ދިވެހިރާއްޖެ
146-A1/2017/132 ނަންބަރު
އިޢުލާން
މަޤާމު: |
މީޑިއޭޓަރ |
ބޭނުންވާ އަދަދު : |
01 (އެކެއް) |
މަޤާމުގެ ކްލެސިފިކޭޝަން: |
ޑެޕިއުޓީ ޑިރެކްޓަރ |
މަޤާމުގެ ރޭންކް: |
އެމް.އެސް.04 |
މަސައްކަތްކުރަންޖެހޭ ތަން: |
ފެމިލީކޯޓު / ޢާއިލީ މައްސަލަތައް ޙައްލުކުރުމާބެހޭބައި |
މަޤާމުގެ އަސާސީ މުސާރަ: |
މަހަކު 7875.00 ރުފިޔާ |
އެލަވަންސްތަކާއި ޢިނާޔަތްތައް: |
- ސަރވިސް އެލަވަންސް: މަހަކު -/2000 ރުފިޔާ. - ލިވިންގ އެލަވަންސް: މަހަކު -/2700 ރުފިޔާ. - ޖުޑީޝަލް އެލަވަންސްގެ ގޮތުގައި އަސާސީ މުސާރައިގެ %40 (މަހަކު)، - އިތުރުގަޑީގެ ފައިސާ: އިތުރުގަޑީގައި މަސައްކަތްކޮށްފިނަމަ، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެ. |
މަޤާމުގެ އަސާސީ ޝަރުތު: |
- މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވަޒީފާގެ ކުރިއެރުން ހައްގުވާ މާކްހެއް ލިބެމުން ދިޔުމާއިއެކު، މަޤާމާއި ގުޅޭ ދާއިރާއަކުން އެމް.އެސް 3 ރޭންކުގައި މަދުވެގެން 3 އަހަރު ދުވަހުގެ މަސައްކަތު ތަޖްރިބާ ލިބިފައިވުން، |
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:
|
- ޞުލްޙައަށް އަންނަ ފަރާތްތަކުގެ މެދުގައި ހުރި މައްސަލަތައް ދެނަގަތުމުގައި އެފަރާތްތަކާ އެއްކޮށް ނުވަތަ ވަކިވަކީން ބައްދަލުކޮށް ޞުލްޙަ ހިންގުން. - ދެފަރާތުން ފާޅުކޮށްފައިވާ ކަންކަމުގެ މައްޗަށް ރިޢާޔަތްކޮށް، ޞުލްޙަވެރި ޙައްލަކަށް އާދެވިދާނެ ގޮތްތަކާމެދު ލަފާދީ، އެކަންކަމާ މަޝްވަރާކުރުން. - މައްސަލަތައް ޙައްލުކުރުމުގައި އެމައްސަލައެއް ޙައްލުވާންހުރި ހުރިހާ މަގުތަކެއް ހޯދައި އެކަންތަކުގެ މައްޗަށް ބިނާކޮށް އެންމެ ފައިދާކުރަނިވި ރަނގަޅު ނިންމުމަކާއި ހަމައަށް ދިއުމަށް ޞުލްޙަބައިން ޚިދުމަތް ހޯދުމަށް އަންނަ ފަރާތްތަކަށް އެހީތެރިވެދިނުން. - ޞުލްޙަ ބައްދަލުވުންތަކުގައި ދެކެވޭ ވާހަކަތަކާއި، މަޝްވަރާތަކުގައި ބައިވެރިވާ ފަރާތްތަކުގެ މެދުގައި އެއްބަސްވެވޭ ކަންކަމުގެ ޚުލާސާ، ލިޔުމުން ތައްޔާރުކުރުން. - މީގެ އިތުރުން ވަޒީފާ ބަޔާނުގައި ހިމެނިފައިނުވިނަމަވެސް ހާލަތު ނިޔާކުރާގޮތުން ޙަވާލުކުރެވޭ އިތުރު މަސައްކަތްތައް ކުރުން. |
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނޭ ކަންތައްތައް: |
- އެހެން މީހުންނާއި ގުޅިގެން މަސައްކަތް ކުރުމުގެ ޤާބިލުކަން. - މުޢާމަލާތު ކުރުމުގެ ހުނަރު. - އެޓިޓިއުޑް . - ދިވެހި ބަހުން ތަކެތި ލިޔުމާއި ޖުމްލަ ހަމަޖެއްސުމުގެ ހުނަރު. - ރިޕޯޓް ލިޔުމުގެ ހުނަރު. - ވާހަކަ ދެއްކުމުގެ ހުނަރު. - ޓީމް ވޯކް. - އިސްނެގުން. - މައްސަލަ ހައްލު ކުރުމުގެ ޤާބިލުކަން ހުރި މިންވަރު. - މަޤާމުގެ މަސްއޫލިއްޔަތު އަދާކުރުމަށް ބޭނުންވާ ޢިލްމު ލިބިފައިވާ މިންވަރު. - ދީނީ ނަސޭޙަތްދިނުމުގެ ހުއްދަ އޮތުން. |
ހުށަހަޅަންޖެހޭ ތަކެތި: |
- ވަޒީފާއަށް އެދޭ ފޯމު (މި ކޯޓުގެ ރިސެޕްޝަނުން ލިބެން ހުންނާނެއެވެ. އަދި މި ކޯޓުގެ ވެބްސައިޓް www.familycourt.gov.mv އިން މި ފޯމު ޑައުންލޯޑްވެސް ކުރެވޭނެއެވެ.) - ކުރިމަތިލާ ފަރާތުގެ ވަނަވަރު. - ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ. - ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ. (ސެޓުފިކެޓް ލެވެލް އިން މަތީ ސެޓުފިކެޓްތައް ހުށަހަޅަންވާނީ އެކްރެޑިޓް ކޮށްފައިވާ ސެޓުފިކެޓުތަކުގެ ކޮޕީއެވެ.) - ސްކޫލް ލީވިންގ ސެޓްފިކެޓްގެ ކޮޕީ. - އަދާކޮށްފައިވާ ވަޒީފާތަކާއި، އަދާކުރަމުންދާ ވަޒީފާތަކާއި، އެ މަޤާމުތަކުގެ ކްލެސިފިކޭޝަނާއި، މަޤާމުގެ ރޭންކާއި، މަޤާމުގައިވީ މުއްދަތާއި، މަސްއޫލިއްޔަތު އެނގޭނެ ލިޔުންތަކުގެ ކޮޕީ. - ފާއިތުވީ ދެއަހަރު ދުވަހުގެ މަސައްކަތު ފެންވަރު ބަލާފައިވާ ފޯމްގެ ކޮޕީ. - ފޯމާއެކު ހުށަހަޅަން ޖެހޭނެކަމަށް އިޢުލާނުގައި ބަޔާންކޮށްފައިވާ ހުރިހާ ލިޔެކިޔުންތައް ހުށަހަޅާފައިނުވާނަމަ، އެފޯމެއް ބާޠިލު ކުރެވޭނެއެވެ. - ވަޒީފާއަށް އެދޭ ފޯމް ހުށަހަޅުއްވާނީ ފެމިލީ ކޯޓުގެ ޖަސްޓިސް ބިލްޑިންގގެ ފުރަތަމަ ފަންގިފިލާ އަށެވެ. ނޯޓް: ވަޒީފާއަށްއެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ވަޒީފާއަށް އެދި ހުށަހަޅާ ފޯމުގައި ބަޔާންކޮށްފައިވާ ލިޔުންތައް އޭގެ އަސްލާ އެއްގޮތްކަން ކަށަވަރުކުރާނީ، އިންޓަރވިއުއަށް ހޮވޭ މީހުންގެ އެކަންޏެވެ. މިގޮތުން އިންޓަރވިއުއަށް ހޮވޭ މީހުން އިންޓަރވިއުއަށް ޙާޟިރުވާއިރު، ހުށަހަޅާފައިވާ ލިޔުންތަކުގެ އަސްލު ލިޔުން ގެންނަންވާނެއެވެ.
|
ސުންގަޑި: |
23 ނޮވެމްބަރު 2017 ގެ 14:00 ގެ ކުރިން |
އިތުރު މަޢުލޫމާތު: |
- މި މަޤާމަށް ޝަރުޠުހަމަވާ ފަރާތްތަކުގެ ތެރެއިން، މަޤާމަށް އެންމެ އެކަށީގެންވާ ފަރާތެއް ހޮވާނީ މަޤާމުގެ ވާޖިބުތައް އަދާކުރެވޭނެކަމަށް އިންޓަރވިއުގައި ސާބިތުކޮށްދޭ ފަރާތްތަކުގެ ތެރެއިންނެވެ. - މި މަޤާމަށްއެދި ހުށަހަޅާ ފޯމްތަކުގެ ތެރެއިން އިޢުލާނާއި އެއްގޮތަށް ޝަރުތު ފުރިހަމަ ނުވާކަމަށް މި ކޯޓުގެ އެޗް.އާރު ކޮމިޓީއަށް ފެންނަ ފޯމްތައް ކެންސަލް ކުރެވޭނެއެވެ. - ނޯޓް: މި ވަޒީފާ އަށް އެދިފައިވާ ޝަރުތު ހަމަވާ ފަރާތްތަކުގެ އަދަދު 20 އަށްވުރެ ގިނަނަމަ، ތަޢުލީމާއި ތަޖުރިބާއަށް ބަލައި،އެޗް.އާރު ކޮމިޓީއިން ކަނޑައަޅާ އަދަދަކަށް އިންޓަރވިއުކުރާނެ ފަރާތްތައް ޝޯޓް ލިސްޓް ކުރެވޭނެއެވެ. |
07 ނޮވެމްބަރު 2017