ކަނޑުހުޅުދޫ ސްކޫލް
ދިވެހިރާއްޖެ
ޕްރިންސިޕަލް ހުންނަވާގެ ކުއްޔަށް ހިފުމާއި

`

 

 

 

ކަނޑުހުޅުދޫ ސްކޫލް

  ކަނޑުހުޅުދޫ، ދިވެހިރާއްޖެ 

 

              

   ތާރީޚް: 07 ނޮވެމްބަރ 2017                                       ނަންބަރު: GS197/IUL/2017/023    

 

އިޢުލާން

މިސުކޫލަށް ގެއެއް ކުއްޔަށް ހިފަން ބޭނުންވެއްޖެ

    މިސުކޫލުގެ ޕްރިންސިޕަލް އާއި ޕްރިންސިޕަލްގެ އާއިލާ ދިރިއުޅުއްވުމަށް ގެއެއް ކުއްޔަށް ހިފަންބޭނުންވާތީ، ތިރީގައި މިދަންނަވާ ޝަރުތުތައް ފުރިހަމަވާ ފަރާތްތަކުން 20 ނޮވެމްބަރ 2017 ވާ ހޯމަ ދުވަހުގެ 13:00ށް ކުއްޔަށް ދިނުމަށް އެދޭ ފޯރމް ފުރިހަމަ ކުރުމަށްފަހު ސުކޫލަށް ހުށަހެޅުއްވުން އެދެމެވެ. މިފޯމް ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 09:00 ން 13:30 މިސުކޫލުން ލިބިވަޑައިގަންނަވާނެއެވެ.

  1. 2 ކޮޓަރި (އެޓޭޗް ފާޚާނާއެކު)، ސިޓިންގ ރޫމް އަދި ކައްކާ ކެވޭގޮތައް ހުރި ގެއެއް ކަމުގައިވުން.
  2. ގޭގެ އެތެރޭގެ ތަޅުމުގައި މުށިޖަހާފައި ހުރުން.
  3. ފެނާއި ނަރުދަމާ ނިޒާމް ގާއިމްކޮށްފައި ހުރުން.
  4. ފާރުތަކުގައި ސިމެންތިޖަހާ ކުލަލާފައިހުރުން.
  5. ގޭގެ ހުރިހާތަނެއް ސީލިނގް ކޮށްފައި ހުރުން.

މިކަންކަމުގެ އިތުރުން ކުއްޔަށްދެވޭނެ ވަކި ފަރާތެއް ހަމަޖެއްސުމުގައި ތިރީގައި މިދަނަންވާ ކަންކަމަށް ޕޮއިންޓް ދެވޭނެއެވެ.

ކުލީގެ މިންވަރާއި، ކަރަންޓްފީ ދައްކާ ގޮތާއި، ގެއާއި ސުކޫލާއި ހުރި ދުރުމިނާއި، ގޭގައި ދިރިއުޅޭ މީހުންނަށް ގޭގެ ވެރިފަރާތުން ކައްކައި ދިނުމަށް ކަނޑައަޅާގޮތާއި، ގެއާއި ގޯތިތެރެ ސާފުކޮށްބަލަހައްޓާނެ ގޮތާއި އެހެނިހެން ޚިދްމަތްތަކާއި ފަރުނީޗަރ، ޓީވީ، އައިސްއަލަމާރި، ދޮންނަމެޝިން ފަދަ ތަކެތި ލިބެންހުރި މިންވަރާއި ސެކިއުރިޓީ ބެލެހެއްޓުން އަދި ބޯފެނުގެ އިންތިޒާމް.

ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

07 ނޮވެމްބަރ 2017

18 ސަފަރަ 1439

07 ނޮވެންބަރު 2017
ހޯދާ