މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް
ދިވެހިރާއްޖެ
މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސްގައި ޕަވަރ ބެކަޕް ސިސްޓަމެއް ޤާއިމްކޮށްދިނުމާއި ގުޅޭ އަންދާސީ ހިސާބު ބޭނުންވެއްޖެ

އިޢުލާން

  ނަންބަރު:MMS-A/2017/29

މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސްގައި ޕަވަރ ބެކަޕް ސިސްޓަމެއް ޤާއިމްކޮށްދިނުމާއި ގުޅޭ އަންދާސީ ހިސާބު ބޭނުންވެއްޖެ

މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާރވިސްއިން ދެއްވަމުންގެންދަވާ މޫސުމާބެހޭ މަޢުލޫމާތުތައް މެދުނުކެނޑި އާއްމު ރައްޔިތުންނަށް ލިބޭނެ މަގު ފަހިކުރުމަށްޓަކައި، މިސަރވިސްގައި ޕަވަރ ބެކަޕް ސިސްޓަމެއް ޤާއިމުކުރުމަށް ބޭނުންވެއެވެ. ވީމާ، މި ސަރވިސްގައި ޕަވަރ ބެކަޕް ސިސްޓަމް ޤާއިމުކުރުމުގެ މަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަަކަށް ފުރުސަތު ހުޅުވާލަމެވެ. 

މަޢުލޫމާތު ސާފުކުރުން (ޕްރީބިޑް ބައްދަލުވުން)

މިކަމާއި ގުޅޭ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 2017 ނޮވެމްބަރު 15 ވާ ބުދަ ދުވަހުގެ މެންދުރުފަހު 13:15 ގައި މިނިސްޓްރީ އޮފް އެންވަޔަރމަންޓް އެންޑް އެނަރޖީގައެވެ. މި މަސައްކަތުގެ ތަފްސީލު ޓާރމްސް އޮފް ރިފަރެންސް މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ބައިވެރިވާ ފަރާތްތަކާ ހިއްސާ ކުރެވޭނެއެވެ. އަދި މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ބައިވެރިނުވާ ފަރާތްތަކުގެ ބީލަންތަށް ބާތިލު ކުރެވޭނެ ވާހަކަ ދަންނަވަމެވެ. 

އަންދާސީހިސާބު ހުށަހެޅުމާއި ހުޅުވުން

2017 ނޮވެމްބަރު 23 ވާ ބުރާސްފަތި ދުވަހުގެ 13:00 ގައި މިނިސްޓްރީ އޮފް އެންވަޔަރމަންޓް އެންޑް އެނަރޖީގައި އަންދާސީ ހިސާބުތައް ހުށަހަޅުއްވަން ވަޑައިގަންނަވާ ފަރާތްތަކުގެ ހާޒިރުގައި އަންދާސީ ހިސާބުތައް ހުޅުވުން އޮންނާނެއެވެ.

 

އިތުރު މަޢުލޫމާތު ހޯއްދެވުމަށް

މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން އިތުރު މައުލޫމާތު ހޯއްދެވުމަށް މި އިދާރާގެ އީމެއިލް އެޑްރެސް [email protected]  އަށް މެއިލްކޮށްދެއްވުން އެދެމެވެ.

 

 

08 ނޮވެމްބަރު 2017

08 ނޮވެންބަރު 2017
ހޯދާ