ކޮޅުމަޑުލު ހިރިލަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިންޖީނެއް ނީލަމުގައި ވިއްކާލުން

އިންޖީނެއް ނީލަމުގައި ވިއްކާލުން

 

މިކައުންސިލްގެ ބެލުމުގެ ދަށުގައިވާ ތިރީގައިމިވާ އިންޖީނު ސިޓީލާ ނީލަމުގައި ވިއްކާލުމަށް ވަނީ ހަމަޖެހިފައެވެ.

އަދަދު

ބާވަތް

މިހާރުގެ ހާލަތު

ނީލަން ފެށޭ އަގު

އިތުރުކުރެވޭ އެންމެ ދަށް އަގު

1

ސުޒުކީ ބްރޭންޑް ، އިންޖީނު އެޗް.ޕީ:4 ، މޮޑެލް ނަންބަރު: DF4L ، އިންޖީނު ނަންބަރު: 00402F-512082  އަދި އެކްސެސަރީޒް

ބްރޭންޑް ނިއު (ކޮމްޕެނީ ވޮރެންޓީއާއި އެކު)

-/12000ރ

-/500ރ

 

މިއިއުލާނާ ގުޅިގެން އަގު ހުށަހަޅަންވާނީ ސިޓީއެއްގައި ހުށަހަޅާ ފަރާތާއި ހުށަހަޅާ އަގު އެނގޭނެގޮތަށެވެ. މި އިއުލާނާ ގުޅިގެން ހުށަހަޅާ އަގުތައް 08 ނޮވެންބަރު 2017 އިން ފެށިގެން 16 ނޮވެންބަރު 2017 ގެ 14:00 ގެ ކުރިން މިއިދާރާއަށް ނުވަތަ މިއިދާރާގެ އީމެއިލް [email protected] އަށް ހުށަހެޅުއްވުން އެދެމެވެ. މަތީގައި ދެންނެވުނު ސުންގަޑި ހަމަނުވިނަމަވެސް އެއްއަގެއްގައި 48 (ސާޅީސް  އަށް) ގަޑިއިރު އޮވެއްޖެނަމަ ހުށަހެޅިފައިވާ އެންމެ މަތީ އަގަކަށް ނީލަން ނިންމައިލެވޭނެއެވެ. ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ރަސްމީ ގަޑީގައި މިއިއުލާނުގައިވާ އިންޖީނު ބެލުމުގެ އިންތިޒާމް ހިރިލަންދޫ ކައުންސިލްގެ އިދާރާގައި ހަމަޖެހިފައި ހުންނާނެއެވެ.

ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ރަސްމީ ވަގުތުގައި ހުށަހެޅިފައިވާ އެންމެ މަތީ އަގު ކައުންސިލްގެ އިދާރާގެ ނޯޓިސް ބޯޑަށް އެރުވޭނެއެވެ. އަދި ނީލަން ނިމުމުން އެންމެ މަތީ އަގު ހުށަހަޅާފައިވާ ފަރާތަކަށް އެކަން މިއިދާރާއިން އަންގާނެވެ. އެފަރާތަކަށް ނީލަން ނިމުނުކަން މިއިދާރާއިން އަންގާ ތާރީހުން ފެށިގެން ރަސްމީ ބަންދޫ ނޫން 5 ދުވަހުގެ ތެރޭގައި އެފަރާތަކުން ހުށަހެޅި ޖުމްލަ އަގަށްވާ ފައިސާ މިއިދާރާއަށް ދައްކަންވާނެއެވެ.  ނުދައްކައިފިނަމަ އެހުށަހެޅުން ބާޠިލްކުރުމަށް ނުވަތަ ދެވަނަ އަށް އެންމެ މަތީ އަގު ހުށަހެޅި ފަރާތަށް ނީލަން ނިންމާލުމަށް ނުވަތަ ނީލަން އަލުން ފެށުމާއި މެދު ގޮތެއް ކަނޑައަޅާނީ މިކައުންސިލް އިންނެވެ.

ވީމާ، މިކަން ޢާންމުކޮށް އެންގުމަށް އިޢުލާނުކުރީމެވެ.

                  19  ޞަފަރު   1439    

                  08  ނޮވެންބަރު  2017

 

08 ނޮވެންބަރު 2017
ހޯދާ