ދިވެހިރާއްޖެ
އިޢްލާން
ސްޓަޑީގައިޑް ލިއުމަށް ބޭނުންވެއްޖެ
މިސެންޓަރުން ހިންގާ ތިރީގައި ދެންނެވިފައިވާ ކޯސްތަކުގެ ބައެއް މާއްދާތަކަށް ސްޓަޑީގައިޑް ލިޔަން ބޭނުންވެއްޖެއެވެ. ވީމާ، މިމަސައްކަތް ކޮށްދެވިދާނެ ފަރާތްތަކުން 14 ނޮވެމްބަރު 2017 ވާ އަންގާރަ ދުވަހު މެންދުރުފަހު 13:00 އަށް މިސެންޓަރަށް ހާޒިރުވެ މަޢުލޫމާތު ސާފުކުރުމަށްފަހު، 15 ނޮވެމްބަރު 2017 ވާ ބުދަ ދުވަހު މެންދުރުފަހު 13:00 އަށް މިސެންޓަރަށް އަންދާސީ ހިސާބު ހުށައެޅުން އެދެމެވެ. މަޢުލޫމާތު ސެޝަނަށް ހާޒިރުނުވެ، ފަހުން މަޢުލޫމާތު ކަރުދާސް ގެންދާ ފަރާތްތަކަށްވެސް އަންދާސީ ހިސާބު ހުށައެޅުމުގެ ފުރުޞަތު ދެވޭނެއެވެ. ނަމަވެސް އަންދާސީ ހިސާބު ބަލައިގަނެވޭނީ އެކަމަށް ކަނޑައެޅިފައިވާ ގަޑީގައި އެކަންޏެވެ.
| 
 
  | 
 ކޯސް  | 
 މާއްދާ  | 
| 
 1  | 
 ބެޗްލަރސް އޮފް ޓީޗިންގ ސެކަންޑްރީ ދިވެހި ލެންގުއޭޖް އެންޑް ލިޓްރޭޗަރ  | 
 އަދަބިއްޔާތުގެ ތެރެއިން ބަސްކިޔަވާދިނުން  | 
| 
 
  | 
 
  | 
 ފޮނެޓިކްސް އެންޑް ފޮނޮލޮޖީ  | 
| 
 2  | 
 ބެޗްލާރސް އޮފް ޓީޗިންގ އިސްލާމް 
 
 
  | 
 ޕްރިންސިޕަލްސް އޮފް އިސްލާމިކް ޖޫރިސްޕުރޫޑެންސް  | 
| 
 ސައިންސް އޮފް ޤުރުއާން  | 
||
| 
 ފިޤުހު އޮފް ޓްރާންސެކްޝަންސް  | 
މިކަމާގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުނަމަ އޮފީސް ގަޑީގައި 3345188 ނަމްބަރު ފޯނަށް ގުޅުއްވުން އެދެމެވެ.
19 ސަފަރު 1438
