ދިވެހިރާއްޖެ
GS-72/IUL/2017/16: ނަންބަރު
އިއުލާން
ގެއެއް ކުއްޔަށް ހިފުމާއި ގުޅޭ
މިސްކޫލަށް 3 ކޮޓަރި ނުވަތަ 2 ކޮޓަރީގެ ގެއެއް ނުވަތަ އެޕާޓްމެންޓެއް ކުއްޔަށް ހިފަން ބޭނުންވެއްޖެއެވެ.
މިތަނަކީ 3 ކޮޓަރި ނުވަތަ 2 ކޮޓަރި ( ކޮޓަރީގައި ފާހާނާހުރި ) ސިޓިންގރޫމާއި، ބަދިގެ އަދި ގެއަށް ބޭނުންވާ ފަރުނީޗަރާއި ކައްކާގޭސްއުދުން އަދި ހިފާގެންގުޅޭ ތަކެތި ހަމައަށްހުރި އެޕާޓްމެންޓެއް ނުވަތަ ގެއެއްކަމުގައި ވާންޖެހޭނެއެވެ. ކަރަންޓާއި ބޯފެން ފަދަ ވަޞީލަތްތައް ގެއިން ލިބެން ހުންނަންޖެހޭނެއެވެ.
މިފަދަ ތަނެއް ކުއްޔަށްދޭން ގަސްދުކުރާ ފަރާތްތަކުން 2017 ނޮވެންބަރ 14 ވާ ބުދަ ދުވަހުގެ 13:00 އަށް މި ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2017 ނޮވެންބަރ 22 ވާ ބުދަ ދުވަހުގެ 13:00 އަށް ފޯމް ހުށައެޅުއްވުމަށް ދަންނަވަމެވެ.
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިސްކޫލްގެ ނަންބަރު 6528041 އާއި ގުޅުއްވުން އެދެމެވެ.
09 ނޮވެމްބަރ 2017