މުކުރިމަގު ސްކޫލް، ލ. ގަން
ދިވެހިރާއްޖެ
މަސައްކަތު މަގާމަށް މީހަކު ބޭނުންވެއްޖެ

އިޢުލާން

ވަޒީފާގެ ފުރުސަތު

 

މިސްކޫލުގެ މަސައްކަތު މީހެއް ހޯދުމަށް ކުރި އިއުލާން ނަންބަރު (GS191/IU/2017/06) އިއުލާން ބާތިލްކޮށް އަލުން ފުރުސަތު ހުޅުވާލަމެވެ.

މަސައްކަތު

މަޤާމު:

J-228421

މަޤާމު ނަންބަރ

01 (އެކެއް)

ބޭނުންވާ ޢަދަދު

ދާއިމީ

މަޤާމުގެ ގިންތި

އެސް.އެސް 1

މަޤާމުގެ ރޭންކް

ސަޕޯޓް ސްޓާފް ގްރޭޑް 1

މަޤާމުގެ ކްލެސިފިކޭޝަން

އެޑްމިން ސެކްޝަން

ސެކްޝަން

މުކުރިމަގު ސްކޫލު، ލ.ގަން

ވަޒީފާ އަދާކުރަންޖެހޭ ތަން

3100.00

މުސާރަ

1000.00

ސަރވިސް އެލަވަންސް

1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން ބޭސްފަރުވާގެ ޚިދުމަތް

2. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ޕެންޝަން ކޮންޓްރިބިއުޝަން

3. ސިވިލް ސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ

އިތިރު އިނާޔަތްތައް:

1. ސްކޫލުގެ ގޯތިރެތެ ކުނިކެހިމާއި، ކްލާސްތައް ކުނިކަހައި ސާފުކުރުމާއި ދޮރާ ދޮރުފަތްތަކާއި ބިއްލޫރިތަށް ފޮހުން އަދި މޮޕްއަޅަންޖެހޭ ކްލާސްތަކުގައި މޮޕްއެޅުން

2. ކްލާސްތަކަށް ގެންދަންޖެހޭ ތަކެއްޗާއި ދަރިވަރުންނަށް ބަހަންޖެހޭ ސްލިޕްކޮޅުތައް ފަރުވާތެރިކަމާއެކު ރައްދު ކޮށްދިނުން

3. ދަރިވަރުންނާއި މުވައްޒަފުން ބޭނުންކުރާ ފާޚާނާތައް ދޮވެ ސާފުކުރުން

4. ސްކޫލުގެ އެކިއެކި ރަސްމިއްޔާތުތައް ތައްޔާރުކުރުމުގައި އެހީތެރިވުން

5. ކްލާސްރޫމްތަކާއި އޮފީސް އަދި ސްޓާފުން ހިމެނޭ އިމާރާތުގެ ފަންކާތައް ފޮޅާ ސާފު ކުރުން

 

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:    

 

ލިޔަންކިޔަން ދަތުމާއެކު މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރާއި ޤާބިލުކަން ލިބިފައިވުން

މަޤާމުގެ ޝަރުތުތައް

ތަޢުލީމާ ތަމްރީނު، މަސައްކަތުގެ ތަޖުރިބާ އަދި މަސައްކަތުގެ ހުނަރާއި ފެންވަރާއި ޤާބިލު ކަމާއި ސިފަތައް

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް

ބަލާނެކަންތައްތައް

 

ހުށަހަޅަންޖެހޭ ލިޔުންތައް

  • މަޢުލޫމާތު ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމް (ސިވިލްސަރވިސްގެ ވަޒީފާއަށް އެދޭ ފޯމް، މުކުރިމަގު ސްކޫލުގެ އޮފީހުން ލިބެންހުންނާނެއެވެ. އަދި ސިވިލްސަރވިސް ކޮމިޝަނުގެ  www.csc.gov.mv ގެ ވެބްސައިޓުން މި ފޯމް ޑައުންލޯޑްވެސް ކުރެވޭނެއެވެ.
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު/ ސީވީ (ގުޅޭނެ ފޯނު ނަންބަރާއެކު)
  • ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ އަދި ލިޔެފައިވާ ލިޔުންތައް ކިޔަންއެނގޭފަދަ ސާފު ކޮޕީއެއް
  • ސިވިލް ސަރވިސް/ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް އެ މުވައްޒަފަކު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން
  • ލިބިފައިވާ ހުރިހާ ތަޢުލީމީ ސަނަދުތަކުގެ ކޮޕީ
  • މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބަލާފައިވާ ތަޢުލީމީ ސަނަދުތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓަރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގުރާމްތަކުގެ ފެންވަރުބަލާފައިވާ ސަނަދުތަކާއި ރާއްޖޭންބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރުބަލާފައިވާ ސަނަދުތައް ނުވަތަ ކޯސްފުރިހަމަކުރިކަމުގެ ލިޔުމާއެކު، ކޯހުން ލިބޭ ސަނަދު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރަށްވާފައިވާ ލިޔުމުގެ ކޮޕީ
  • ސިވިލްސަރވިސް ޓެރެއިނިންގ އިންސްޓިޓިއުޓުން ހިންގާ ކޯސްތަކުގެ ސަނަދުތަކުގެ ކޮޕީ
  • ފުރިހަމަކޮށްފައިވާ ކުރުމުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސަނަދުތަކުގެ ކޮޕީ
  • ސިވިލްސަރވިސް ވަޒީފާއަށްވަނުމަށް ދެވޭ އިމްތިޙާނުން ފާސްވިކަން އަންގައިދިނުމުގެގޮތުން ސިވިލްސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ދޫކޮށްފައިވާ ސެޓްފިކެޓްގެ ކޮޕީ
  • މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ
  • ސިވިލްސަރވިސް އިން ބޭރުގެ ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެ ވަޒީފާއެއް އަދާކުރި މުއްދަތާއި ކުރި މަސައްކަތް ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން
  • އަމިއްލަ ކުންފުންޏެއްގެ ނުވަތަ އިންސްޓިޓިއުޓެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ ވަޒީފާ އަދާކުރި ކުއްދަތާއި ކުރި މަސައްކަތް ކޮށްފައިވާ ތަނުގެ މުވައްޒަފުންގެ ޢަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން

މަޤާމަށް އެދެންވީ ގޮތާޢި ސުންގަޑި

  • ވަޒީފާއަށް އެދި ހުށަހަޅާންޖެހޭ ތަކެތި ހުށަހަޅާނީ، ލ. ގަމު މުކުރިމަގު ސްކޫލުގެ އޮފީހަށެވެ.
  • މަޤާމަށް އެދި ހުސަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2017 ނޮވެމްބަރ 21 ވާ (އަންގާރަ) ދުވަހުގެ 14.00 ގެ ކުރިން ލ. ގަމު މުކުރިމަގު ސްކޫލުގެ އޮފީހަށެވެ.
  • ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލްމެދުވެރިކޮށް ބަލައިގަނެވޭނެއެވެ.
  • އީމެއިލް އެޑްރެސް: [email protected] (އީމެއިލް މެދުވެރިކޮށް ފޮނުވާ އެޕްލިކޭޝަން ފޯމް އޮފީހަށް ލިބުނުތޯ ޔަޤީންކުރުމަކީ އެޕްލިކޭޝަން ހުށަހަޅާފަރާތުގެ ޒިންމާއެކެވެ.
  • އެޕްލިކޭޝަންފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެ އެޕްލިކޭޝަން ބާތިލުކުރެވޭނެއެވެ.

އިންޓަވިއު އޮންނާނެ ތަނާއި މުއްދަތު

  • މި މަޤާމަށް މީހުން ހޮވުމަށް ހަމަޖެހިފައިވަނީ އިންޓަވިއު ކުރުމަށްފަހުގައެވެ. އިންޓަވިއު އޮންނާނީ 2017 ވަނަ އަހަރުގެ ނޮވެމްބަރ މަހުގެ 28ން 29 އާއި ދެމެދުގެ ތާރީޚެއްގައި މުކުރިމަގު ސްކޫލުގައެވެ.
  • މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން އެ ތާރީޚުތަކުގައި އިންޓަވިއުއަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

ޝޯޓް ލިސްޓް ކުރުން

މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުތު ހަމަވާ ފަރާތްތަކުގެ ޢަދަދު 10 އަކަށްވުރެ ގިނަނަމަ، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތަޢުލީމީ ފެންވަރަށާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމުލަ އިންސައްތަ

މި މަޤާމަށް މީހުންހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ލިބުނު މާކްސްގެ ޖުމުލަ އިންސައްތަ %25 (ފަންސަވީސް އިންސައްތަ) އަށްވުރެ މަތިވާންޖެހޭނެއެވެ.

 

އިތުރު މަޢުލޫމާތު: މި ޢިޢުލާނާގުޅިގެން އިތުރު މަޢުލޫމާތު ސަފުކުރަން ބޭނުންވާ ފަރާތްތަކުން މި ސްކޫލުގެ 7970739 ނަންބަރު ފޯނަށް ގުޅުއްވުންއެދެމެވެ.

                      

                      09 ނޮވެމްބަރ 2017

09 ނޮވެންބަރު 2017
ހޯދާ