ދިވެހިރާއްޖެ
އަނގޮޅިތީމް ސުކޫލް
ރ.އަނގޮޅިތީމް
ދިވެހިރާއްޖ
ނަމްބަރ:GS-125/IUL/2017/24
އިޢްލާން
ސްކޫލުގެ އިސްވެރިޔާ ހުރުމަށް ގެއެއް ކުއްޔަހިފުމަށް ބޭނުންވެއްޖެ
މިސްކޫލުގެ އިސްވެރިޔާ (ޕްރިންސިޕަލް) ހުންނެވުމަށްޓަކައި ގެއެއް ކުއްޔަ ހިފުމަށްބޭނުންވެއެވެ. ވީމާ، ގެކުއްޔަ ދޫކުރައްވަން ބޭނުންވެލައްވާ ފަރާތްތަކުން މަޢުލޫމާތު ސާފްކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުއްވުމުގެ ފުރުސަތުއަރުވަމެވެ.
- މަޢުލޫމާތު ދިނުން:
މަޢުލޫމާތު ސާފުކުރައްވަން ބޭނުންވެލައްވާ ފަރާތްތަކުން 22 ނޮވެންބަރ 2017ވާ ބުދަ ދުވަހުގެ މެންދުރުފަހު 1:00 ގައި ސްކޫލް އޮފީހަށް ދުރުވުމުން މަޢުލޫމާތު ސާފުކޮށްދެވޭނެއެވެ.
- އަންދާސީހިސާބު ބަލައިގަތުމާއި، ކެނޑުން:
ގެކުއްޔަދޫކުރައްވަން ޝައުގުވެރިވެލައްވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީހިސާބުތައް ބަލައިގަނެ ކެނޑުން އޮންނާނީ 29 ނޮވެންބަރ 2017ވާ ބުދަ ދުވަހުގެ މެންދުރުފަހު 1:00 ގައި މި ސްކޫލް އޮފީހުގައެވެ.
ހުށަހެޅޭ އަންދާސީހިސާބުތައް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. މަޢުލޫމާތު ދޭ ގަޑީގައި މަޢުލޫމާތު ނެގޭނީ ހާޒިރުވާ ކޮންމެ ބޭފުޅަކަށްވެސް 1 ފަރާތެއްގެ ނަމުގައެވެ. މަޢުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީހިސާބު ހުށަހެޅުމަށް ވަޑައިގަންނަވާ ފަރާތުގެ އައިޑީކާޑު ގެންނަވަންވާނެއެވެ. ބަދަލުގައި މައުލޫމާތު ސާފުކުރުމަށާއި އަންދާސީހިސާބު ހުށަހެޅުމަށް ވަޑައިގަންނަވާ ފަރާތްތަކުން އެކަންއެގޭނެ ސިޓީއެއްގެންނަންވާނެއެވެ.
ވީމާ، މިކަން އާންމުކޮށް އިޢްލާންކުރީމެވެ.
19 ޞަފަރު 1439
08 ނޮވެންބަރ 2017