މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ދިވެހިރާއްޖެ
އެން.ޑީ.ސީ އިންޕްލިމެންޓޭޝަން ޕްލޭން ރިވިއު އެންޑް އެޑިޓް ކޮށްދޭނެ ފަރާތެއް ހޯދުމައި ބެހޭ

މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން 2015 ވަނަ އަހަރު އެކުލަވާލާފައިވާ އެއްބަސްވުން ކަމުގައިވާ "ޕެރިސް އެގްރީމަންޓް" އަށް ރާއްޖޭގެ ފަރާތުން ހުށަހަޅާފައިވާ ނޭޝަނަލީ ޑިޓާރމިން ކޮންޓްރިބިއުޝަން (އެން.ޑީ.ސީ) ތަންފީޒު ކުރުމުގެ އެކްޝަން ޕްލޭން (އެން.ޑީ.ސީ އިންޕްލިމެންޓޭޝަން ޕްލޭން) ތައްޔާރުކުރުމުގެ މަސައްކަތް މިމިނިސްޓްރީ އިން މިދަނީ ކުރަމުންނެވެ.މިދެންނެވުނު އެން.ޑީ.ސީ އިންޕްލިމެންޓޭޝަން ޕިއާ-ރިވިއު އެންޑް އެޑިޓް ކޮށްދޭނެ ފަރާތެއް ހޯދުމަށް 23 އޮކްޓޯބަރު 2017 ގައި ކުރެވުނު ނަންބަރު IUL)438-CCD/438/2017/145) އިޢުލާނަށް އެކަށީގެންވާ ވަރަށް ޝައުގުވެރިކަން ފާޅުކޮށްފައި ނުވާތީވެ އަލުން ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.  

މަސައްކަތުގެ " ޓާރމްސް އޮފް ރިފަރެންސް " މިމިނިސްޓްރީގެ ވެބްސައިޓް www.environment.gov.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. އަދި މި އިޢުލާނާއެކު ޑައުންލޯޑް ކުރެވޭގޮތަށް އެޓޭޗް ކުރެވިފައިވެސް ވާނެއެވެ.

ބީލަން ހުޅުވުން

ބީލަން ހުޅުވުމަށް ހަމަޖެހިފައިވަނީ 16 ނޮވެމްބަރ 2017 ވާ ބުރާސްފަތި ދުވަހުގެ 13:30 ގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީގައި މި މަސައްކަތަށް ބީލަން ހުށަހަޅުއްވާ ފަރާތްތަކުގެ ހާޒިރުގައެވެ.

ވީމާ، މި މަސައްކަތް ކޮށްދެއްވަން ޝައުގުވެރިވާ ފަރާތްތަކުން ބީލަން ފުރިހަމަކޮށް ސިޓީ އުރައެއްގައި ބަންދުކޮށް ތިރީގައިވާގޮތަށް ޖެއްސެވުމަށްފަހު 16 ނޮވެމްބަރ 2017 ވާ ބުރާސްފަތި ދުވަހުގެ 13:30 ގައި ހުށަހެޅުއްވުން އެދެމެވެ.

"ޕްރޮޕޯސަލް" އޮންނަންވާނީ ބަންދު ކުރެވިފައިވާ ސީޓީ އުރައެއްގައެވެ. ބޭރުގައި "ޕްރޮޕޯސަލް" މި މަސައްކަތުގެ ނަމާއި، ހުށަ ހެޅިފަރާތުގެ ނަމާއި، ހުޅުވަން ކަނޑައެޅިފައިވާ ތާރީޙާއި ވަގުތު ލިޔެފައި އޮންނަންވާނެއެވެ.

އަންދާސީ ހިސާބު ހުށަހަޅަން ވާނީ ތިރީގައި މިވާ ގޮތަށް އެޑްރެސް ކޮށްފައެވެ.

ޕްރޮކިޔުމަންޓް ޔުނިޓް

މިނިސްޓްރީ އޮފް އެންވަޔަރަމަންޓް އެންޑް އެނަރޖީ

ހަނދުވަރީ ހިނގުން، މާފަންނު، މާލެ، 20392، ދިވެހިރާއްޖެ

ފޯނު: 3018341 960+ ފެކްސް: 3018301 960+

08 ނޮވެންބަރު 2017
ހޯދާ