވަހުގެ 14:30 އަށް މިއޮތޯރިޓީއަށް ޙާޟިރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2017 ނޮވެންބަރު 16 ވާ ބުރާސްފަތި ދުވަހުގެ 14:30 އަށް މިއޮތޯރިޓީއަށް އަންދާސީހިސާބު ހުށަހެޅުން އެދެމެވެ. މަޢުލޫމާތު ސާފުކުރައްވަން ހާޟިރުނުވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަވެސް މި ފުރުޞަތުގައި ދަންނަވަމެވެ.
20 ޞަފަރު 1439
09 ނޮވެމްބަރު 2017