ޙަމަދު ބިން ޚަލީފާ އާލް ޘާނީ ސްކޫލް
ދިވެހިރާއްޖެ
2018 ވަނަ އަހަރު މިސްކޫލުގެ ފައުންޑޭޝަން އަދި ގްރޭޑް 1 އަށް ކުދިން ވެއްދުމާއިގުޅޭޭ

2018 ވަނަ އަހަރު މިސްކޫލަށް ކުދިން ވައްދަން ބޭނުންފުޅުވާ ފަރާތްތަކުން 06 ނޮވެމްބަރ 2017 އިން ފެށިގެން އެޕްލިކޭޝަން ފޯމް ނެންގެވުމަށްފަހު 14 ޑިސެމްބަރ 2017 ވާ ބުރާސްފަތި ދުވަހު މެންދުރުފަހު 12:00 ގެ ކުރިން ސްކޫލް އޮފީހަށް ހުށަހެޅުއްވުންއެދެމެވެ.

v     އެލް.ކޭ.ޖީ އަށް ވައްދަން ހުށަހަޅާ ކުއްޖާއަކީ 1 ޖެނުއަރީ 2013 ން 31 ޑިސެމްބަރ 2013 އާއި ދެމެދު އުފަންވެފައިވާ (4 އަހަރު ފުރި، 5 އަހަރު ނުފުރޭ) ކުއްޖަކަށް ވާންވާނެއެވެ. އަދި ޔޫ.ކޭ.ޖީ އަށް ވައްދަން ހުށަހަޅާ ކުއްޖާއަކީ 1 ޖެނުއަރީ 2012 ން 31 ޑިސެމްބަރ 2012 އާއި ދެމެދު އުފަންވެފައިވާ (5 އަހަރު ފުރި 6 އަހަރު  ނުފުރޭ) ކުއްޖެއް ކަމުގައި ވާންވާނެއެވެ.

v     ގްރޭޑް 1 އަށް ވައްދަން ހުށަހާޅާ ކުއްޖާއަކީ 1 ޖެނުއަރީ 2011 ން 31 ޑިސެމްބަރ 2011 އާއި ދެމެދު އުފަންވެފައިވާ ކުއްޖެއްކަމުގައި ވާންވާނެއެވެ. އުޞޫލެއްގެ ގޮތުން ސްކޫލްތަކުގެ ގްރޭޑް 1 އަށް ވައްދަނީ އެއަހަރު ޖެނުއަރީއަށް 6 އަހަރު ފުރި، 7 އަަހަރު ނުފުރޭ ކުދިންކަމުގައި ވީނަމަވެސް 31 މާރޗް 2012 ގެ ކުރިން އުފަންވެފައވާ ކުއްޖަކު ވައްދަން ބެލެނިވެރިއަކު ބޭނުންވެއްޖެނަމަ އެކުއްޖަކު ފާއިތުވި  ދެއަހަރު ފައުންޑޭޝަން ސްޓޭޖުގައި ކިޔަވާފައި ވުމާއިއެކު  ޔޫކޭޖީ ނިންމާފައިވާކަން އަންގައިދޭ ލިޔުމެއް އެޕްލިކޭޝަން ފޯމާއިއެކު ހުށަހެޅުއްވުމުން އެކުއްޖަކު ގްރޭޑް 1 އަށް ވައްދައި ދެވިދާނެއެވެ.

 

            ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.

09 ނޮވެންބަރު 2017
ހޯދާ