ދިވެހިރާއްޖެ
`
ކިހާދޫ ސްކޫލް
ބ.ކިހާދު ، ދިވެހިރާއްޖެ ނަންބަރ: GS-131/IUL/2017/19
އިޢުލާން
އަންދާސީހިސާބު ހުށަހެޅުމުގެ ދަޢުވަތު
މިސްކޫލްގެ ނަންބަރ GS-131/IUL/2017/17 (25 އޮކްޓޫބަރ 2017) އިޢުލާނާ ގުޅިގެން މައުލޫމާތު ސާފުކުރެއްވުމަށް އެއްވެސް ފަރާތަކުން ހާޟިރުވެފައިނުވާތީވެ، އެއިޢުލާން ބާތިލްކޮށް އަލުން އިޢުލާން ކުރަމެވެ.
މިސްކޫލްގެ ޕީޓީއޭ އިން ހިންގާ ކޮމްޕިއުޓަރ ލެބް ތަރައްޤީކުރުމުގެ ޕްރޮގްރާމްގެ ދަށުން 15 ކޮމްޕިއުޓަރ އަދި 15 ޔޫ.ޕީ.އެސް ހޯދުމަށް ބޭނުންވެއެވެ.
ވީމާ، ސުކޫލުން ދޭމަޢުލޫމާތާ އެއްގޮތައް މިތަކެތި ބީލަން އުސޫލުން ހޯދައިދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2017 ނޮވެންބަރ 20 ވާ ހޯމަ ދުވަހު 10:00 އަށް މިސްކޫލަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީހިސާބު ހުށައަޅާ ފަރާތަށް ޙާޟިރުވެވެން ނެތްނަމަ ބަދަލުގައި އެހެން ފަރާތެއް ފޮނުވިދާނެއެވެ. ބަދަލުގައި ވަޑައިގަންނަވާ ފަރާތެއްނަމަ ބަދަލުގައި ހާޟިރުވާކަމުގެ ލިޔުމަކާއި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ގެންނަންވާނެއެވެ. އަދި އަންދާސީހިސާބު ހުށައަޅުއްވާއިރު، ހުރިހާ ލިޔެކިއުންތައް ހުންނަންވާނީ ސިޓީ އުރައެއްގައި ބަންދުކުރެވިފައެވެ. ހުށައަޅާ އަންދާސީހިސާބުތައް ކެނޑޭނީ އަންދާސީހިސާބު ހުށައެޅި ފަރާތްތަކުގެ ހާޟިރުގައިކަމުގައި ވުމާއެކު ގަޑިއަށް ހާޒިރުވުމަށް ސަމާލުކަން ދެއްވުން އެދެމެވެ. ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލެވިފައިވަނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫން ނަންބަރު: 18/2014 ) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންވެލަށްވާ ފަރާތްތަކުން ރަސްމީ ދުވަސްދުވަހު ހެނދުނު 08:00 އިން މެނދުރު 01:00 އާދެމެދު މިސްކޫލަށް ވަޑައިގެން ނުވަތަ މިސްކޫލް ގެ ފޯނު ނަންބަރ 6600017 ނުވަތަ އީމެއިލް [email protected] މެދުވެރިކޮށްވެސް މައުލޫމާތު ސާފުކުރެވޭނެއެވެ.
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިސްކޫލުގެ 6600017 ނަންބަރު ފޯނާ ގުޅުއްވުން އެދެމެވެ.
19 ޞަފަރަ 1439
08 ނޮވެންބަރ 2017