ދިވެހިރާއްޖެ
GS01/45/2017 |
ނަންބަރު: |
އިއުލާން |
08 ނޮވެމްބަރ 2017 |
ތާރީޚް: |
އަންދާސީ ހިސާބު ބޭނުންވެއްޖެ
ރެސިޑެންޝަލް ލާރނިންގ ސެންޓަރ (ދަނާލު) ގެ 04 ކޮޓަރީގެ 02 އެޕާޓްމަންޓަށް ބޭނުންވާ ދޮރުފޮތި ފަހައިދޭނެ ފަރާތެއް ހޯދަން
ބޭނުން ވެއްޖެއެވެ. ވީމާ، އަމިއްލަ ތަކެތީގައި މިމަސައްކަތް ކޮށްދެއްވުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި އެވާ ތާރީޚުގައި
މިސްކޫލަށް ހާޒިރުވެ މައުލޫމާތު ސާފުކުރުމަށްފަހު ކަނޑައެޅިފައިވާ ގަޑިއަށް މިސްކޫލަށް ހާޒިރުވެ އަންދާސީ ހިސާބު ހުށައެޅުއްވުން އެދެމެވެ.
މައުލޫމާތު ދިނުން |
އަންދާސީ ހިސާބު ހުށައެޅުން |
20 ނޮވެމްބަރ 2017 (ހޯމަ) 11:00ގައި |
23 ނޮވެމްބަރ 2017 (ބުރާސްފަތި)11:00 ގައި |
މައުލޫމާތު ސާފުކުރުމަށް ހާޒިރުވާއިރު އެމީހަކާބެހޭ ފުރިހަމަ މައުލޫމާތު އެގޭފަދަ ލިޔުމެއް ހުށަހަޅަން ޖެހޭނެއެވެ. އަދި ކުންފުނި
ފަދަ ވިޔަފާރި ރަޖިސްޓްރީއަކުން މީހަކު ފޮނުވާނަމަ އެމީހަކީ އެފަރާތުންފޮނުވި ފަރާތެއްކަން އަންގައިދޭ ލިޔުމެއް ހުށަހަޅަންވާނެއެވެ. އަދި
އަންދާސީ ހިސާބު ހުށަހަޅާއިރު މިފަދަ ލިޔުމެއްނެތި ހުށައަޅާ އަންދާސީ ހިސާބުތަކާއި، ގަޑިޖެހުމަށްފަހު ހުށަހަޅާ އަންދާސީ ހިސާބުތަކާއި،
އީމެއިލް ފެކްސްގެ ޒަރީއާއިން ފޮނުވާ އަންދާސީ ހިސާބުތައް އަދި މައުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބުތައް ބާތިލްވާނެއެވެ.
ތަޖުރިބާއަށް މާކްސް ދެވޭނީ މިމަސައްކަތާއި ގުޅުންހުރި މަސައްކަތެއްކޮށް ނުވަތަ އެކަމުގެ ތަޖުރިބާ ލިބިފައިވާ ފަރާތަކަށެވެ.
މަސައްކަތު އަގު %85
ތަޖުރިބާ %5
މުއްދަތު
އަލީ އިމާދު
ސްކޫލް އެޑްމިނިސްޓްރޭޓަރ