ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

                                                 ނަންބަރ: IUL)415-HR/415/2017/24)     

އިޢުލާން

ވަޒީފާގެ ފުރުޞަތު

 

ތިނަދޫ ކައުންސިލްގެ އިދާރާގެ ތިރީގައި މިދަންނަވާ މަޤާމަށް މީހަކު ބޭނުންވެއެވެ.

 

 މަޤާމް:

ލީގަލް އެޑްވައިޒަރ

ބޭނުންވާ ޢަދަދު:    01

މަޤާމުގެ ބާވަތް:

ކޮންޓްރެކްޓް (މި މަޤާމަކީ ކޮންޓްރެކްޓް އުޞޫލުން 03 މަސްދުވަހުގެ މުއްދަތަށް، ހަމަޖައްސައިދެވޭ ވަޒީފާއެކެވެ. އަދި މިވަޒީފާއަކީ ސިވިލްސާރވިސްގެ ވަޒީފާއެއް ނޫނެވެ.)

މުސާރައާއި އެލަވަންސް  

މުސާރަ (މަހަކު) 10,000/-  (ދިހަހާސް ރުފިޔާ)

މަސައްކަތްކުރަންޖެހޭ ގަޑިތައް:

އިދާރާއިން ކަނޑައަޅާ ގަޑިތަކެއްގައި.

މަސައްކަތްކުރާނޭ ގަޑިތައް ވަޒީފާގެ އެއްބަސްވުމުގައި ބަޔާންކުރެވޭނެއެވެ.

ތަޢްލީމީ ފެންވަރު:

1-    ޤާނޫނީ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 10 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ

2-    ޤާނޫނީ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 5 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ

3-    ޤާނޫނީ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

މަޤާމަށް ބޭނުންވާ ހުނަރު:

 

  1. ދިވެހިރާއްޖޭގެ ޤާނޫނު އަސާސީއާއި ޤާނޫނުތަކާއި ޤަވާޢިދުތަކާއި ކައުންސިލުގެ ޤަވާޢިދުތަކާއި އުޞޫލުތަކަށް ރިޢާޔަތްކޮށް ކައުންސިލުގެ އިދާރާއަށް ހުށަހެޅޭ މައްސަލަތަކަށް ޤާނޫނީ ގޮތުން ލަފާދިނުމުގެ ޤާބިލުކަން ލިބިފައިވުން.

 

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  1. ކައުންސިލުގެ އިދާރާއަށް ހުށަހެޅޭ މައްސަލަތަކަށް ޤާނޫނީ ގޮތުން ލަފާދިނުން.
  2. ކައުންސިލަށް ހުށަހެޅޭ މައްސަލަތަކާއި ގުޅިގެން ކޯޓުތަކަށް ހުށަހަޅަންޖެހޭ ރިޕޯޓްތައް ތައްޔާރުކުރުން.
  3. ކައުންސިލުގެ އިދާރާގެ މަސައްކަތްތަކުގެ ތެރެއިން ފުރިހަމަ ކުރަންޖެހޭ ޤާނޫނީ އިޖުރާޢަތުތައް ފުރިހަމަ ކުރުމަށް ޕްލޭން ހެދުމާއި ޤާނޫތަކާއި ޤަވަޢިދުތަކަށް މުވައްޒަފުން އަހުލުވެރިކުރުވުން.

 

ހުށަހަޅަންޖެހޭ ލިޔުންތައް:

1-    ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ސިޓީ.

2-    ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.

3-    އެޓެސްޓްކޮށްފައިވާ ތަޢްލީމީ ސަނަދތުތައް.

4-    އެޓެސްޓްކޮށްފައިވާ މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ލިޔުންތައް.

ސުންގަޑި:

15 ނޮވެމްބަރު 2017 ވަނަ ދުވަހުގެ 12:00 ގެ ނިޔަލަށް.

         

 

ވީމާ، މިވަޒީފާއަށް ޝައުޤުވެރިވާ ފަރާތްތަކުން ވަޒީފާއަށް އެދި ކަނޑައެޅިފައިވާ ސުންގަޑިއަށް މިއިދާރާއަށް ސިޓީ ހުށަހެޅުއްވުން އެދެމެވެ. މި ވަޒީފާއަށް މީހުން ނެގުމުގައި މިފަދަ މަސައްކަތެއްގައި އުޅެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.  

                          17 ޞަފަރު 1439

                          06 ނޮވެމްބަރ 2017

07 ނޮވެންބަރު 2017
ހޯދާ