މަދަރުސަތުއްޝައިޚް އިބްރާހީމް، ހއ. ކެލާ
ދިވެހިރާއްޖެ
އަންދާސީ ހިސާބު ބޭނުންވެއްޖެ

އިޢުލާން  

 

މިމަދަރުސާގެ  ފާހާނާތަކުގެ ސިވަރޭޖްކަނެކްޝަން އަމިއްލަތަކެތީގައި ހަދައިދޭނެ ފަރާތެއް ބޭނުންވެއްޖެ

 

ހއ.ކެލާ ޝެއިޚު އިބްރާހީމް ސްކޫލް، ފާހާނާތަކުގެ ސިވަރޭޖްކަނެކްޝަން އަމިއްލަތަކެތީގައި ހަދައިދޭނެ ފަރާތެއް ހޯދަށް ބޭނުންވެއްޖެއެވެ. ވީމާ މިމަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް މިމަދަރުސާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ. ބިޑް ހުށަހެޅުމުގެ ބައްދަލުވުމުގައި އެހެން ފަރާތެއް ފޮނުއްވާނަމަ އެކަން އެނގޭނެ ލިޔުމަކާއެކު ބަދަލުގައި ފޮނުއްވާ ފަރާތެއްގެ އައި.ޑީ ކާޑުގެ ކޮޕީއެއް ހުށަހަޅަންވާނެއެވެ. އަދި މީގެއިތުރުން މަޢުލޫމާތު ސާފުކުރުމާއި ބިޑް ހުށަހެޅުމުގެ ބައްދަލުވުމުގައި ކޮންމެ ބޭފުޅަކަށްވެސް ބައިވެރިވެވޭނީ ކޮންމެވެސް އެއްހައިސިއްޔަތަކުންނެވެ. މަޢުލޫމާތުސާފްކުރުމުގެ ބައްދަލުވުމުގައި ބައިވެރިވެވޭނީ މިބައްދަލުވުން ނިމުމުގެ ކުރިން ބައިވެރިވާ ފަރާތްތަކަށް އެކަންޏެވެ. މިއީމިކަމަށް ކުރެވޭ ތިންވަނަ އިޢުލާން ކަމުގައި ދަންނަވަމެވެ. މިކަމާ ގުޅިގެ ކުރިން ކުރެވުނު އިޢުލާން ( ނަމްބަރ: GS78/IULAAN/2017/13 ) އަށް މަޢުލޫމާތު ސާފްކުރުމަށް އެއްވެސްފަރާތަކުން ހާޒިރުވެފައިނުވާތީ އެއިޢުލާން ކެންސަލްކުރަމެވެ.

 މަޢުލޫމާތު ސާފުކުރުން ފެށޭގަޑި

އަންދާސީހިސާބު ހުށަހެޅުމަށް

08 ނޮވެމްބަރ 2017 ވާ ބުދަ ދުވަހުގެ 11:00

13 ނޮވެމްބަރ 2017 ވާ ހޯމަ ދުވަހުގެ 11:00

މަޢުލޫމާތު ސާފުކުރުމާއި އަންދާސީހިސާބު ހުށަހެޅުން އޮންނާނީ މިމަދަރުސާގެ އޭވީރޫމްގައެވެ.

 

 

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 6500097 އަދި 7493094 ނަންބަރު ފޯނާއެވެ.

05 ނޮވެންބަރު 2017
ހޯދާ