ދިވެހިރާއްޖެ
ނަންބަރު: IUL)L1-HC/2017/03)
އިޢުލާން
ފ.ފީއަލީ ޞިއްހީމަރުކަޒުގެ 03 ފާހާނަ މަރާމާތު ކުރުމުގެ މަސައްކަތް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލުން.
ފ.ފީއަލީ ޞިއްހީމަރުކަޒުގެ 03 ފާހާނަ އަމިއްލަ ތަކެތީގައި މަރާމާތުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
ވީމާ މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ގަޑީގައި މިމަރުކަޒަށް ދުރުވެ މައުލޫމާތު ސާފުކުރެއްވުމަށްފަހު، ޕްރޮޕޯޝަލް ހުށަހެޅުމަށް ދަންނަވަމެވެ.
މަޢުލޫމާތު ސާފުކުރުން |
ޕްރޮޕޯޝަލް ހުށަހެޅުން |
16 ނޮވެމްބަރ 2017 ވާ ބުރާސްފަތި ދުވަހުގެ 13:00 |
21 ނޮވެމްބަރ 2017 ވާ އަންގާރަ ދުވަހުގެ 13:00 |
މިއަންދާސީ ހިސާބު ހުށަހެޅުމުގެ ދަޢުވަތަކީ ދިވެހިރާއްޖޭގައި ކޮންޓްރަކްޓަރުންގެ ގޮތުގައި ރަޖިސްޓްރީ ކޮށްފައިވާ ކުންފުނިތަކަށާއި އަދި އަމިއްލަ ފަރުދުންނަށްވެސް ހުޅުވާލެވިފައިވާ ދަޢުވަތެކެވެ. ކޮންމެ ފަރާތަކުންވިޔަސް، ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނުގެ ދަށުން ވިޔަފާރި ރަޖިސްޓްރީކޮށްފައިވާކަމުގެ ލިޔުން ( ޤާނޫނު ނަންބަރު: 2014/18 ) އަދި އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު ( ޤާނޫނު ނަންބަރު: 2014/19 ) ގެ ދަށުން ރަޖިސްޓްރީކޮށްފައިވާ ކަމުގެ ލިޔުން ހުށަހަޅަންވާނެއެވެ. އެސްޓިމޭޓް ހުށަހަޅާއިރު ދެންނެވުނު ރަޖިސްޓްރީ ހުށަނާޅާ ފަރާތްތަކުގެ ޕްރޮޕޯސަލް ބާޠިލްކުރެވޭނެ ވާހަކަ މަޢުލޫމާތައްޓަކާ ދަންނަވަމެވެ.
އިތުރު މަޢުލޫމާތު ހޯއްދެވުމަށް މި އިދާރާގެ ނަންބަރު 7905168/9785001 ފޯނާއި ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.