ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަން
ދިވެހިރާއްޖެ
ހައި އެޗީވަރސް ސްކޮލަރޝިޕް 2017

 

2017 ވަނަ އަހަރުގެ މެއި / ޖޫން މަހު މަތީ ސާނަވީ އިމްތިހާނު ފުރިހަމަކުރި ދަރިވަރުންގެ ތެރެއިން ހައި އެޗީވަރސް ސްކޮލަރޝިޕަށް ޝަރުތުހަމަވާ ދަރިވަރުން (ސްކޫލް މަދަރުސާއަކުން މަތީ ސާނަވީ އިމްތިހާނު ފުރިހަމަކޮށް މަދުވެގެން 5A ފާސް، އިސްލާމް، ދިވެހި ހިމެނޭގޮތަށް، ހޯދާފައިވާ ދަރިވަރުން) މި ސްކޮލަރޝިޕަށް އެދިވަޑައިގެން ހުށަހެޅުއްވުމުގެ ފުރުޞަތު ހުޅުވާލަމެވެ. ވީމާ، 27 ނޮވެންބަރު 2017 ވާ ހޯމަ ދުވަހުގެ 13:30 ގެ ކުރިން އީ-މެއިލް އަކުން ނުވަތަ މިޑިޕާޓްމަންޓުގެ ކައުންޓަރަށް (ވެލާނާގެ 2 ވަނަ ފަންގިފިލާ އަށް) އެޕްލިކޭޝަން ފޯމު، ތައުލީމި ސެޓްފިކެޓްތަކުގެ ކޮޕީ، އައިޑީ ކާޑް ކޮޕީ އަދި ޕާސްޕޯޓް ކޮޕީ އާއިއެކު ހުށަހެޅުއްވުން އެދެމެވެ. މި ސްކޮލަރޝިޕްގެ ދަށުން ކިޔަވަން ފުރުޞަތު ހުޅުވާލާފައިވަނީ ތިރީގައި ދަންނަވާފައިވާ ޤައުމުތަކުގެތެރެއިން ޤައުމެއްގައި ކިޔެވުމަށެވެ.

-          މެލޭޝިޔާ

-          ތައިލެންޑް

-          ފިލިޕީންސް

-          ޗައިނާ

-          ސާރކް ޤައުމުތައް

އެހެން ޤައުމެއްގައި ކިޔެވުމަށް ފުރުޞަތު ދެވޭނީ "ހައިއެޗީވަރސް ސްކޮލަރޝިޕާއި ބެހޭ އުޞޫލު" ގައި ވާ ގޮތުގެ މަތިންނެވެ.

މި ސްކޮލަރޝިޕްގެ އެޕްލިކޭޝަން ފޯމާއި އުޞޫލު މިޑިޕާޓްމަންޓުގެ ވެބްސައިޓް www.dhe.gov.mv ގައި ވާނެއެވެ.

އީ-މެއިލް ގެ ޒަރިއްޔާއިން އެޕްލިކޭޝަން ހުށަހަޅުއްވާ ފަރާތްތަކުން އެޕްލިކޭޝަން ހުށަހަޅުއްވާނީ [email protected] އަށެވެ. އަދި އެޕްލިކޭޝަން ހުށަހެޅުމަށްފަހު އެޕްލިކޭޝަން ލިބުނުކަން 3341461 ނަންބަރު ފޯނަށްގުޅުއްވައިލައްވައިގެން ޔަގީންކޮށްލެއްވުން އެދެމެވެ. އިތުރު މަޢުލޫމާތު މިޑިޕާޓްމަންޓުގެ ނަންބަރު 3341373 އިން ލިބިވަޑައިގަންނަވާނެއެވެ.

 

08 ނޮވެންބަރު 2017
ހޯދާ