ދިވެހިރާއްޖެ
އެކްޓިވިޓީ ޔުނީފޯރމް ހޯދުން
މިމަރުކަޒުގެ ދަރިވަރުން ބޭނުންކުރުމަށް، މިމަރުކަޒުންދޭ ނަމޫނާއާ އެއްގޮތަށް އެކްޓިވިޓީ ޔުނީފޯރމް ހަދާ ފޯރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރި ނަންބަރ GS-14/IUL/2017/28 (19 އޮކްޓޯބަރ 2017) އިޢުލާނަށް އަންދާސީހިސާބު ހުށަހަޅުއްވާފައިވަނީ 1 ފަރާތުންކަމަށްވާތީ، އެއިޢުލާނު ބާޠިލްކޮށް އަލުން އެފުރުޞަތު ހުޅުވާލަމެވެ.
ބީލަން ހުޅުވާލެވިފައިވަނީ ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރ 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރ 19/2014) ގެ ދަށުން ރަޖިސްޓްރީ ވެފައިވާ ފަރާތްތަކަށެވެ.
ވީމާ، އަމިއްލަ ތަކެތީގައި މިމަސައްކަތްކޮށްދިނުމަށް އެދޭ ފަރާތްތަކުން ތިރީގައިވާ ތާރީޚަށް މިމަރުކަޒަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީ ހިސާބު އޮންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. އަންދާސީހިސާބު ބަލައިގަތުމާއި ކެނޑުން އޮންނާނީ ކަނޑައެޅިފައިވާ ތާރީޚުގައި އަންދާސީހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ޙާޟިރުގައެވެ.
މަޢުލޫމާތު ސާފުކުރެއްވުން |
2017 ނޮވެމްބަރ 14 ވާ އަންގާރަ ދުވަހުގެ ހެނދުނު 10:30 ގައި |
އަންދާސީހިސާބު ހުށަހެޅުމާއި ، އަންދާސީހިސާބު ކެނޑުން |
2017 ނޮވެމްބަރ 20 ވާ ހޯމަ ދުވަހުގެ ހެނދުނު 10:30 ގައި |
19 ޞަފަރު 1439
8 ނޮވެމްބަރ 2017