ހުވަދުއަތޮޅު ދެކުނުބުރީ ވާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހުއިފިލަނޑާ ދިރުވާ އާލާކުރުމަށް ބިން ކުއްޔަށް ދޫކުރުން

      ނަންބަރު:421/IUL/2017/31

 

އިޢުލާން

 

ހުއިފިލަނޑާ ދިރުވާ އާލާކުރުމަށް ގދ.ވާދޫ ފަޅުތެރެއިން ބިންދޫކުރުން

 

ގދ.ވާދޫ ފަޅުތެރެއިން 10000 އަކަފޫޓުގެ 10 ބިން ހުއިފިލަނޑާ ދިރުވާ އާލާކުރުމުގެ މަސައްކަތްކުރުމަށް ކުއްޔަށް ދޫކުރުމަށް މިކައުންސިލުންވަނީ ނިންމާފައެވެ.

ވީމާ،މިދެންނެވި ބިންތައް ކުއްޔަށް ހިފުމަށް ޝައުގުވެރިވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް މިއިދާރާއަށްދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ކަނޑައެޅިފައިވާ ތާރީޚަށް ޕްރޮޕޯސަލް ހުށަހެޅުއްވުންއެދެމެވެ. މިމަސައްކަތް ކުރުމަށް ކުރިމަތިލެވޭނީ ޤާނޫން ނަންބަރ 2014/18 ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ކުންފުނިތަކާއި،ޤާނޫން ނަންބަރ 19/2014 ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ އަމިއްލަ ފަރުދުންގެ ވިޔަފާރި ތަކަށެވެ.

 

މަޢުލޫމާތު ސާފުކުރުމަށް

ޕްރޮޕޯސަލް ހުށަހެޅުމަށް ހާޒިރުވުން

16 ނޮވެމްބަރ 2017 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް

23 ނޮވެމްބަރ 2017ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް

 

 

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރުމަށް ހާޟިރުނުވާ ފަރާތްތަކުންނާއި، ކަނޑައެޅިފައިވާ ވަގުތުގެ ފަހުން ހުށަހަޅާ އަންދާސީ ހިސާބް ބަލައި ނުގަނެވޭނެވާހަކަ މަޢުލޫމާތަށްޓަކާ ދެންނެވީމެވެ.

އިތުރު މައުލޫމާތު ސާފުކުރެއްވުމަށް ސަރުކާރު ބަންދުނޫން ދުވަސްތަކުގެ ރަސްމީ ގަޑީގައި މި އިދާރާގެ ފޯން ނަންބަރ 6840005 އާއި ގުޅުއްވުމުން މަޢުލޫމާތު ލިބިވަޑައިގަންނަވާނެއެވެ.                                                                                                                                                                  

18 ޞަފަރު 1439

08 ނޮވެމްބަރ 2017

       

 

                                                        މުޙައްމަދު ވަޙީދު

                                                      ކައުންސިލްގެ ރައީސް

08 ނޮވެންބަރު 2017
ހޯދާ